މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ހަފްލާ
ފޮޓޯ: ސްޓެލްކޯ
މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ހަފްލާ ފޮޓޯ: ސްޓެލްކޯ
ހަބަރު 15 Nov 2026 | 23:19

ރަށުމެދުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާނަން: ޑރ. އަޒުވަރު

ރާއްޖޭގެ އެކި ރަށްރަށުގެ މެދުތެރޭގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޒުވަރު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޑރ.އަޒުވަރު ވިދާޅުވީ ރަށްރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހުރި އިންޖީނުގޭތައް ނަގައި މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަކީ އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ބޮޑު ބައެއް، އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ހަފްލާ ފޮޓޯ: ސްޓެލްކޯ
މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ހަފްލާ ފޮޓޯ: ސްޓެލްކޯ

އެގޮތުން ސަރުކާރުގެވެސް އަމާޒަކީ ވީ އެންމެ އަވަހަކަށް އެފަދަ އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުން ކަމަށާއި، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އޭގެ ތެރެއިން ބޮޑު ބައެއްގެ މަސައްކަތްތައް ނިންމުންކަމަށް ވިދާޅުވިއެވެ.

އަދި އަދިވެސް ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުރީ ރަށުގެ މެދުތެރޭގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ، އިންޖީނުތަކުގެ އަޑާއި ދުމުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް އުނދަގޫވޭ"

ޑރ. އަޒުވަރު

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަޒްވަރު ވިދާޅުވީ، ސެޕްޓެމްބަރު 30 އިން ނޮވެމްބަރު 6 ގެ ނިޔަލަށް ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން، ކަނޑައެޅިފައިވާ ތާރީހަށް އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ.

މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި މުޅި ރާއްޖެއަށް ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެންދާނެކަން ފާހަގަކުރައްވައި ޑރ. އަޒުވަރު ވިދާޅުވީ، ކަންކަން ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ ކުންފުނިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރާއި ރައްޔިތުން ކުރާ އުންމީދުތައް އިތުބާރާއެކު ހާސިލުކޮށްދިނުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުން، ހާއްސަކޮށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ އަދި ހުއްޓުމެއްނެތި މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، އިތުބާރު ހުރި ހިދުމަތެއް ލިބޭ ތަނެއްގެ ގޮތުގައި ސްޓެލްކޯގެ ބްރޭންޑް މިހާރުވެސް ހިފެހެއްޓިފައިވާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާއިރު، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ ޒިންމާގެ ބޮޑުކަން އިހްސާސްކުރެއްވޭ ކަމަށެވެ.

އަދި މިއީ ކުންފުނީގެ އެންމެހައި މުވައްޒަފުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށާއި، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

ސްޓެލްކޯގެ ތެރޭގައި މިހާރުވެސް ހިފަހައްޓަމުންދާ ރަނގަޅު އުސޫލުތައް ދަމަހައްޓައިފިނަމަ، ދިމާވާ ގިނަ ކަންކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން އަޒުވަރު ވިދާޅުވީ މި މަރުހަލާ ކާމިޔާބުކަމާއެކު ނިންމައި ހިދުމަތްތަކާ ހަވާލުވުމަށްފަހު، ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ ރަށްރަށުގެ ފެންވަރުގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!
15 Nov 2026 ހަބަރު

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން އެމްއެންޔޫގެ ވަފުދަށް ހައިނާންއިން އަގުހުރި ތަޖުރިބާތަކެއް!

ކަނޑުގެ އިލްމާއި އެކުއަކަލްޗަރގެ ދާއިރާއިން ޒަމާނީ ކުރިއެރުންތައް ދެނެގަތުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވަފުދަކުން ޗައިނާގެ ހައިނާންއަށް ކުރި ރަސްމީ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، އަގުހުރި އަމަލީ ތަޖުރިބާތަކެއް ހޯދައިފިއެވެ.

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް
15 Nov 2026 ހަބަރު

ސައުތު އޭޝިއަން ޔުނިވާސިޓީން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދަން މަޝްވަރާތަކެއް

މީގެއިތުރުން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ސައުތު އޭޝިއަން ޔުނިވާސިޓީއާއި ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ
15 Nov 2026 ހަބަރު

ފުލުހުންގެ ތަމްރީން ކޯސްތަކުގައި "އިހްތިރާމް" މާއްދާއެއްގެ ގޮތުގައި ހިމަނަނީ

ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި
15 Nov 2026 ހަބަރު

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުން ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިތުރުން، އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) ގުޅިގެން ކުރިއަށްގެންދާ މުހިންމު ޤައުމީ ހަރަކާތެކެވެ.

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
15 Nov 2026 ހަބަރު

"ވަޑާންވެރިން ރަށުގެ އުރީދޫ މަސްރޭސް 2026" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރ. އިނގުރައިދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ "ވަޑާންވެރިންގެ ރަށް، އުރީދޫ މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި
15 Nov 2026 ހަބަރު

ގެއްލިފައިވާ ސިފައިންގެ މީހާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރަން ލޮކާސްއިން ނިންމައިފި

މިދިޔަ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި
15 Nov 2026 ހަބަރު

އެމްޕީއެލްގެ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ 4 ވަނަ އަދަދު ނެރެފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ރަސްމީ ކޯޕަރޭޓް މަޖައްލާ "އުޅަނދު" ގެ ހަތަރުވަނަ އަދަދު ނެރެ، އާންމުކޮށްފިއެވެ.

ކުރިއެރުމަށް އޮތް މަގަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުން: ނަޝީދު
15 Nov 2026 ހަބަރު

ކުރިއެރުމަށް އޮތް މަގަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުން: ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނި، އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ތަރައްގީވަމުން އަންނަ ގައުމުތަކަށް މުހިންމުވާ ގޮތާއި، އެކަމުގައި ކާމިޔާބު ހޯދާފައިވާ ގައުމުތަކުގެ މިސާލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.