ހިތްހަމަޖެހުމާއެކު ދަތުރުކޮށްލުމަށް އެލައިޑް "ޓްރެވަލް ތަކާފުލް": ކޮންމެ ދަތުރެއްގެ ވެސް އެންމެ އިތުބާރު ހިފޭ ބައިވެރިޔާ
ޗުއްޓީއެއް ހޭދަކޮށްލަން ނުވަތަ ވިޔަފާރި ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރާއިރު، ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ރޭވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތެވެ. ނަމަވެސް، ދަތުރުމަތީގައި ދިމާވާ ކުއްލި ސިއްހީ މައްސަލަތަކާއި، ފްލައިޓް ލަސްވުން، ނުވަތަ ލަގެޖާއި ޕާސްޕޯޓް ގެއްލުން ފަދަ ހީނުކުރާ ކަންކަމަކީ ދަތުރުގެ އުފާވެރިކަން ގެއްލުވާލައި، ބޮޑެތި ޚަރަދުތަކެއް ކުރާންޖެހިދާނެ ކަންކަމެވެ. މިފަދަ ހާލަތްތަކުން އެމީހަކާއި އާއިލާ ރައްކާތެރިކޮށްދީ، ހިތްހަމަޖެހުމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދެނީ އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ އެލައިޑް ތަކާފުލްގެ "ޓްރެވަލް ތަކާފުލް" އިންނެވެ.
ޓްރެވަލް ތަކާފުލް ފަރުމާކުރެވިފައިވަނީ ޖީބަށް ލުއި އަގުތަކެއްގައި، ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ކަންކަމަށް މާލީ ރައްކާތެރިކަން ލިބޭނެހެންނެވެ. މިއީ ދަތުރުވެރިންގެ ސިއްހަތާއި ރައްކާތެރިކަމަށް އިސްކަންދީ، ހާސްކަމެއް ނެތި ދަތުރުގެ އުފާ ހޯދުމަށް މަގުފަހިކޮށްދޭ ޕްލޭނެކެވެ.
ލިބިގެންދާ ރައްކާތެރިކަން
ކުއްލި ސިއްހީ ފަރުވާ: ދަތުރުމަތީގައި ދިމާވާ ކުއްލި ބަލިމަޑުކަމާއި އެކްސިޑެންޓްތަކުގެ ޚަރަދުތަކުގެ އިތުރުން ކުއްލި ދަތުގެ ފަރުވާއަށް ވެސް ކަވަރޭޖް ލިބެއެވެ.
ދަތުރުފަތުރާއި ލިޔެކިޔުންތައް: ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ގެއްލުން، އަދި ލަގެޖް ގެއްލުމާއި ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މާލީ ބަދަލު ލިބޭނެއެވެ.
ދަތުރަށް އަންނަ ބަދަލުތައް: ފްލައިޓް ޑިލޭވުން، ދަތުރު ކެންސަލްކުރަން ޖެހުން، އަދި ކަނެކްޝަން މިސްވުން ފަދަ ކަންކަމުގައި ބަދަލު ލިބިދެއެވެ.
ޚިޔާރުކުރެވޭ ޕްލޭންތައް
ދަތުރުކުރާ ސަރަހައްދަށް ބަލައި ތިން ގިންތި ޚިޔާރުކުރުމުގެ ފުރުސަތު އޮވެއެވެ:
ޕްރިމިއަރ : ދުނިޔޭގެ ހުރިހާ ޤައުމަކަށް ދަތުރުކުރުމަށް ޙާއްސަ
އެލީޓް: އެމެރިކާ އަދި ކެނެޑާ ފިޔަވައި ދުނިޔޭގެ އެހެން ގައުމުތަކަށް ޙާއްސަ
ކޮންޓިނެންޓަލް: އޭޝިއާ ބައްރުގެ ގައުމުތަކަށް ޙާއްސަ
ކަވަރޭޖް ދެމިއޮންނަ މުއްދަތު: ދަތުރު ކެންސަލްވުމުގެ ކަވަރޭޖް ފެށޭނީ ބުކިން ހައްދާ ވަގުތުން ފެށިގެންނެވެ. އެހެނިހެން ހުރިހާ ކަވަރޭޖެއް ފެށޭނީ ދަތުރު ފެށުމަށް ގެއިން ނިކުންނަ ވަގުތުން ފެށިގެން އެނބުރި ރާއްޖެ އައިސް ގެއަށް ވަނުމާ ހަމައަށެވެ. މަޤުބޫލު ސަބަބަކާހުރެ އެނބުރި އައުން ލަސްވެއްޖެނަމަ އެއްވެސް އިތުރު އަގަކާ ނުލައި 30 ދުވަހަށް ކަވަރޭޖް ދިގުދައްމައިދެވޭނެއެވެ.
ބައިވެރިވެވޭ ފަރާތްތައް: މި ތަކާފުލް ޙާއްސަކުރެވިފައިވަނީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ސައްޙަ ވިސާއެއްގައި އުޅޭ ބިދޭސީން ރާއްޖެއިން ފުރައިގެން އަލުން ރާއްޖެ އަންނަ ގޮތަށް ކުރާ ދަތުރުތަކަށެވެ.
ދަތުރުގެ ބާވަތް: ޗުއްޓީ ދަތުރުތަކުގެ އިތުރުން، ކަނޑައެޅިފައިވާ ކޮންޓްރިބިއުޝަން ދައްކައިގެން ނަގާ ވިޔަފާރި ދަތުރުތައް ވެސް ކަވަރުކުރެއެވެ.
ބަދަލުކުރުމާއި ރީފަންޑް: މި ތަކާފުލް ޕްލޭނަކީ އެހެން މީހެއްގެ ނަމަށް ބަދަލުކުރެވޭނެ ނުވަތަ ފައިސާ އަނބުރާ ލިބޭނެ ޕެލޭނެއް ނޫނެވެ.
ދަތުރުމަތީގައި ކުއްލި ސިއްހީ ހާލަތެއް ނުވަތަ އެކްސިޑެންޓެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެލައިޑް ތަކާފުލްގެ އެމަޖެންސީ އެސިސްޓެންސް ޕާޓްނަރަށް ގުޅުއްވައި އެހީތެރިކަން ހޯއްދެވޭނެއެވެ.
24 ގަޑިއިރު ހިދުމަތްދޭ އިމަޖެންސީ މެޑިކަލް އެސިސްޓެންސް
ފޯން: +91-80-6966-4402
އީމެއިލް: [email protected]
އަދި އެންމެ އަވަސް ފުރުސަތެއްގައި އެލައިޑްގެ ކަސްޓަމަރ ސާވިސް ސެންޓަރަށް އަންގަވައި ކްލެއިމްގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.
ދަތުރު ފެށުމުގެ ކުރިން، ވަރަށް ފަސޭހަކަމާއެކު މައި އެލައިޑް ޕޯޓަލް ނުވަތަ އެލައިޑް މޯބައިލް އެޕް މެދުވެރިކޮށް މިހާރު ޓްރެވަލް ތަކާފުލް ނަންގަވާލެއްވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް