ވީއައިއޭގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން---ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން---ފޮޓޯ: އެމްއޭސީއެލް
ހަބަރު 26 Nov 2026 | 13:23

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ވީއައިއޭގައި ބޭއްވި ފަރިތަކުރުންތަކެއްގެ މަންޒަރު: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭ.ސީއެލް) އަށް އަމާޒުކޮށް މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ އެ ކުންފުނިން ކުރިއަށްގެންދިޔަ ސެކިއުރިޓީ ފަރިތަކުރުންތަކެއްގެ މަންޒަރު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި، އެ ވީޑިއޯއިން ފެންނަނީ ރޭ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެކެވެ. މިއީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދިޔަ ތަމްރީނު ހަރަކާތެއްގެ ބައެކެވެ.

ނަމަވެސް، މި މަންޒަރުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އަންނަނީ ކުންފުނީގެ އަގުވެއްޓޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މިއީ އާންމުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން އުފައްދައި، ކުންފުންޏާ މެދު ރައްޔިތުންގެ އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ކުރަމުންދާ ކަމެއް ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.

އެއްވެސް އަސާސެއް ނެތް މިފަދަ ވާހަކަތައް ފެތުރުމަކީ އެމްއޭސީއެލް އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން އާންމު މަސްލަހަތަށް ގެއްލުންވެ، ކުންފުނީގެ މަސައްކަތްތަކާ މެދު އޮޅުންއަރާ ގޮތް މެދުވެރިވާ ކަމަށް އެ ކުންފުނިން ބުނިއެވެ.

އެހެންކަމުން، ސައްހަކަން ކަށަވަރު ނުވާ މިފަދަ މައުލޫމާތުތައް މީސްމީޑިއާގައި ނުފެތުރުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުންފުންޏާ ގުޅޭ މައުލޫމާތު ހޯދުމުގައި ހަމައެކަނި ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތަށް ބަރޯސާވުމަށް އެ ކުންފުނިން އެދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަތޮޅުތެރޭގައި ދުއްވާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ޚާއްޞަ ލުއިތަކެއް ދީފި
26 Nov 2026 ހަބަރު

އަތޮޅުތެރޭގައި ދުއްވާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ޚާއްޞަ ލުއިތަކެއް ދީފި

ރާއްޖޭގެ އެކި އަތޮޅުތަކުގައި ރަޖިސްޓަރީ ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ދުއްވަމުންދާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ހަމަޖައްސައިދީފިއެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި
26 Nov 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ދީނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން، ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ. އޭނާ ގޭބަންދަށް މި ބަދަލުކުރީ ކްރިމިނަލް ކޯޓުން ހުކުމް އިއްވިތާ މަހެއްހާ ދުވަސް ނުވަނީހެވެ.

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް؛ ބަލައިދިނުމަށް ކައުންސިލުން އެދިއްޖެ
26 Nov 2026 ހަބަރު

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް؛ ބަލައިދިނުމަށް ކައުންސިލުން އެދިއްޖެ

މި މައްސަލައާ ގުޅިގެން ވ. ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ރަށުގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި މި ހިނގާ ނޮވެމްބަރު މަހުގެ 23 ވީ އާދީއްތަ ދުވަހު، ދެ އަންހެނުންގެ މެދުގައި އެއްޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވައި، ކައިވެނި ކޮށްދީފައިވާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026 ނިންމާލައިފި
26 Nov 2026 ހަބަރު

ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026 ނިންމާލައިފި

އެމްއޭސީއެލުން އެމްއެންޑީއެފާ ގުޅިގެން ނޫވިލު ސީޕްލޭން ޓާމިނަލުގައި ސަލާމަތީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރުމުގެ ތަމްރީނެއް ކާމިޔާބުކަމާ އެކު ނިންމައިފިއެވެ.

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ
26 Nov 2026 ހަބަރު

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ

މިއަދު ފަށާ "ވަރަ އެކްސްޕޯގައި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ބައިވެރިވާން ނިންމައިފިއެވެ. މި އެކްސްޕޯގައި ސައޫދީ އެމްބަސީން ބައިވެރިވަނީ އެ ޤައުމުގެ ތަޢުލީމީ ފުރުޞަތުތަކާއި، އެކަޑަމިކް ދާއިރާގެ ކުރިއެރުންތަކުގެ އިތުރުން "ސައޫދީ ވިޝަން 2030" ގެ ދަށުން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ބޭނުމުގައެވެ.

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ
26 Nov 2026 ހަބަރު

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ

ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކާއި ހޮޓެލްގެ މަޝްރޫއު ނިމިގެންދާއިރު މުޅިން އަލަށް 500 ވަޒީފާ އުފެދިގެންދާނެ ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހިންނަށް ހާއްސަކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި
26 Nov 2026 ހަބަރު

9 އަހަރުގެ އިންތިޒާރަށް ނިމުމެއް؛ ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފަށައިފި

އެކި ސަބަބުތަކާ ހުރެ ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓަރ ތީމް ޕާކު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޒަމާނީ ރިސޯޓް ހޮޓަލެއް ހިމެނޭ ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުން އަލުން ފަށައިފިއެވެ.

ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ
26 Nov 2026 ހަބަރު

ފޭސް 2ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ފުލުހުން އިތުރަށް ބުނީ، މި ހާދިސާގައި އަލިފާން ރޯވި ކާރު އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށްވެސް ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.