އެޗްޑީސީގެ އެމްޑީ ޒުހައިރު: ފޮޓޯ/ ވަގުތު
އެޗްޑީސީގެ އެމްޑީ ޒުހައިރު: ފޮޓޯ/ ވަގުތު
ހަބަރު 26 Nov 2026 | 12:05

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ

ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކާއި ހޮޓެލްގެ މަޝްރޫއު ނިމިގެންދާއިރު މުޅިން އަލަށް 500 ވަޒީފާ އުފެދިގެންދާނެ ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހިންނަށް ހާއްސަކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކުގެ އަމަލީ މަސައްކަތް އަލުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ޒުހައިރު ވިދާޅުވީ، މި މަޝްރޫއަކީ މީގެ 9 އަހަރު ކުރިން، 2017 ވަނަ އަހަރު ފެށުމަށްފަހު އެއްވެސް ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތް ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި ނުވާނެ ކަމަށް ބުނެ ލައްޕާލާފައި އޮތް ފޮތް މިއަދު އަލުން ހުޅުވާލައި، އަމަލީ މަސައްކަތް ފެށިގެން ދިޔުމަކީ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއެކު އަލުން ފެށި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ރައްޔިތުންނަށް ހިދުމަތް ދޭން ފެށޭނެ ކަމުގެ ޔަގީންކަން ޒުހައިރު ދެއްވިއެވެ.

މި މަޝްރޫއުގެ ދަށުން 41,500 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ތަރައްގީކުރާއިރު، އުފެދޭ 500 ވަޒީފާގެ 45 އިންސައްތަ ހާއްސަކުރާނީ އަންހެނުންނަށް ކަމަށް އެމްޑީ ވިދާޅުވިއެވެ. މީގެއިތުރުން، އުމްރާނީ ތަރައްގީގެ އިތުރުން އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ގޮތުން، އަހަރެއްގެ މައްޗަށް 120 އަށް ވުރެ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއަށް މި ތަނުން ތަމްރީނުކޮށް ވަޒީފާގެ މާހައުލަށް ނެރުމަކީ ވެސް އަމާޒެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ބައެއް މަޝްރޫއުތައް ފަށާފައި ހުރީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި، އޭގެ ސަބަބުން ބޮޑެތި ޚަރަދުތަކެއް ހިނގައި އެތައް މަޝްރޫއެއް ހުއްޓިފައި ހުރިކަން ފާހަގަކުރައްވަމުން ޒުހައިރު ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ހުއްޓިފައި ހުރި މިފަދަ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުން ކަމަށެވެ.

"މިއަދު އަޅުގަނޑު ސާފުކޮށް، ކެރިހުރެ އިއުލާނު މި ކުރަނީ މިހާރު އެޗްޑީސީގެ އެއްވެސް މަސައްކަތެއް، އެއްވެސް މަޝްރޫއެއް ހުއްޓިފައެއް ނޯންނާނެ،" ޒުހައިރު ވިދާޅުވިއެވެ.

އެގޮތުން 20 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓެލްގެ މަސައްކަތް ނިންމައި މިހާރު ހިދުމަތް ދެމުން އަންނަކަމާއި، 2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫއާއި ދި ގާޑަން މަޝްރޫއު ނިންމައި މީހުން ދިރިއުޅެން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 2018 އިން ފެށިގެން ބޭނުންނުކޮށް ދޫކޮށްލާފައިވާ ވަރޓިކަލް ޕާކިންގ ނިޒާމުތައް ވެސް ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މަޝްރޫއުގެ ޕާޓްނަރުން ކަމަށްވާ ވެންޗޫރާ އެންޑް ވެލްނެސް މޯލްޑިވްސް އާއި މަޝްހޫރު އައިއެޗްޖީ (IHG) ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖެއަށާއި އެޗްޑީސީއަށް ކުރި އިތުބާރަށް އެމްޑީ ވަނީ އިނގިރޭސި ބަހުން ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ހުޅުމާލޭގެ މޫނުމަތި ބަދަލުކޮށްލައި، އަރބަން ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ފުރިހަމަ މަންޒިލަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒުހައިރުގެ އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިރުޝާދާއެކު ރައްޔިތުންނަށް ވީ ވައުދުތައް އަމަލުން ފުއްދައިދީ، ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ
26 Nov 2026 ހަބަރު

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ

މިއަދު ފަށާ "ވަރަ އެކްސްޕޯގައި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ބައިވެރިވާން ނިންމައިފިއެވެ. މި އެކްސްޕޯގައި ސައޫދީ އެމްބަސީން ބައިވެރިވަނީ އެ ޤައުމުގެ ތަޢުލީމީ ފުރުޞަތުތަކާއި، އެކަޑަމިކް ދާއިރާގެ ކުރިއެރުންތަކުގެ އިތުރުން "ސައޫދީ ވިޝަން 2030" ގެ ދަށުން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ބޭނުމުގައެވެ.

9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި
26 Nov 2026 ހަބަރު

9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި

އެކި ސަބަބުތަކާ ހުރެ ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓަރ ތީމް ޕާކު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޒަމާނީ ރިސޯޓް ހޮޓަލެއް ހިމެނޭ ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުން އަލުން ފަށައިފިއެވެ.

ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ
26 Nov 2026 ހަބަރު

ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ފުލުހުން އިތުރަށް ބުނީ، މި ހާދިސާގައި އަލިފާން ރޯވި ކާރު އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށްވެސް ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުޅުމާލެއިން ހައްޔަރުކޮށްފި؛ ތިން ބަޔޮނެޓް ފެނުނު
26 Nov 2026 ހަބަރު

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުޅުމާލެއިން ހައްޔަރުކޮށްފި؛ ތިން ބަޔޮނެޓް ފެނުނު

ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި
25 Nov 2026 ހަބަރު

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް، ސްރީލަންކާ، ބަންގްލަދޭޝް، އަދި ސީޝެލްސް ހިމެނޭ ސަރަހައްދީ ސަލާމަތީ އެއްބާރުލުން ދިނުމުގެ މަންސައެކެވެ.

ފައިސާ މާރުކުރުމުގެ އާ ގަވާއިދެއް އެމްއެމްއޭއިން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި
25 Nov 2026 ހަބަރު

ފައިސާ މާރުކުރުމުގެ އާ ގަވާއިދެއް އެމްއެމްއޭއިން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި

ސެކިއުރިޓީ ޑިޕޮސިޓުގެ ޢަދަދު ވެސް މި ގަވާއިދުގައި ވަނީ ބޮޑުކޮށްފައެވެ. ކުރިން 100،000 އެމެރިކާ ޑޮލަރު ގޮތުގައި އޮތް ޑިޕޮސިޓް 200،000 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައިވާ އިރު، އިތުރު ކޮންމެ ތަނަކަށް ބަހައްޓާ ޑިޕޮސިޓް ވެސް 50،000 ޑޮލަރުން 100،000 ޑޮލަރަށް ވަނީ މައްޗަށް ޖައްސައިފައެވެ.

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ
25 Nov 2026 ހަބަރު

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ

ހުވަނި ކޮންޓްރޯލްކުރުމުގެ މަސައްކަތް ހެނދުނު 9:00 ން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވައިފައެވެ

އެޗްޑީސީއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމައިފި
24 Nov 2026 ހަބަރު

އެޗްޑީސީއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމައިފި

މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.