ރައީސް މުޢިއްޒުގެ ދަތުރުފުޅެއްގެ ތެރެއިން- ފޮޓޯ/ ވޮއިސް
ރައީސް މުޢިއްޒުގެ ދަތުރުފުޅެއްގެ ތެރެއިން- ފޮޓޯ/ ވޮއިސް
ހަބަރު 17 Nov 2026 | 13:03

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ސިޓިޒަންސް ވޮއިސް ޕޯޓަލް އިފްތިތާޙުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ޕޯޓަލެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލްގެ ވެބް އެޑްރެހަކީ Citizens' Voice އެވެ.

މި ޕޯޓަލަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވޭނެގޮތަށް އިފްތިތާޙުކުރި ޕޯޓަލެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މިޕޯޓަލްގެ ޚިދުމަތް މިވަގުތަށް ވެބް މެދުވެރިކޮށް ފެށި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ޚިދުމަތަށް ޚާއްސަކުރެވޭ ފޯނު އެޕްލިކޭޝަންވެސް އިފްތިތާޙުކުރާނެ ކަމަށެވެ.

މީގެ އިތުރުން މިވަގުތުވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

‏އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
17 Nov 2026 ހަބަރު

‏އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ.

ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް، ވީ ވަޢުދާއެެއްގޮތަށް މަސައްކަތް ނިންމާނަން: ރައީސް މުޢިއްޒު
17 Nov 2026 ހަބަރު

ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް، ވީ ވަޢުދާއެެއްގޮތަށް މަސައްކަތް ނިންމާނަން: ރައީސް މުޢިއްޒު

މާލޭގެ ރާޅާއެޅުންތެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، މިހާރު ތަރައްޤީކުރަމުންދާ ޤައުމީ ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ނިންމަވައި ޙަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިއައީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އަޅާފައި ނިންމާލާކަށް ނޫން؛ އެކުގައި ކުރިއަރައިދާން: ސާހް ގްރޫޕް
17 Nov 2026 ހަބަރު

މިއައީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އަޅާފައި ނިންމާލާކަށް ނޫން؛ އެކުގައި ކުރިއަރައިދާން: ސާހް ގްރޫޕް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސާހް ގްރޫޕުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އެޅުމަށްވުރެ މާ ފުޅާ، ދިގުމުއްދަތުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވަރިވުމަށް ފަހު ވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު އޮންނާނެ ގޮތަށް ގާނޫނަށް އިސްލާހެއް
17 Nov 2026 ހަބަރު

ވަރިވުމަށް ފަހު ވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު އޮންނާނެ ގޮތަށް ގާނޫނަށް އިސްލާހެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓާއި ގޯތި، ކައިވެނި ރޫޅުނު ނަމަވެސް ދެމަފިރިންނަށް ހަމަހަމައަށް ހައްގުވާނެ ގޮތް ހެދުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި
17 Nov 2026 ހަބަރު

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި

މިމަހު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.

ފަންނީ މަޝްވަރާ މަޖިލީހާއި ކޮމެޓީތައް އެކުލަވާލާނެ އުސޫލެއް، މެންބަރުންނަށް އުޖޫރައެއް ނުދޭނެ
16 Nov 2026 ހަބަރު

ފަންނީ މަޝްވަރާ މަޖިލީހާއި ކޮމެޓީތައް އެކުލަވާލާނެ އުސޫލެއް، މެންބަރުންނަށް އުޖޫރައެއް ނުދޭނެ

މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް
15 Nov 2026 ހަބަރު

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް

މީގެއިތުރުން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވާސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް: ރައީސް މުޢިއްޒު
15 Nov 2026 ހަބަރު

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް: ރައީސް މުޢިއްޒު

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.