އެލައިޑް އިންޝުއަރެންސްއަށް ލިބުނު ކާމިޔާބީތައް
އެލައިޑް އިންޝުއަރެންސްއަށް ލިބުނު ކާމިޔާބީތައް
ވިޔަފާރި 26 Oct 2026 | 10:16

11 ވަނަ އައިއެފްއެފްއެސްއޭ އެވޯޑްސްގައި އެލައިޑް އިންޝުއަރެންސްއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެ

11 ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ) އެވޯޑްސް 2026 ގައި އެލައިޑް އިންޝުއަރެންސްއިން ދެ އެވޯޑެއް ކާމިޔާބުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި އެލައިޑްގެ އިސްލާމިކް ވިންޑޯ ކަމަށްވާ "އެލައިޑް ތަކާފުލް" އަށް "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިއަރ" އެވޯޑް ލިބިފައިވާއިރު، "ކަމަނާ ތަކާފުލް" އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިއަރ" އެވޯޑް ލިބިފައެވެ.

މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުނީ 2026 އޮކްޓޫބަރު 20 ވީ އަންގާރަ ދުވަހު، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރީ-ލާ ހޯޓަލުގައެވެ. "ބިލްޑިންގ ލެގަސީސް" މި ޝިއާރުގެ ދަށުން ޔޫޓީއޯ އެޑިއުކޮންސަލްޓުން އިންތިޒާމުކުރި މި ހަފްލާގައި ސަރަހައްދީ މާލީ އިދާރާތަކާއި، ދާއިރާގެ ފަންނީ ބޭފުޅުންނާއި މުހިންމު ހިއްސާދާރުން ބައިވެރިވެ، ދެކުނު އޭޝިއާގެ އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދާއިރާއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކޮށްފައިވެއެވެ.

މި އެވޯޑުތަކަކީ އެލައިޑްގެ މެނޭޖްމަންޓުން 2025 ވަނަ އަހަރުގެ ތެރޭގައި އެކުންފުނީގެ ތަކާފުލް ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ނަތީޖާއެކެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ނިންމުމަކީ އާންމު ލައިފް އިންޝުއަރެންސް ވިއްކުން ހުއްޓާލައި، އޭގެ ބަދަލުގައި ދިރިއުޅުމުގެ ރައްކާތެރިކަމަށްޓަކައި "ފެމިލީ ތަކާފުލް" ތައާރަފުކުރުމެވެ.

މީގެ އިތުރުން، އެލައިޑްގެ ޑިޖިޓަލް ވަސީލަތްތަކުން ތަކާފުލްގެ ހިދުމަތްތަކަށް ދެވޭ ސަމާލުކަން އިތުރުކުރުމުގެ ގޮތުން، އެލައިޑް އެޕް މެދުވެރިކޮށް އާ ކަސްޓަމަރުންނަށް އާންމު އިންޝުއަރެންސް އޮޕްޝަންތައް އުނިކޮށް، އެ ފަރާތްތަކަށް ހަމައެކަނި ތަކާފުލްގެ ހިދުމަތްތައް ފެންނާނެހެން ވަނީ ބަދަލުުގެނެސްފައެވެ.

މިފަދަ އިސްނެގުންތަކާއި، މާކެޓިންގ ހަރަކާތްތަކާއި، ކަސްޓަމަރުން ހޭލުންތެރިކުރުމާއި، ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ހިންގުނު އިޖުތިމާއީ ހަރަކާތްތަކުގެ ސަބަބުން 2024 އިން 2025 އަށް ތަކާފުލްއިން ލިބުނު އާމްދަނީ ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެލައިޑް ތަކާފުލް އަދި ކަމަނާ ތަކާފުލް އަށް ލިބުނު މި ބައިނަލްއަގުވާމީ ކާމިޔާބީން ރަމްޒުކޮށްދެނީ ތަކާފުލްގެ ހިދުމަތްތައް ފުޅާކުރުމަށާއި، އާންމުން ހޭލުންތެރިކުރުމަށާއި، ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުމަށް އެލައިޑުން ދެމުންދާ އިސްކަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
10 Sep 2026 ވިޔަފާރި

އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައި...

ދަރަނީގެ ބުރައިން އާއިލާ ރައްކާތެރިކުރުމަށް އެލައިޑްގެ ޑެޓް ޕްރޮޓެކްޝަން ތަކާފުލް
08 Sep 2026 ހަބަރު

ދަރަނީގެ ބުރައިން އާއިލާ ރައްކާތެރިކުރުމަށް އެލައިޑްގެ ޑެޓް ޕްރޮޓެކްޝަން ތަކާފުލް

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަކީ އިންސާނާގެ ބާރު ފޯރުވޭނެ ކަންކަމެއް ނޫނެވެ. ގެދޮރު އެޅުމަށާއި، ވިޔަފާރި ފުޅާކުރުމަށް ނުވަތަ އެހެނިހެން ބޭނުންތަކަށް ބޭންކުތަކުންނާއި މާލީ އިދާރާތަކުން ނަގާ ބޮޑެތި ...

އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ
18 Aug 2026 ހަބަރު

އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ

އެލައިޑް އިންޝުއަރެންސުން މިއަދު ގްރޭންޑް ޕާކްސައިޑުގައި ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) 2026 ގައި ރަސްމީ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ ޕެނެލް ސެޝަންތަކުގައި ހ...

އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މެންބަރުންނަށް ޚާއްޞަ ފައިދާތައް ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
08 Jul 2026 ވިޔަފާރި

އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މެންބަރުންނަށް ޚާއްޞަ ފައިދާތައް ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯ...

"ބައިލައްކަ ބޭނުން؟" ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!
07 Jul 2026 ހަބަރު

"ބައިލައްކަ ބޭނުން؟" ވަރލްޑްކަޕް ފައިނަލިސްޓުން ދިމާކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!

ފީފާ ވޯލްޑް ކަޕްގެ ފޯރި ގަދަވަމުންދާއިރު، "ބައިލައްކަ ބޭނުން؟" ކެމްޕޭނުގެ ދަށުން ޚާއްސަ ގިވްއަވޭއެއްގައި ބައިވެރިވެގެން 50،000 ރުފިޔާ ހޯދުމުގެ ރަނުގެ ފުރުސަތެއް އެލައިޑުން މިވަނީ ހުޅުވާލާފައެވެ. ބައިލ...

އެލައިޑް މެރިން ހަލް އިންޝުއަރެންސް؛ ކަނޑު އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަން
05 Jul 2026 ވިޔަފާރި

އެލައިޑް މެރިން ހަލް އިންޝުއަރެންސް؛ ކަނޑު އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަން

ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު، ދަތުރުފަތުރާއި އިގްތިސާދީ ގިނަ މަސައްކަތްތަކެއް ކަނޑުމަތީގައި ކުރާ ގައުމަކަށް ވުމުން، ކަނޑު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަކީ ކޮންމެ އު...