އެއާޕޯޓް ތޮއްޖެހެމުން ދާތީ ސަމާލުވާން އެދިއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފުރާ މީހުންނާއި އަންނަ މީހުންގެ ޓާމިނަލް ބާރު ބޮޑުވެ، ތޮއްޖެހެމުން ދާތީ ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފިއެވެ.
އެމްއޭސީއެލްއިން ބުނީ މިދުވަސްވަރަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ދުވަސްވަރަކަށް ވެފައި އުމްރާއަށާއި ޗުއްޓީއަށް މީހުން ފުރާ ދުވަސްވަރަކަށް ވާތީ އެއާޕޯޓް ތެރެ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ކަމަށެވެ.
މިކަން ކުޑަކުރުމަށް މީހުން ފުރުވުމަށް ވީހާވެސް މަދު އާއިލާ އާއި ގާތް ބޭފުޅުން އައުމަށް އެ ކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ޚިދުމަތްތައް ހޯދުމުގައި އެމްއޭސީއެލް ގެ މުއައްޒަފުން ދޭ އިރުޝާދު ތަކަށް ތަބާވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.
މިދުވަސްވަރަކީ ސްކޫލްތައް ވެސް ބަންދުވާ ދުވަސްކޮޅަށްވުމުގެ އިތުރުން ޓޫރިސްޓުންގެ ޕީކް ސީޒަނަށް ވާތީ އަބަދުވެސް މިދުވަސްވަރާ ދިމާކޮށް އެއާޕޯޓްތެރެ ތޮއްޖެހެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް