ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާ ކުރައްވާފައިވޭ
ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާ ކުރައްވާފައިވޭ
ހަބަރު 15 Nov 2026 | 21:32

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް

ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވަރސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސް.އޭ.ޔޫ) ގެ ރައީސް، ޕްރޮފެސަރ ކޭކޭ އަގަރްވާލް، މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި ސައުތު އޭޝިއަން ޔުނިވަރސިޓީ އާ ދެމެދު މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން، ޚާއްޞަކޮށް ޞިއްޙަތާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލުބަދަލު ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެ އެވެ.

މީގެއިތުރުން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވާސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު
15 Nov 2026 ހަބަރު

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު

ޑރ.އަޒުވަރު ވިދާޅުވީ ރަށްރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހުރި އިންޖީނުގޭތައް ނަގައި މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަކީ އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ބޮޑު ބައެއް، އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!
15 Nov 2026 ހަބަރު

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން ޒަމާނީ ކުރިއެރުންތައް ދެނެގަތުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވަފުދަކުން ޗައިނާގެ ހައިނާންއަށް ކުރި ރަސްމީ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، އަގުހުރި އަމަލީ ތަޖުރިބާތަކެއް ހޯދައިފިއެވެ.

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ
15 Nov 2026 ހަބަރު

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ

ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި
15 Nov 2026 ހަބަރު

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިތުރުން، އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) ގުޅިގެން ކުރިއަށްގެންދާ މުހިންމު ޤައުމީ ހަރަކާތެކެވެ.

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
15 Nov 2026 ހަބަރު

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރ. އިނގުރައިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ "ވަޑާންވެރިންގެ ރަށް، އުރީދޫ މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި
15 Nov 2026 ހަބަރު

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި

މިދިޔަ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި
15 Nov 2026 ހަބަރު

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ރަސްމީ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ ހަތަރުވަނަ އަދަދު ނެރެ، އާންމުކޮށްފިއެވެ.

ކުރިއެރުމަށް އޮތް މަގަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުން: ނަޝީދު
15 Nov 2026 ހަބަރު

ކުރިއެރުމަށް އޮތް މަގަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުން: ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނި، އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ތަރައްގީވަމުން އަންނަ ގައުމުތަކަށް މުހިންމުވާ ގޮތާއި، އެކަމުގައި ކާމިޔާބު ހޯދާފައިވާ ގައުމުތަކުގެ މިސާލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.