ރައީސް މުޢިއްޒު ޕަލްސް ޕޮޑްކާސްޓްގައި --- ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު ޕަލްސް ޕޮޑްކާސްޓްގައި --- ފޮޓޯ: ރައީސް އޮފީސް
ހަބަރު 25 Nov 2026 | 15:51

އަންހެނުންނާއި ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކަކީ، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑު ޖަރީމާއެއްކަން ފާހަގަކުރައްވައި، އެފަދަ އަނިޔާތަކުން ރައްކާތެރިކަން ހޯދައިދިނުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރު ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގަ އެވެ.

މި އަހަރުގެ ޝިޢާރު ކަމުގައިވާ، "ޔުނައިޓް ޓު އެންޑް ވައިލެންސް އެގެއިންސްޓް ވިމެން އެންޑް ގާރލްސް: އެންޝުއަރ ޖަސްޓިސް، ޕްރޮޓެކްޓް ސަރވައިވަރސް އެންޑް އިމްޕިޔުނިޓީ" (އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން އެންމެން އެކީގައި: އިންސާފު ކަށަވަރުކޮށް، އަނިޔާ ލިބޭ މީހުން ހިމާޔަތްކޮށް، ކުށްވެރިންނަށް ހައްޤު އަދަބު ދިނުން) ގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ކުށުގެ ގާނޫނާއި، ޖިންސީގޯނާ އަދި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން، ގާނޫނުލްޢުޤޫބާތުގެ ދަށުން މިކަންކަން ކަށަވަރުކުރުމަށް ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމުގައެވެ. އަދި މި ޤާނޫނީ ރައްކާތެރިކަމަކީ، ޙަޤީޤީ މާނައިގައި އަނިޔާ ލިބޭ ކޮންމެ ފަރާތަކަށް ލިބޭ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ހަރުދަނާ އުސޫލުތައް އެކުލަވާލުމާއި، ހިޔާވަހިކަމެއް ނެތި އެއްވެސް އަންހެނަކު ނުވަތަ އަންހެން ކުއްޖަކު ނުބެހެއްޓުމަށްޓަކައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ރައްކާތެރި ހިޔާތައް ބިނާކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، އަނިޔާ ލިބޭ ފަރާތްތަކަށް އިޙްތިރާމާއި ޢަދުލުވެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅޭކަން ކަށަވަރުކުރުމަށްޓަކައި، މިދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ޚިދުމަތްތެރިންނާއި، ތަޙުޤީޤީ އިދާރާތަކާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަމަ މިފަދައިން، އަނިޔާ ހުއްޓުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ، އަނިޔާ ލިބުމުގެ ކުރިން ރައްކާތެރިވުން ކަމަށްވާއިރު، އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރާ ގޯނާއާއި ފުރައްސާރައިން އަންހެނުން ރައްކާތެރިކުރުމަށްޓަކައި، އިޤްތިޞާދީގޮތުންނާއި، އިޖުތިމާޢީގޮތުން، އަދި މުއައްސަސާތަކުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލައި އަންހެނުން ބާރުވެރިކުރުވުމަށް މުހިންމު އިސްކަމެއްދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ހަމަ މިއާއެކު، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ތަސައްވުރުގެ ދަށުން ސަރުކާރުން މިކަންކަމަށް ޚާއްސަ އިސްކަމެއް ދީގެން، ސިޔާސަތުތައް އެކަށައަޅައި، ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވަނީ، ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ނައްތާލުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާތަކާއި، ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމަޢު ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، ބިރުވެރިކަމެއް ނެތި، އަބުރުވެރިކަމާއެކު އަންހެނުންނަށް ދިރިއުޅެވޭނެ މާޙައުލެއް ހޯދައިދިނުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވާލައްވަމުން، އިލްތިމާސްކުރައްވާފައި ވެއެވެ.

މިޝުޢޫރުތައް ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްސާކުރެއްވި ޕޯސްޓުގައި، ކޮންމެ އަންހެނަކާ އަންހެން ކުއްޖަކުވެސް، ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެ، ދިރިއުޅެވޭނެ ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު ބިނާކުރުމަށް އެންމެން އެކަތިގަނޑަކަށް ވުމަށްވެސް ގޮވާލައްވާފައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ
25 Nov 2026 ހަބަރު

ބޭން ނުކޮށް، ކުޑަކުދިންނަށް ސޯޝަލް މީޑިއާ ރެސްޓްރިކްޓް ކުރުމާ މެދު ދިރާސާ ކުރަނީ

ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ސޯޝަލް މީޑިއާ އެއްކޮށް ބޭންކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
25 Nov 2026 ހަބަރު

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މި ފުރުސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންކުރަންޖެހެނީ "ވަންގަވް" ގައި ގާއިމުކޮށްފައިވާ "މީޑިއާއެޕް" އެވެ.

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
25 Nov 2026 ހަބަރު

ހުރާއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

އިއްޔެ ކ. ހުރާގައި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ހިންގައި، 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެދިޔަކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި
25 Nov 2026 ހަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސަމީރު އަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ 55 މެމްބަރުންގެ އިއްތިފާގުންނެވެ. ޖުޑީޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވެސް ވަނީ ސަމީރު ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި
24 Nov 2026 ހަބަރު

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި

މީދޫ ފަޅުތެރެއިން ދާ ޖަހައިގެން ބައެއް ފަރާތްތަކުން މުށިމަސް ހިފަމުންދާތީ، ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ވާތީވެ އެކަން ނުކުރުމަށް އެދޭކަމަށެވެ.

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ
24 Nov 2026 ހަބަރު

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ބޯޑެއް ޝޯޓްވެގެންނެވެ.

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
24 Nov 2026 ހަބަރު

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.