ދިރާގުން އެވޯޑާ ހަވާލުވުން: ފޮޓޯ/ ދިރާގު
ދިރާގުން އެވޯޑާ ހަވާލުވުން: ފޮޓޯ/ ދިރާގު
ވިޔަފާރި 26 Nov 2026 | 12:12

ދިރާގުގެ ސީއެސްއާރ ޕްރޮގްރާމްތަކަށް އެމްވީ ޕްލަސް އިން ކޯޕަރޭޓް ޗޭންޖްމޭކަރސް އެވޯޑް

މުޖުތަމައަށް ފައިދާ ހުރި ބަދަލުތައް ގެނައުމަށް ދިރާގުން ހިންގަމުން އަންނަ އިޖުތިމާއީ ޒިންމާގެ ޕްރޮގްރާމްތައް ފާހަގަކޮށް، އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގައި އެ ކުންފުންޏަށް ކޯޕަރޭޓް ޗޭންޖްމޭކަރސް އެވޯޑް ލިބިއްޖެއެވެ.

ކޯޕަރޭޓް ޗޭންޖްމޭކަރސް އެވޯޑަކީ އިޖުތިމާއީ ޒިންމާއަށް ޚާއްޞަ އިސްކަމެއް ދީގެން މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މި ފަހަރު އެވޯޑް ދިނުމުގައި ގައިން ގަޔަށް ނާރާ ބަލިތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއަށް ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ.

ދިރާގަށް އެ އެވޯޑް ދީފައިވަނީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ފަދަ މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކަށް މެދުނުކެނޑި ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ އިތުރުން، ޝާމިލު މުޖުތަމައެއް ބިނާކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ މަސައްކަތްތައް ބިނާވެފައި އޮންނަނީ ޑިޖިޓަލް އިންކްލޫޝަނާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި ތިމާވެށި ހިމާޔަތްކުރުމުގެ މައްޗަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގައި ވިޔަފާރިތަކުން އިސްނެގިދާނެ ގޮތްތައް ދައްކުވައިދިނުމުގައި ދިރާގުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް