ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް: ރައީސް މުޢިއްޒު
ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕަލަސްތީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މުނާސަބަތުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން ރައީސް ވަނީ ޕަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް އަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާގެ އިތުރުން އަޚުވަންތަ ޕަލަސްތީނުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ، ފުރިހަމަ މިނިވަންކަމާއި އިސްތިޤްލާލު ލިބިގެންވާ ޕަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް އެންމެން ދެކޭ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ދިވެހިރާއްޖެއިން ދޭ އެއްބާރުލުމާއި، ސާބިތުކަމާއެކު ދެމިއޮތް ޢަޒުމް އަދި ފުރިހަމަ ތާއީދު މި އުފާވެރި މުނާސަބަތުގައި އައުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ "ކޯރުން ފެށިގެން ކަނޑާ ހަމައަށް، ޕަލަސްތީނު މިނިވަންވާނެ" މި އިބާރާތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް