ވިލިމާލެ ހޮސްޕިޓަލް --
ވިލިމާލެ ހޮސްޕިޓަލް --
ހަބަރު 25 Nov 2026 | 21:37

ކައިވެނީގެ ބޭރުން އަންހެނަކު ވިހޭ މައްސަލަ: ލިބުނީ ދެ ކުދީން، އެއް ކުއްޖަކު ނިޔާވެއްޖެ

ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ މައްސަލައެއް، ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފި އެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 21:07 އެހައިކަންހާއިރު އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ ދިވެހި މި އަންހެންމީހާ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. މި ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމައާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެނެސް ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައެވެ. އަދި އެއަށްފަހު އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފަ އެވެ.

މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށާއި ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި
25 Nov 2026 ހަބަރު

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް، ސްރީލަންކާ، ބަންގްލަދޭޝް، އަދި ސީޝެލްސް ހިމެނޭ ސަރަހައްދީ ސަލާމަތީ އެއްބާރުލުން ދިނުމުގެ މަންސައެކެވެ.

ފައިސާ މާރުކުރުމުގެ އާ ގަވާއިދެއް އެމްއެމްއޭއިން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި
25 Nov 2026 ހަބަރު

ފައިސާ މާރުކުރުމުގެ އާ ގަވާއިދެއް އެމްއެމްއޭއިން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި

ސެކިއުރިޓީ ޑިޕޮސިޓުގެ ޢަދަދު ވެސް މި ގަވާއިދުގައި ވަނީ ބޮޑުކޮށްފައެވެ. ކުރިން 100،000 އެމެރިކާ ޑޮލަރު ގޮތުގައި އޮތް ޑިޕޮސިޓް 200،000 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައިވާ އިރު، އިތުރު ކޮންމެ ތަނަކަށް ބަހައްޓާ ޑިޕޮސިޓް ވެސް 50،000 ޑޮލަރުން 100،000 ޑޮލަރަށް ވަނީ މައްޗަށް ޖައްސައިފައެވެ.

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ
25 Nov 2026 ހަބަރު

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ

ހުވަނި ކޮންޓްރޯލްކުރުމުގެ މަސައްކަތް ހެނދުނު 9:00 ން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވައިފައެވެ

 އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި
25 Nov 2026 ހަބަރު

އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި

އޭޝިޔާއާއި ޕެސިފިކް ސަރަޙައްދުގެ 11 ޤައުމެއް ހިމެނޭ އަޕްޑިމް ޚާއްޞަވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއަށެވެ.

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް
25 Nov 2026 ހަބަރު

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް

މިގޮތުން، 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަ ހާސިލުކުރެވިގެންދާނެ އެވެ.

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް
25 Nov 2026 ހަބަރު

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ
25 Nov 2026 ހަބަރު

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އަންހެނުންނާއި ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް
25 Nov 2026 ހަބަރު

އަންހެނުންނާއި ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގަ އެވެ.