މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
އޭވިއޭޝަން ދާއިރާއާ ގުޅޭ ބައެއް ހިދުމަތްތައް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ދޭން ފަށަނީ
ޓްރޭޑިއަން އަކީ، ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދޭ އިމްޕޯޓާއި އެކްސްޕޯޓުގެ ހިދުމަތްތައް އަވަސްކުރުމަށް ގާއިމްކޮށްފައިވާ ގައުމީ ސިންގަލް ވިންޑޯ ޕްލެޓްފޯމެކެވެ. އެގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް މި ހިދުމަތްތައް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
ތިން އަހަރު ތެރޭ ވީއައިއޭގެ ތަރައްޤީއާއެކު އިޤްތިޞާދީ ފުރުޞަތުތައް ފުޅާވެއްޖެ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކުރެވި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ އިޤްތިޞާދީ އައު ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ
ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި
ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކުނު 115 ހެކްޓަރާއެކު މުޅި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި
ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި
މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ބައިނަލްއަޤުވާމީ އިތުރު 10 އެއާލައިނެއްގެ ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރަނީ
ފިނިމޫސުމާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް )ވީއައިއޭ( ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އިން ނިންމައިފިއެވެ.
ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.
އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި
އެ ކުންފުނިން ދާދި ފަހުން މީސް މީޑިއާގައި އާންމުކުރި ފޮޓޯތަކާއި މެސެޖުތަކުން ފެންނަ ގޮތުގައި، ވީއައިއޭގެ ސްޕެޝަލް އެސިސްޓެންސް ޓީމުން ބަލިމީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދެއެވެ. ސިއްހީ ކުއްލި ހާލަތްތަކުގައި ނުވަތަ އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރާ ބަލިމީހުންނާއި އެ މީހުންގެ އާއިލާތައް ތިބެނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑު ބުރައެއްގައި ކަމަށް ވާއިރު، އެފަދަ ވަގުތުތަކުގައި އެއާޕޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބޭ ޕްރޮފެޝަނަލް އަދި އޯގާތެރި އެހީތެރިކަމަކީ އާއިލާތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެއާ ފްރާންސް ކޭއެލްއެމް އިން ރާއްޖެއަށް ބެލީ ކާގޯގެ ޚިދުމަތް ޑިސެމްބަރުގައި ފަށަނީ
އެއާ ފްރާންސް ކޭއެލްއެމް މާޓިނެއާ ކާގޯ )އޭއެފްކޭއެލްއެމްޕީ ކާގޯ( އިން އަންނަ ޑިސެމްބަރު މަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިޑް ބޮޑީ ބެލީ ކާގޯގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.
ހައި ސީޒަނާ ދިމާކޮށް ބައިނަލްއަޤުވާމީ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް އިތުރު
ކުރިއަށް އޮތް ފިނިމޫސުމުގެ ހައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔޫރަޕާއި މެދުއިރުމައްޗާއި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ގިނަ އެއާލައިންތަކަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށާއި ސީޒަނަލް ފްލައިޓްތައް އިތުރުކުރުމަށް ނިންމައިފިއެވެ.
ވީއައިއޭއިން 13 ވަނަ ފަހަރަށް އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓް އެވޯޑް ހޯދައިފި
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީ 2026" ގައި މި އެވޯޑާ ހަވާލުވެވަޑައިގެންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. މި އެވޯޑަށް ވީއައިއޭއާ ވާދަކޮށްފައިވަނީ މަޑަގަސްކަރައިގެ އިވާޓޯ އިންޓަނޭޝަނަލް އެއާޕޯޓާއި ރީޔޫނިއަންގެ ރޯލަންޑް ގަރޯސް އެއާޕޯޓާއި ސީޝެލްސް އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މޮރިޝަސްގެ ސަ ސީވޫސަގުރް ރާމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓެވެ.
އެމްއޭސީއެލް އިން މުޅިން އަލަށްދޭ "ވެލާނާ އެވޯޑްސް" 22 ފަރާތަކަށް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިއެވެ. ކްރޮސްރޯޑްސް ...
އާ ޓާމިނަލާއެކު ފަތުރުވެރިންނަށް މަރުހަބާކިޔުމަށް އޮތް ގޮންޖެހުން ނިމުމަކަށް އަންނާނެ: ރިސޯޓް ރިޕްރެޒެންޓޭޓިވްސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރ ޓާމިނަލާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރިސޯޓް ރިޕްރެޒެންޓޭޓިވްސް އިން ބުނެފި...
ވީއައިއޭއަށް ވަންނަ މަގު މަރާމާތަށް ވަގުތީ ގޮތުން ބަންދުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގު މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މ...
އަމާޒަކީ ވީއައިއޭގެ ހަކަތައިގެ %90 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން: ޝަރީފް
ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ހަކަތައިގެ %90 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސ...
ވީއައިއޭ ގައި "ސްމާޓް ގޭޓް"ގެ ހިދުމަތް ތައާރަފްކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި "ސްމާޓް ގޭޓް"ގެ ހިދުމަތް ތައާރަފްކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައް...
އާއަހަރާއި ދިމާކޮށް ގިނަ އަދަދެއްގެ ޕަރައިވެޓް ޖެޓްތައް ރާއްޖެއަށް
މާދަމާއަކީ މީލާދީ ގޮތުން އާ އަހަރެއް ފެށޭ ދުވަސްކަމަށް ވުމާއިއެކު، އާ އަހަރާއި ދިމާކޮށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެތްތައް މިއަހަރުވެސް ރާއްޖެ އައިސްފިއެވެ. މިގޮތުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ދު...
ވީއައިއޭ ޑޮމެސްޓިކް ޗެކް-އިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި
ރާއްޖޭގެ މައި އެއާރޕޯރޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޑޮމެސްޓިކް ބައިގެ ޗެކް-އިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުވެފައިވާ ކަމަށް އެމްއޭސީއެމްއިން ބުނެފިއެވެ. އެއާރޕޯރޓް ހިންގާ މައިކުން...
އެއާޕޯޓް ތޮއްޖެހެމުން ދާތީ ސަމާލުވާން އެދިއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފުރާ މީހުންނާއި އަންނަ މީހުންގެ ޓާމިނަލް ބާރު ބޮޑުވެ، ތޮއްޖެހެމުން ދާތީ ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފިއެވެ...
އެއާޕޯޓަށް ބޭނުންވާ ގްރައުންޑް ހޭންޑްލިން ސާމާނު އާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭނުންކުރާ ގްރައުންޑް ހޭންޑްލިން އިކުއިޕްމެންޓުތައް އާކޮށް އެ ތަކެތި ބޭނުން ކުރަން ފަށައިފި އެވެ. އެއާޕޯޓުގެ އޭޕްރަން ސަރަހައްދުގައި ވަނީ އެއާޕޯޓުން ދޭ ހި...