އައިސީޖޭ.. ފޮޓޯ؛ ޔޫއެން
އައިސީޖޭ.. ފޮޓޯ؛ ޔޫއެން
ހަބަރު 22 Nov 2026 | 22:49

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ޤަތުލުޢާންމުގެ ޒިންމާ މިޔަންމާއިން ނަގަންޖެހޭނެ ކަމަށް، ގެމްބިއާއިން ހުށަހެޅި މައްސަލައިގައި ބައިނަލްއަޤުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމައިފިއެވެ.

ދައުލަތެއްގެ މައްޗަށް ޤަތުލުޢާންމުގެ ޒިންމާ އެޅުވި މިއީ އެ ކޯޓުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރެވެ. 19 ނޮވެމްބަރު 2026 ގައި އިއްވި ޙުކުމުގައި، މިޔަންމާގެ ސަލާމަތީ ބާރުތަކުން އުތުރު ރަކީން ސްޓޭޓްގައި ރޮހިންޖާ އެތައް ހާސް ބައެއް މަރައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާ ހިންގައި، ކުޑަކުދިންނާ ދެކޮޅަށް ވެސް އިންތިހާ އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ކަމަށް ކަނޑައެޅިއެވެ. އެ ޖަރީމާތައް ހުއްޓުވުމާއި ކުށްވެރިންނަށް އަދަބު ދިނުމުގައި މިޔަންމާ ނުކުޅެދިފައިވާ ކަމަށް ވެސް ކޯޓުން ނިންމިއެވެ.

އައިސީޖޭގެ އަމުރުގައި، 2017 ގެ "ކްލިއަރެންސް އޮޕަރޭޝަންސް" ގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ތަޙްޤީޤުކޮށް ދަޢުވާ ހިންގުމަށް މިޔަންމާއަށް އެންގިއެވެ. ހަމައެހެންމެ ގެއްލުމުގެ ބަދަލު ރޮހިންޖާ ރައްޔިތުންނަށް ދިނުމަށާއި، ގެދޮރު ގެއްލި ރެފިއުޖީންގެ ގޮތުގައި ތިބި މީހުންނަށް ރައްކާތެރިކަމާ އެކު އެނބުރި ވަޒަނަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވެސް ކޯޓުން އަންގާފައިވެއެވެ.

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ. ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވީ ބަންޑާރަނައިބު އަޙްމަދު އުޝާމެވެ. ރާއްޖެ ތަމްސީލުކުރެއްވީ ޕްރޮފެސަރ އަމާލް ކްލޫނީ އާއި ޕްރޮފެސަރ ފިލީޕާ ވެބް ކޭ.ސީ. އެވެ. ރާއްޖެއިން ހުށަހެޅި ނުކުތާތަކުގައި، ޤަތުލުޢާންމު ހިންގި ފަރާތްތައް ތަޙްޤީޤުކޮށް ދަޢުވާ ހިންގުމުގެ ޒިންމާއަށާއި، އެ ތަޙްޤީޤުތައް އަވަސް، މިނިވަން، މުސްތަޤިއްލު އަދި ހެޔޮ ނިޔަތުގައި ހިންގާ ތަޙްޤީޤުތަކަކަށް ވާންޖެހޭ ކަމުގެ އުސޫލުތައް ހިމެނުނެވެ. ގެމްބިއާއިން އެ ނުކުތާތަކަށް ތާއީދުކުރި ކަން ޙުކުމުގެ ޕެރެގްރާފް 511 އަދި 516 ގައި ކޯޓުން ފާހަގަކުރިއެވެ. ޝަރީޢަތުގައި އިންސާފުވެރި ޝަރީޢަތެއްގެ ސިފަތައް ހުންނަންޖެހޭ ކަމާއި، ޤަތުލުޢާންމުގެ ކުށާ އެކަށީގެންވާ ހަރުކަށި އަދަބެއް ކަނޑައެޅެންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާއަށް ވެސް ޕެރެގްރާފް 518 ގައި ކޯޓުން ތާއީދުކުރިއެވެ. މީގެ އިތުރުން، ކޮންވެންޝަންގެ ދަށުން އަދަބު ލިބެންޖެހޭ ހުރިހާ ޢަމަލަކަށް ދަޢުވާކުރެވޭ ޤާނޫނީ އޮނިގަނޑެއް ޤައުމުތަކުން ޤާއިމުކުރަންޖެހޭ ކަމަށް ވެސް ރާއްޖެއިން ވަކާލާތުކުރި ނުކުތާއަށް ޕެރެގްރާފް 559 ގައި ކޯޓުން ރިޢާޔަތްކުރިއެވެ.

ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ: "ދިވެހިރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވެފައިވަނީ، ޤަތުލުޢާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، ޤަތުލުޢާންމުގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، އެ ޢަމަލު ހިންގާ ފަރާތްތައް ޒިންމާކުރުވުމަށް މަގުފަހިކުރުމަށްޓަކައެވެ. ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައްވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަޙްޤީޤުކޮށް، ދަޢުވާކޮށް، އެފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް އައި.ސީ.ޖޭ. އިން ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔަމެވެ. ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެއެވެ."

އަމާލް ކްލޫނީ އާއި ފިލީޕާ ވެބް ކޭ.ސީ. ވިދާޅުވީ: "މި ތާރީޚީ ޙުކުމަކީ، މިހާރުވެސް ރެފިއުޖީ ކޭމްޕްތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެތައް ބަޔަކު ހިމެނޭހެން، މި ޖަރީމާގެ ޝިކާރައަކަށްވި ފަރާތްތަކުން އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން އައި ޙުކުމެކެވެ. ފުރަތަމަ ފަހަރަށް އައި.ސީ.ޖޭ. އިން މިވަނީ ޤަތުލުޢާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން ނަގަންޖެހޭކަމަށް ކަނޑައަޅުއްވާފައެވެ. ކުށްވެރިންނަށް ދައުލަތްތަކުން ޙިމާޔަތް ނުދެވޭނެ ކަމާއި، ޖެނޮސައިޑް ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އެ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާކުރަންޖެހޭނެ ކަންވެސް ކޯޓުން މިވަނީ ސާފުކޮށްދެއްވާފައެވެ. މިޔަންމާއިން ވަގުތުން ކޯޓުގެ މި ޙުކުމާ އެއްގޮތަށް ޢަމަލުކޮށް، ޝިކާރައަކަށްވި ފަރާތްތަކަށް ޙައްޤުވާ ބަދަލު ދޭންޖެހެއެވެ."

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ޤަތުލުޢާންމުގެ ޒިންމާ ދައުލަތެއް ނަގަންޖެހޭ ކަމަށް އައިސީޖޭއިން ކަނޑައެޅި ފުރަތަމަ ޙުކުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި ެއާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި ެއާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.