އަމާން އުދަރެސް ފްލެޓް-
އަމާން އުދަރެސް ފްލެޓް-
ހަބަރު 26 Nov 2026 | 14:51

އަލަށް ގެދޮރު ގަތުމަށް އެހީދޭ "ހެލްޕް-ޓު-ބައި" ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަނީ

ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ދަށުން، އަލަށް ގެދޮރު ގަތުމަށް އެދޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް-ޓު-ބައި" ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަމާއެކު ގެދޮރު މިލްކުކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ "އަލަށް ގެދޮރު ގަތުމަށް އެހީ ދޭ (ހެލްޕް-ޓު-ބައި) ސްކީމުގެ އުސޫލު" ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ސްކީމުގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 29 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންން ކަމަށެވެ. އަދި މި ސްކީމަށް އެދި ހުށަހަޅަންޖެހޭނީ ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށް ކަމަށެވއެ.

ގެދޮރުވެރިކަމުގެ މި ސްކީމުގެ ދަށުން، ޝަރުތު ހަމަވާ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކެޓަގަރީތަކާ ގުޅޭ ތަފުސީލުތައް، ގެޒެޓުކުރެވިފައިވާ އުސޫލުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ސްކީމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ އެންމެހައި އިތުރު ތަފުސީލުތައް އެޕްލިކޭޝަނަށް ހުޅުވާލުމަށް ނެރޭ ރަސްމީ އިޢުލާނުގައި ބަޔާންކުރެވިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއެންޔޫއިން ޕްރައިމް ކެއާ އިންވެސްޓްމަންޓް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
26 Nov 2026 ހަބަރު

އެމްއެންޔޫއިން ޕްރައިމް ކެއާ އިންވެސްޓްމަންޓް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ތަޢުލީމީ އަދި ފަންނީ ދާއިރާއިން ދެ މުއައްސަސާ ގުޅިގެން މަސައްކަތްކޮށް، ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް ބޭނުންވާ ތަޖުރިބާ އާއި ފުރުސަތުތައް ފަހިކޮށްދިނުމެވެ.

އަތޮޅުތެރޭގައި ދުއްވާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ޚާއްޞަ ލުއިތަކެއް ދީފި
26 Nov 2026 ހަބަރު

އަތޮޅުތެރޭގައި ދުއްވާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ޚާއްޞަ ލުއިތަކެއް ދީފި

ރާއްޖޭގެ އެކި އަތޮޅުތަކުގައި ރަޖިސްޓަރީ ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ދުއްވަމުންދާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ހަމަޖައްސައިދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ވީއައިއޭގައި ބޭއްވި ފަރިތަކުރުންތަކެއްގެ މަންޒަރު: އެމްއޭސީއެލް
26 Nov 2026 ހަބަރު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ވީއައިއޭގައި ބޭއްވި ފަރިތަކުރުންތަކެއްގެ މަންޒަރު: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނި ގޮތުގައި، އެ ވީޑިއޯއިން ފެންނަނީ ރޭ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެކެވެ. މިއީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދިޔަ ތަމްރީނު ހަރަކާތެއްގެ ބައެކެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި
26 Nov 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ގޭބަންދަށް ބަދަލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ދީނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން، ޖަލުގައި ބަހައްޓައިގެން އެކަށީގެންވާ ސިއްހީ ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ. އޭނާ ގޭބަންދަށް މި ބަދަލުކުރީ ކްރިމިނަލް ކޯޓުން ހުކުމް އިއްވިތާ މަހެއްހާ ދުވަސް ނުވަނީހެވެ.

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް؛ ބަލައިދިނުމަށް ކައުންސިލުން އެދިއްޖެ
26 Nov 2026 ހަބަރު

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލައެއް؛ ބަލައިދިނުމަށް ކައުންސިލުން އެދިއްޖެ

މި މައްސަލައާ ގުޅިގެން ވ. ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ރަށުގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި މި ހިނގާ ނޮވެމްބަރު މަހުގެ 23 ވީ އާދީއްތަ ދުވަހު، ދެ އަންހެނުންގެ މެދުގައި އެއްޖިންސުން ކައިވެނިކޮށްދިނުމުގެ ހަފުލާއެއް ބާއްވައި، ކައިވެނި ކޮށްދީފައިވާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026 ނިންމާލައިފި
26 Nov 2026 ހަބަރު

ވީއައިއޭގައި ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒް 2026 ނިންމާލައިފި

އެމްއޭސީއެލުން އެމްއެންޑީއެފާ ގުޅިގެން ނޫވިލު ސީޕްލޭން ޓާމިނަލުގައި ސަލާމަތީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރުމުގެ ތަމްރީނެއް ކާމިޔާބުކަމާ އެކު ނިންމައިފިއެވެ.

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ
26 Nov 2026 ހަބަރު

ވަރަ އެކްސްޕޯ 2026 ގައި ސައޫދީ އެމްބަސީން ބައިވެރިވެއްޖެ؛ ސަޢުދީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ

މިއަދު ފަށާ "ވަރަ އެކްސްޕޯގައި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ބައިވެރިވާން ނިންމައިފިއެވެ. މި އެކްސްޕޯގައި ސައޫދީ އެމްބަސީން ބައިވެރިވަނީ އެ ޤައުމުގެ ތަޢުލީމީ ފުރުޞަތުތަކާއި، އެކަޑަމިކް ދާއިރާގެ ކުރިއެރުންތަކުގެ އިތުރުން "ސައޫދީ ވިޝަން 2030" ގެ ދަށުން ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ބޭނުމުގައެވެ.

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ
26 Nov 2026 ހަބަރު

އުންމީދަކީ ވޯޓާ ތީމް ޕާކް މަޝްރޫއު ނިމިގެންދާއިރު 500 ވަޒީފާ އުފެއްދުން: އެމްޑީ

ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކާއި ހޮޓެލްގެ މަޝްރޫއު ނިމިގެންދާއިރު މުޅިން އަލަށް 500 ވަޒީފާ އުފެދިގެންދާނެ ކަމަށާއި، އޭގެ ތެރެއިން 85 އިންސައްތަ ވަޒީފާ ދިވެހިންނަށް ހާއްސަކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.