ސަފާރީއަކަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ފަތުރުވެރިންތަކެއް.. ފޮޓޯ: ވޮއިސް
ސަފާރީއަކަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ފަތުރުވެރިންތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު 01 Nov 2026 | 14:38

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި

ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 192،398 ފަތުރުވެރިންނާ އަޅާބަލާއިރު %0.9ގެ ކުރިއެރުމެކެވެ.

މިއަހަރުގެ މާރިޗު މަހުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. ނަމަވެސް، ފިނި މޫސުމުގެ ޗުއްޓީ ދުވަސްވަރާ ގުޅިގެން މި އަދަދުތައް މިހާރު މިވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ.

މިއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.79 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކުވެސް 6000 ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކަކީ:

  • ޗައިނާ: 331،817 ފަތުރުވެރިން

  • ރަޝިއާ: 256،822 ފަތުރުވެރިން

  • އިނގިރޭސިވިލާތް: 135،897 ފަތުރުވެރިން

  • ޖަރުމަނުވިލާތް: 119،589 ފަތުރުވެރިން

  • އިޓަލީވިލާތް: 105،485 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ރިޕޯޓްތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 74% އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރަށްރަށުގެ ގެސްޓްހައުސްތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 21.6% އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް
01 Nov 2026 ހަބަރު

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި
01 Nov 2026 ހަބަރު

ދައުލަތުން ލިބެންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއްވާ ނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ

އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު
01 Nov 2026 ހަބަރު

އެމްޑީޕި އަމާޒު ހިފާފައިވަނީ ކަންބޮޑުވުން އުފެދޭ މިސްރާބަކަށް، ޕާޓީ އޮތީ ހަތަރުވަން ގޯޅިއެއްގެ ކަންމަތީ: ނަޝީދު

ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގާ ތަނަވަސްކަން ހޯދާދޭނެ ޕްރޮޖެކްޓަކާއި ޒައިނިޒަމް އާއި ގުޅުވާ އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ވަރުގަދަ ވާނެ ކަމެއް ނޫން ކަމަށެވެ.

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ފިލައިގެން ފާރިޝްއައީ މާލެ، އޭނާ ހުރިތަން ދެނެގަނެ ހައްޔަރުކޮށްފި

އޭނާ މާލެއިން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މާލެ އައީ ކިހިނެތް ކަމެއް ނޭންގެ އެވެ.

އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި
01 Nov 2026 ހަބަރު

އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމް.އެސް.އެމް.އީ) ޕޯސްޓަލް ވިއުގައިގެ ތެރެއިން އައު ބާޒާރުތައް ހޯދައިދިނުމަށާއި، ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ދިރާސީ މަސައްކަތްތަކެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ބައިނަލްއަޤުވާމީ އިދާރާތައް ގުޅިގެން މިއަދު ފަށައިފިއެވެ.

46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
01 Nov 2026 ހަބަރު

46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މިގޮތުން، މި އެވޯޑުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި
01 Nov 2026 ހަބަރު

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.