ވީއައިއޭގެ އާ ޓާމިނަލް- ފޮޓޯ/ އެމްއޭސީއެލް
ވީއައިއޭގެ އާ ޓާމިނަލް- ފޮޓޯ/ އެމްއޭސީއެލް
ވިޔަފާރި 17 Nov 2026 | 15:56

ތިން އަހަރު ތެރޭ ވީއައިއޭގެ ތަރައްޤީއާއެކު އިޤްތިޞާދީ ފުރުޞަތުތައް ފުޅާވެއްޖެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކުރެވި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ އިޤްތިޞާދީ އައު ފުރުޞަތުތަކެއް ފަހިވެފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ، އެއަރޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތަކަށް ގެނެވުނު ޒަމާނީ ބަދަލުތަކުގެ ސަބަބުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. އަދި ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އެއަރޕޯޓުގެ ދައުރު ފުޅާވެ، ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.

މި ތަރައްޤީގެ އެންމެ ބޮޑު ކާމިޔާބީއަކީ 26 ޖުލައި 2025 ގައި ހުޅުވުނު އައު ބައިނަލްއަޤްވާމީ ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް1) އެވެ. މި ޒަމާނީ ވަސީލަތުގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ ރަނގަޅުވެ، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވެފައިވާކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ. މީގެ އިތުރުން، 17 ފެބުރުވަރީ 2026 ގައި ޓަރމިނަލް 2 ހުޅުވުމާއެކު، އެތެރޭގެ އުދުހުންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރާ ދަތުރުތައް އިތުރަށް ހަރުދަނާވެފައިވާ ކަމަށްވެސް ބުންޏެވެ.

އެއަރޕޯޓުގެ ކާގޯ ދާއިރާއިން ވެސް ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، "ސީ-ޓު-އެއަރ ކާގޯ" އިނީޝިއޭޓިވްގެ ދަށުން 15 ޖެނުއަރީ 2024 ގައި އިމްޕޯޓް ކާގޯގެ ޚިދުމަތް އަދި 11 އޮގަސްޓު 2024 ގައި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށުމާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ މަގުން މުދާ އުފުލުމުގެ ދޮރުތައް ވަނީ ހުޅުވިފައެވެ.

މީގެ އިތުރުން، އެއަރޕޯޓުގެ އޮޕަރޭޝަނަލް ސަލާމަތާއި ޚިދުމަތް އަވަސްކުރުމަށްޓަކައި 27 ޖޫން 2024 ގައި އައު ފަޔަރ ސްޓޭޝަނެއް ހުޅުވައި، ކުއްލި ޙާލަތްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން ވަނީ އިތުރުކޮށްފައެވެ. އަދި 7 ނޮވެމްބަރު 2024 ގައި ޚިދުމަތް ދޭން ފެށި އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު، ބޯޓުފަހަރަށް ތެޔޮ އެޅުމާއި ތެޔޮ ރައްކާކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އެމްއޭސީއެލް އިން މަޢުލޫމާތު ދެއެވެ.

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިރުޝާދުގެ ދަށުން އެމްއޭސީއެލް އިން ގެނެސްދިން މި އިންގިލާބީ ބަދަލުތަކަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ޒަމާނީ ކުރުމަށާއި، ބައިނަލްއަޤްވާމީ ވާދަވެރިކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ މި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ދުނިޔޭގެ ފެންވަރުގައި ވީއައިއޭގެ ޚިދުމަތްތައް ފުޅާކޮށް ދެމެހެއްޓުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯ ފޯރިއާއެކު ކުރިއަށް؛ ކިޓް ދޫކުރުމުގެ މުއްދަތު އިތުރުކޮށްފި
17 Nov 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯ ފޯރިއާއެކު ކުރިއަށް؛ ކިޓް ދޫކުރުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2026" ގެ ބިބް އެކްސްޕޯ ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސަރުކާރުގެ ކުންފުނިތަކުން ލިބުނު ފައިދާ 61.3 އިންސައްތަ އިތުރުވެ، ދައުލަތުގެ އާމްދަނީ 36 ބިލިއަން ރުފިޔާއަށް
17 Nov 2026 ވިޔަފާރި

ސަރުކާރުގެ ކުންފުނިތަކުން ލިބުނު ފައިދާ 61.3 އިންސައްތަ އިތުރުވެ، ދައުލަތުގެ އާމްދަނީ 36 ބިލިއަން ރުފިޔާއަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު ފައިދާގެ ކުރިއެރުމަކާއެކު، ހިނގަމުންދާ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 36.0 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި
12 Nov 2026 ހަބަރު

ޓީއެމްއޭ ސީޕްލޭން ހާދިސާ އެމްޓީއެސްބީން ތަހުގީގުކުރަން ފަށައިފި

ޓްރާންސްޕޯޓްގެ ސޭފްޓީ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިނގި އެ ހާދިސާ ތަހްގީގްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ

ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި
04 Nov 2026 ހަބަރު

ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކުނު 115 ހެކްޓަރާއެކު މުޅި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި
01 Nov 2026 ހަބަރު

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި

މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ބައިނަލްއަޤުވާމީ އިތުރު 10 އެއާލައިނެއްގެ ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރަނީ
21 Oct 2026 ވިޔަފާރި

ބައިނަލްއަޤުވާމީ އިތުރު 10 އެއާލައިނެއްގެ ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރަނީ

ފިނިމޫސުމާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް )ވީއައިއޭ( ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އިން ނިންމައިފިއެވެ.

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި
08 Oct 2026 ހަބަރު

އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި

އެ ކުންފުނިން ދާދި ފަހުން މީސް މީޑިއާގައި އާންމުކުރި ފޮޓޯތަކާއި މެސެޖުތަކުން ފެންނަ ގޮތުގައި، ވީއައިއޭގެ ސްޕެޝަލް އެސިސްޓެންސް ޓީމުން ބަލިމީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދެއެވެ. ސިއްހީ ކުއްލި ހާލަތްތަކުގައި ނުވަތަ އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރާ ބަލިމީހުންނާއި އެ މީހުންގެ އާއިލާތައް ތިބެނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑު ބުރައެއްގައި ކަމަށް ވާއިރު، އެފަދަ ވަގުތުތަކުގައި އެއާޕޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބޭ ޕްރޮފެޝަނަލް އަދި އޯގާތެރި އެހީތެރިކަމަކީ އާއިލާތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.