ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި ެއާޒިމް
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާދަކުރާ "ޓީމް އެމްޑީޕީ" ގެ ކެެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންފި އެވެ.
މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެ ކަމަށް އިއުލާނު ކޮށްފައިވާ ފައިސަލް ނަސީމް އާއި އޭނާގެ ރަނިންމޭޓް އާދަމް އާޒިމްގެ އަރިހުގައި ރައީސް ސޯލިހް މި ފަހުން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ބައްދަލްވުމެކެވެ.

ފައިސަލް އާއި އާޒިމް ވަނީ އެ ބޭފުޅުންނަށް ރައީސް ސޯލިހްގެ ތާއީދު އޮތްކަން ހާމަކޮށްފަ އެެވެ. ނަމަވެސް ރައީސް ސޯލިހް ފާޅުގައި އެހެން ވިދާޅުވެ އެކަން އަދި އިއުލާނެއް ނުކުރައްވަ އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ފޯރި ވަރަށް ގަދަ އެވެ. ރައީސް ނަޝީދާއި ފައްޔާޒް އިސްމާައީލްގެ "ބޮޑު ބަދަލު" ފެކްޝަނުން ވަނީ އިންތިހާބަށް ކެންޑިޑޭޓުން ނެރެފަ އެވެ. އަދި ފައިސަލް އާއި އާޒިމްގެ ތާއީދާއެކު "ޓީމް އެމްޑީޕީ" ނަމުގައި ކެންޑިޑޭޓުންތަކެއް ވާދަ ކުރެ އެވެ.

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް