އިމްރާން ޚާން
އިމްރާން ޚާން
ދުނިޔެ 17 Nov 2026 | 09:18

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު

ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ޞިއްޙީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އަވަސް ޞިއްޙީ ފަރުވާ ހޯދުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.

އުމުރުން 74 އަހަރުގެ އިމްރާން ޚާންގެ ވަކީލު ސަލްމާން ސަފްދަރު އާންމުކުރެއްވި ސިޓީއެއްގައި ޚާން ވިދާޅުވެފައިވަނީ، ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ ހަރުކަށި ހާލަތުގެ ސަބަބުން، "ދިރިހުރެ އެނބުރި ނާދެވިދާނެ ފަދަ ހާލަތަކަށް" ކަންކަން ދަނީ ވާސިލުވަމުން ކަމަށެވެ. އަދި ޑޮކްޓަރުންނާ ހަވާލާދީ އެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނުގެ ހިތަށް މިހާރުވެސް އަނިޔާތަކެއް ލިބިފައިވާއިރު ސިކުނޑިއަށް ލޭއެޅުމާއި (ބްރެއިން ހެމަރޭޖް) ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ކަނާތު ލޮލުގެ ފެނުން ބޮޑުތަނުން ގެއްލިފައިވާ ކަމަށް އާއިލާއިން ބުނާއިރު، އަނބިކަނބަލުން ބުޝްރާ ބީބީގެ ލޮލުގެ ފަރުވާއަށް އިތުރު ސާޖަރީއެއް ނުހަދައިފިނަމަ އެކަމަނާގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ޚާން ވިދާޅުވިއެވެ.

ސަތޭކައަށްވުރެ ގިނަ ދައުވާ އުފުލައި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ކްރިކެޓް ތަރި ވިދާޅުވީ، ދުވާލަކު 22 ގަޑިއިރު ހޭދަކުރައްވަން ޖެހިވަޑައިގަންނަވަނީ އެކަހެރިކޮށް (ސޮލިޓަރީ ކޮންފައިންމަންޓްގައި) ކަމަށާއި، އާއިލާއާ ބައްދަލުކުރުމާއި ފޮތް ކިޔުމާއި ޓީވީ ބެލުމުގެ ހައްގުން މަހްރޫމްކޮށްފައިވާތީ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވަކީލުންނާ ބައްދަލުކުރެވުނީ އެންމެ ހަތަރު ފަހަރު ކަމަށް ވިދާޅުވެ، "މައުސޫމްކަން ސާބިތުކޮށްދެވޭނީވެސް ދިރިހުރެވިގެން" ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

ނަމަވެސް، ޕާކިސްތާނުގެ ސަރުކާރުން މި ވާހަކަތައް ދޮގުކުރެއެވެ. ޕާލިމެންޓަރީ އެފެއާޒް މިނިސްޓަރު ތާރިގް ފަޒަލް ޗައުދަރީ ވިދާޅުވީ، ޚާނަކީ މިވަގުތު ޕާކިސްތާނުގެ ޖަލުތަކުގައި ހުރި އެންމެ ގިނަ ޚިދުމަތްތަކާއި ލުއިފަސޭހަތައް ލިބިވަޑައިގަންނަވާ ގައިދީ ކަމަށާއި، ބޭނުންފުޅުވާ ކާނާއެއް ޚިޔާރުކުރުމުގެ ފުރުސަތުވެސް އޮންނަ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ޑޮކްޓަރުން ބައްލަވައި އެމަނިކުފާނުގެ ހާލުކޮޅު "ރަނގަޅު" ކަމަށް ނިންމާފައިވާ ކަމަށާއި، މިދިޔަ ހަފްތާގައިވެސް ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންގޮސް ލޮލަށް ޖަހަންޖެހޭ އިންޖެކްޝަނެއް ޖަހައި ފަރުވާދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

2018 އިން 2022 އަށް ޕާކިސްތާނުގެ ވެރިކަން ކުރެއްވި އިމްރާން ޚާން ޖަލުގައި ހުންނެވި ނަމަވެސް، އެމަނިކުފާނަކީ އަދިވެސް އެ ގައުމުގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ބޭފުޅެކެވެ. އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި މިދިޔަ އޮކްޓޯބަރު މަހުވެސް އެތައް ހާސް ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. މީގެއިތުރުން، ދުނިޔޭގެ މަޝްހޫރު ކުރީގެ ކްރިކެޓް ކެޕްޓަނުންތަކެއް ވެސް ވަނީ ޚާނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި
17 Nov 2026 ދުނިޔެ

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި

މަންމަގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން، ފުރާނައަށް ނުރައްކާވާ ފަދަ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން މެދުވެރިވެދާނެ އުފެދުމުގެ އައިބުތައް ރަނގަޅުކުރުމަށް ސާޖަރީ ހެދުމަކީ މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުން އެކަނި ފެންނަ މަންޒަރެކެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި
17 Nov 2026 ދުނިޔެ

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި

ޔަމަނުގައި އީރާނުގެ ތާޢީދު އޮންނަ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަޢޫދީ ކޯލިޝަން ފައުޖުތަކުގެ އިސް ކޮމާންޑަރުގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް ފަހަދު ބިން ޙަމަދު އަލްސަލްމާން ވަކިކޮށް، އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް
16 Nov 2026 ދުނިޔެ

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް

އާސިއާން-އިންޑިއާ ބައްދަލުވުން އޮންނާނީ މިއަދު ފެށުނު 49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައެވެ.

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ
15 Nov 2026 ކުޅިވަރު

ޕާކިސްތާނު އަތުން ބަލިވެ، ސާފް ހޯދުމަށް ބަންގްލަދޭޝްއިން ކުރަމުން އައި އުއްމީދު ގެއްލިއްޖެ

މި ނަތީޖާއާއެކު، ޕާކިސްތާނު ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް
14 Nov 2026 ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް

ނާޒުކު ދަނޑިވަޅުގައި، ޕާކިސްތާނާއި އީރާނާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުމާއި، އޭގެ ދެމެހެއްޓެނިވިކަމާ މެދު މިހާރު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ
12 Nov 2026 ދުނިޔެ

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ

އާންމު އުމްރާނީ ތަރައްގީއާއި ހަކަތައިގެ މަޝްރޫއުތަކުގެ އިތުރުން، "ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" ސީޕެކް 2.0 ގެ ދެވަނަ ފިޔަވަހީގެ މައިގަނޑު އަސާސެއްގެ ގޮތުގައި މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި އައު އީޖާދުތައް ހިމަނާފައެވެ.

ދިވެހިރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރިމެޗް ޕާކިސްތާނަށް
08 Nov 2026 ކުޅިވަރު

ދިވެހިރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރިމެޗް ޕާކިސްތާނަށް

މިމެޗް ޕާކިސްތާން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. ޕާކިސްތާނުން މޮޅަށް ކުޅުނު މިމެޗްގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގެ ތެރޭގައެވެ.

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އަރައި، އައު ރެކޯޑެއް
06 Nov 2026 ދުނިޔެ

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އަރައި، އައު ރެކޯޑެއް

ދުނިޔޭގެ ވިޔަފާރިއާއި އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ދަރަނީގެ ދަތިތަކާ އެކުވެސް، ޕާކިސްތާނުގެ މަރުކަޒީ ބޭންކު—ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) ގެ ބޭރު ފައިސާގެ ރިޒާވް 21.56 ބިލިއަން ޑޮލަރަށް އުފުލި، އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. ވިޔަފާރި ބޭންކުތަކުގައި ހުރި ފައިސާއާއެކު އެ ގައުމުގެ ޖުމްލަ ރިޒާވް މިހާރު ވަނީ 26.86 ބިލިއަން ޑޮލަރަށް އަރާފައެވެ.