ޔޫއޭއީގެ ސާހް ގްރޫޕްގެ ސީއީއޯ އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޔޫއޭއީގެ ސާހް ގްރޫޕްގެ ސީއީއޯ އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ހަބަރު 17 Nov 2026 | 11:39

މިއައީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އަޅާފައި ނިންމާލާކަށް ނޫން؛ އެކުގައި ކުރިއަރައިދާން: ސާހް ގްރޫޕް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސާހް ގްރޫޕުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އެޅުމަށްވުރެ މާ ފުޅާ، ދިގުމުއްދަތުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ބިޔަ މަޝްރޫއުގެ މައި އެއްބަސްވުމުގައި ސޮއިިކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ސާހް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ދިވެހިރާއްޖެއާއެކު ދިގުމުއްދަތަކަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި އިޤްތިޞާދީ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުން ކަމަށެވެ.

"އަޅުގަނޑުމެން އަބޫދާބީންނާއި، ސާހް އިން މިތަނަށް މިއައީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ކުޑަ ރިސޯޓެއް އަޅައި، ފައިސާ ހޯދައިގެން 'އޯކޭ، މިއޮތީ ނިމިފައޭ' ބުނެފައި ނިންމާލާކަށް ނޫން. އެހެންނެއް ނޫން ވާނީކީ. އަޅުގަނޑުމެން މި ބަލަނީ އެކުގައި ކުރިއަރައި، ވެލިއުއެޑް ކުރަން. އަދި އެކަމުގެ ފުރުޞަތު އެބައޮތް ކަމަށް އަޅުގަނޑު ދެކެން."

އަޙްމަދު އިބްރާހީމް ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ކުރިއަށް އޮތް 10 އަހަރާއި 20 އަހަރު، އަދި އެއަށްވުރެ ދުރަށް ބަލައި، ރާއްޖެއަށް ފައިދާކުރާނެ ގޮތްތަކަށް ވިސްނައިގެން އެކުލަވާލާފައިވާ ދުރު ރާސްތާގެ ވިސްނުމެކެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރަކާއި، ތެޔޮ ރައްކާކުރާ ނިޒާމުތަކާއި، އިންޑަސްޓްރިއަލް ސަރަޙައްދަކާއި، ލޮޖިސްޓިކްސް ޚިދުމަތްތައް އަދި އިޤްތިޞާދީ ޒޯނެއް ހިމެނޭހެން ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީ ޤާއިމުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މުހިންމު ކަނޑުދަތުރުފަތުރުގެ މަގުތަކުގައި ރާއްޖެ އޮތް ސްޓްރެޓީޖިކް ލޮކޭޝަން ފާހަގަކުރައްވަމުން އަޙްމަދު އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ދުނިޔޭގެ ޝިޕިންގ ވިއުގަތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. މީގެއިތުރުން، މި ތަރައްޤީގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް ފަހިވެގެން ދިއުމުގެ އިތުރުން މުޅި ސަރަޙައްދަށްވެސް ދެމެހެއްޓެނިވި އިޤްތިޞާދީ މުސްތަޤްބަލެއް ކަށަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސާހް ގްރޫޕުގެ ބޮޑު އަމާޒަކީ އަންނަން އޮތް ޖީލުތަކަށްވެސް ފައިދާކުރާނެ ފަދަ އުމްރާނީ ވަސީލަތްތަކާއި ފުރުޞަތުތައް ބިނާކުރުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް، ވީ ވަޢުދާއެެއްގޮތަށް މަސައްކަތް ނިންމާނަން: ރައީސް މުޢިއްޒު
17 Nov 2026 ހަބަރު

ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް، ވީ ވަޢުދާއެެއްގޮތަށް މަސައްކަތް ނިންމާނަން: ރައީސް މުޢިއްޒު

މާލޭގެ ރާޅާއެޅުންތެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، މިހާރު ތަރައްޤީކުރަމުންދާ ޤައުމީ ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ނިންމަވައި ޙަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ވަރިވުމަށް ފަހު ވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު އޮންނާނެ ގޮތަށް ގާނޫނަށް އިސްލާހެއް
17 Nov 2026 ހަބަރު

ވަރިވުމަށް ފަހު ވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު އޮންނާނެ ގޮތަށް ގާނޫނަށް އިސްލާހެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓާއި ގޯތި، ކައިވެނި ރޫޅުނު ނަމަވެސް ދެމަފިރިންނަށް ހަމަހަމައަށް ހައްގުވާނެ ގޮތް ހެދުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި
17 Nov 2026 ހަބަރު

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި

މިމަހު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
16 Nov 2026 ހަބަރު

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުން ޤައުމަށް އާމްދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިއީ އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް
16 Nov 2026 ހަބަރު

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިޤްތިޞާދަށް 4 އިންސައްތައިގެ ކުރިއެރުމެއް

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ރެކޯޑުކުރެވުނު މަސްކަން މާލީ ވުޒާރާގެ ރިޕޯޓުން ހާމަވެއެވެ

ވިޔަފާރި މާކްތައް ހިމާޔަތްކުރާ ޓްރޭޑްމާކް ގާނޫނަށް އަމަލުކުރަން ފަށައިފި
14 Nov 2026 ހަބަރު

ވިޔަފާރި މާކްތައް ހިމާޔަތްކުރާ ޓްރޭޑްމާކް ގާނޫނަށް އަމަލުކުރަން ފަށައިފި

ދިވެހިރާއްޖޭގައި ޓްރޭޑްމާކް ރަޖިސްޓަރީކޮށް، މާކްތަކުގެ ވެރިފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ހިމާޔަތްކޮށްދޭ ނިޒާމެއް ގާއިމުކުރުމަށް އެކުލަވައިލި ޓްރޭޑްމާކްގެ ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.

އިލެކްޓްރިކް އުޅަނދުތައް މަރާމާތުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
06 Nov 2026 ހަބަރު

އިލެކްޓްރިކް އުޅަނދުތައް މަރާމާތުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި އިލެކްޓްރިކް އުޅަނދުތަކާއި ޗާޖިންގ ސްޓޭޝަންތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
03 Nov 2026 ހަބަރު

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ