މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީއެސް)ގެ މެންބަރުން -- ފޮޓޯ/ އެމްއެމްބީއެސް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީއެސް)ގެ މެންބަރުން -- ފޮޓޯ/ އެމްއެމްބީއެސް
ހަބަރު 17 Nov 2026 | 13:46

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން މަޤާމެއް ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަލުން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ އިޢުލާނެއްގައިވާގޮތުން މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ޢުމުރުން 30 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހެއެވެ.

އަދި ، ނޫސްވެރިކަން، ބްރޯޑްކާސްޓްކުރުން، ސިޔާސަތު ކަނޑައެޅުން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ، ނުވަތަ މީޑިއާ ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.

މީގެ އިތުރުން، މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރާ ފަރާތަކަށް ނުވުން އަދި ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދޭ ދާއިރާގައި ވިޔަފާރީގެ ޙިއްޞާއެއް އޮތް މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމަށްވެސް ޝަރުތުކޮށްފައިވެއެވެ.

އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް އަދި ޚިޔާނާތާއި ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ.

ޤާނޫނުގައިވާ ގޮތުން މި ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ 5 އަހަރު ދުވަހެވެ. އަދި އެއްވެސް ފަރާތަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް 2 ދައުރަށްވުރެ ގިނަ ދުވަހު މި މަޤާމުގައި ނުދެމިހުރެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިޤްރާރު، ކުށާއި ދަރަނީގެ ރިކޯޑު ފޯމު، އައިޑީކާޑު ކޮޕީ، ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަންޖެހެނީ 26 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި
17 Nov 2026 ހަބަރު

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި އެވެ.

‏އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
17 Nov 2026 ހަބަރު

‏އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ.

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ސިޓިޒަންސް ވޮއިސް ޕޯޓަލް އިފްތިތާޙުކޮށްފި
17 Nov 2026 ހަބަރު

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ސިޓިޒަންސް ވޮއިސް ޕޯޓަލް އިފްތިތާޙުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ޕޯޓަލެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް، ވީ ވަޢުދާއެެއްގޮތަށް މަސައްކަތް ނިންމާނަން: ރައީސް މުޢިއްޒު
17 Nov 2026 ހަބަރު

ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް، ވީ ވަޢުދާއެެއްގޮތަށް މަސައްކަތް ނިންމާނަން: ރައީސް މުޢިއްޒު

މާލޭގެ ރާޅާއެޅުންތެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، މިހާރު ތަރައްޤީކުރަމުންދާ ޤައުމީ ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ނިންމަވައި ޙަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިއައީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އަޅާފައި ނިންމާލާކަށް ނޫން؛ އެކުގައި ކުރިއަރައިދާން: ސާހް ގްރޫޕް
17 Nov 2026 ހަބަރު

މިއައީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އަޅާފައި ނިންމާލާކަށް ނޫން؛ އެކުގައި ކުރިއަރައިދާން: ސާހް ގްރޫޕް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސާހް ގްރޫޕުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް އެޅުމަށްވުރެ މާ ފުޅާ، ދިގުމުއްދަތުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވަރިވުމަށް ފަހު ވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު އޮންނާނެ ގޮތަށް ގާނޫނަށް އިސްލާހެއް
17 Nov 2026 ހަބަރު

ވަރިވުމަށް ފަހު ވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު އޮންނާނެ ގޮތަށް ގާނޫނަށް އިސްލާހެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓާއި ގޯތި، ކައިވެނި ރޫޅުނު ނަމަވެސް ދެމަފިރިންނަށް ހަމަހަމައަށް ހައްގުވާނެ ގޮތް ހެދުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި
17 Nov 2026 ހަބަރު

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން ހައްޔަރުކޮށްފި

މިމަހު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ
16 Nov 2026 ހަބަރު

މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށް ބުނެ، މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.