ސަރުކާރުގެ ހައުންސިން ޔުނިޓް-
ސަރުކާރުގެ ހައުންސިން ޔުނިޓް-
ހަބަރު 17 Nov 2026 | 10:14

ވަރިވުމަށް ފަހު ވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު އޮންނާނެ ގޮތަށް ގާނޫނަށް އިސްލާހެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓާއި ގޯތި، ކައިވެނި ރޫޅުނު ނަމަވެސް ދެމަފިރިންނަށް ހަމަހަމައަށް ހައްގުވާނެ ގޮތް ހެދުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ބިލު ހުށަހެޅުއްވި ސަބަބު ބަޔާންކުރައްވަމުން މެންބަރު ފާހަގަކުރައްވާފައިވަނީ، ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްތަކުން ފުލެޓާއި ގޯތި ދިނުމުގައި، ކައިވެންޏެއް ކޮށްގެން އުޅުމާއި، ދަރިން ތިބި އަދަދަކީ ޕޮއިންޓު ދިނުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާ ކަންކަން ކަމުގައެވެ. އަދި މިފަދަ ސްކީމްތަކަށް އެދި ހުށަހެޅޭނީ ދެމަފިރިންގެ ތެރެއިން އެކަކަށް ކަމަށްވުމާއި، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތުން ޝަރުތުކުރަނީ މުޅި އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަގުސަދުގައެވެ.

ނަމަވެސް، މިހާރު ކަން ހިނގަމުންދާ ގޮތުން ފުލެޓު ރަޖިސްޓްރީ ކުރެވެނީ އެކަމަށް އެދި ހުށަހެޅި މީހާގެ ނަމުގައި އެކަނި ކަމަށްވާތީ، ކައިވެނި ރޫޅޭ ހާލަތްތަކުގައި އެ ތަން ވަކި މީހެއްގެ އެއްޗަކަށްވެ، މުޅި އާއިލާއަށް ނިކަމެތިކަން ކުރިމަތިވެއެވެ. އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ކައިވެނީގެ ތެރޭގައި ހޯދާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލުތަކެއް އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުން ލިބޭ މުދަލާމެދު އަމަލުކުރާނެ ސާފު އުސޫލެއް ބަޔާންކޮށްފައެއް ނުވެއެވެ.

އެހެންކަމުން މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، އެފަދަ މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވޭ މުދަލެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުން ބޯހިޔާވަހިކަން ދިނުމުގެ އަސްލު މަގުސަދު ހާސިލުކުރުން ކަމަށް ބިލުގައިވެއެވެ.

ބިލުގައި ހިމެނޭ މައިގަނޑުކަންކަން

ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބުން: ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ލިބޭ ފްލެޓް ނުވަތަ ގޯތި އެކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، އެއީ އާއިލާއަށް ލިބިފައިވާ ތަނެއް ކަމަށް ބަލައި، ދެމަފިރިންނާއި ދަރިންނަށް އެތަނުގެ މައްޗަށް ހަމަހަމަ ހައްގު ލިބިގެންދާނެއެވެ.

ހައްގު ދޫކޮށްލެވޭނީ އެއްބަސްވުމަކުން ނުވަތަ ކޯޓުން: މިފަދަ ތަނަކުން އެކަކު އަމިއްލަ އިޚްތިޔާރުގައި ހައްގު ދޫކޮށްލެވޭނީ ނުވަތަ ވަކި ގޮތަކަށް އަމަލުކުރެވޭނީ، ކޯޓުގައި ރަޖިސްޓްރީކުރެވޭ އެއްބަސްވުމަކުން ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.

މީގެ ކުރިން ލިބިފައިވާ ތަންތަނަށް ވެސް ހިނގުން: މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ލިބިފައިވާ ފްލެޓާއި ގޯތިތަކާ މެދު ވެސް، ވަކިގޮތެއް ކަނޑައަޅާފައި ނުވާނަމަ، ޝަރީއަތުން ބަލާނީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮތް މުދަލެއްގެ ގޮތުގައެވެ.

ތަނަވަސްކަން ނެތް މީހާއަށް އިސްކަންދިނުން: ކައިވެނި ރޫޅޭ ހާލަތުގައި، ތަން ރަޖިސްޓްރީކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަންދޭނީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތަށެވެ. އެގޮތުން އެކަކަށް އެހެން ގޮތަކުން ބޯހިޔާވަހިކަން ލިބިފައިވާއިރު، އަނެކަކުގެ ނަމުގައި އެއްވެސް ބިމެއް ނެތްނަމަ، އެތަން ރަޖިސްޓްރީވާނީ ބޯހިޔާވަހިކަން ނެތް މީހާގެ ނަމުގައެވެ.

ލޯނާއި ކުލި ފަދަ ޒިންމާތައް ބެހުން: ދެމީހުންގެ މެދުގައި ވަކި އެއްބަސްވުމެއް ނެތްނަމަ، ތަން ދެމީހުންގެ ނަމަށް ބަދަލުކުރުމާއި، ބަދަލު ދިނުމާއި، އަދި ތަނާ ގުޅިފައިވާ ލޯނާއި ކުލީގެ ޒިންމާތައް ދެމެދުގައި ބަހާނެ ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ދެމަފިރިންނަށް ވެސް ލިބިގެންވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި
17 Nov 2026 ހަބަރު

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި

މިމަހު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
16 Nov 2026 ހަބަރު

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުން ޤައުމަށް އާމްދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިއީ އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަންނީ މަޝްވަރާ މަޖިލީހާއި ކޮމެޓީތައް އެކުލަވާލާނެ އުސޫލެއް، މެންބަރުންނަށް އުޖޫރައެއް ނުދޭނެ
16 Nov 2026 ހަބަރު

ފަންނީ މަޝްވަރާ މަޖިލީހާއި ކޮމެޓީތައް އެކުލަވާލާނެ އުސޫލެއް، މެންބަރުންނަށް އުޖޫރައެއް ނުދޭނެ

މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ޕީއެންސީއާ އަދާލަތު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް އެކުލަވާލާ ސޮއިކޮށްފި
16 Nov 2026 ހަބަރު

ޕީއެންސީއާ އަދާލަތު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް އެކުލަވާލާ ސޮއިކޮށްފި

އެެއްބަސްވުމުގައިވާ ހުރިހާ ކަމެއް ދެ ޕާޓީން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.