ތިނަދޫގައި ބޭއްވި ދެ އަންހެނުންގެ ކައިވެނި-
ތިނަދޫގައި ބޭއްވި ދެ އަންހެނުންގެ ކައިވެނި-
ހަބަރު 26 Nov 2026 | 13:10

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް؛ ބަލައިދިނުމަށް ކައުންސިލުން އެދިއްޖެ

ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން ވ. ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ރަށުގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި މި ހިނގާ ނޮވެމްބަރު މަހުގެ 23 ވީ އާދީއްތަ ދުވަހު، ދެ އަންހެނުންގެ މެދުގައި އެއްޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވައި، ކައިވެނި ކޮށްދީފައިވާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެއްޖިންސުން ކައިވެނިކުރުމާއި އެފަދަ ނުރަނގަޅު ކަންކަމަށް ހިތްވަރުދޭ އެއްވެސް ހަރަކާތެއް ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެކެވެ. އެހެންކަމުން، މިފަދަ އަމަލެއް ތިނަދޫގައި ހިންގުމަކީ ރަށާމެދު ނުރަނގަޅު ތަސައްވުރެއް އުފެދި، އާންމު ރައްޔިތުންނަށާއި ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މީގެއިތުރުން، ރަށުގެ އާންމު ސަރަހައްދުތަކާއި، ހާއްސަކޮށް ގެސްޓްހައުސްތަކުގެ ކުރިމަތީ އޮންނަ ގޮނޑުދޮށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގައިވެސް، އެ ތަންތަން ބޭނުންކުރަންވާނީ ގާނޫނާއި ގަވާއިދުތަކުން ހުއްދަކުރާ ކަންކަމަށް އެކަނި ކަމުގައި ބަޔާންކޮށްފައިވާނެ ކަމަށް ކައުންސިލުން ހަނދާންކޮށްދީފައިވެއެވެ.

އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު އެއްވެސް ކަމަކަށް ކައުންސިލުން ތާއީދު ނުކުރާނެކަން ހާމަކުރަމުން، އިކޯބޫ މޯލްޑިވްސްއިން ހިންގި މި އަމަލާ ގުޅިގެން ކައުންސިލްގެ ފަރާތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ރަށު ފަތުރުވެރިކަމަކީ ތިނަދޫގެ އިގްތިސާދާއި މުސްތަގުބަލާ ގުޅިފައިވާ މުހިންމު ސިނާއަތެއްކަން ފާހަގަކޮށް، ރަށުގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުންވެސް، ޚިދުމަތް ދިނުމުގައި އިސްލާމީ ހަމަތަކަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ދީނާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ތިނަދޫ ކައުންސިލުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި
26 Nov 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ދީނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން، ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ. އޭނާ ގޭބަންދަށް މި ބަދަލުކުރީ ކްރިމިނަލް ކޯޓުން ހުކުމް އިއްވިތާ މަހެއްހާ ދުވަސް ނުވަނީހެވެ.

ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026 ނިންމާލައިފި
26 Nov 2026 ހަބަރު

ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026 ނިންމާލައިފި

އެމްއޭސީއެލުން އެމްއެންޑީއެފާ ގުޅިގެން ނޫވިލު ސީޕްލޭން ޓާމިނަލުގައި ސަލާމަތީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރުމުގެ ތަމްރީނެއް ކާމިޔާބުކަމާ އެކު ނިންމައިފިއެވެ.

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ
26 Nov 2026 ހަބަރު

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ

މިއަދު ފަށާ "ވަރަ އެކްސްޕޯގައި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ބައިވެރިވާން ނިންމައިފިއެވެ. މި އެކްސްޕޯގައި ސައޫދީ އެމްބަސީން ބައިވެރިވަނީ އެ ޤައުމުގެ ތަޢުލީމީ ފުރުޞަތުތަކާއި، އެކަޑަމިކް ދާއިރާގެ ކުރިއެރުންތަކުގެ އިތުރުން "ސައޫދީ ވިޝަން 2030" ގެ ދަށުން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ބޭނުމުގައެވެ.

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ
26 Nov 2026 ހަބަރު

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ

ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކާއި ހޮޓެލްގެ މަޝްރޫއު ނިމިގެންދާއިރު މުޅިން އަލަށް 500 ވަޒީފާ އުފެދިގެންދާނެ ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހިންނަށް ހާއްސަކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި
26 Nov 2026 ހަބަރު

9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި

އެކި ސަބަބުތަކާ ހުރެ ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓަރ ތީމް ޕާކު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޒަމާނީ ރިސޯޓް ހޮޓަލެއް ހިމެނޭ ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުން އަލުން ފަށައިފިއެވެ.

ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ
26 Nov 2026 ހަބަރު

ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ފުލުހުން އިތުރަށް ބުނީ، މި ހާދިސާގައި އަލިފާން ރޯވި ކާރު އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށްވެސް ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުޅުމާލެއިން ހައްޔަރުކޮށްފި؛ ތިން ބަޔޮނެޓް ފެނުނު
26 Nov 2026 ހަބަރު

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުޅުމާލެއިން ހައްޔަރުކޮށްފި؛ ތިން ބަޔޮނެޓް ފެނުނު

ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
06 Nov 2026 ހަބަރު

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.