އެލައިޑްގެ މޮޓޯ ތަކާފުލް؛ އުޅަނދާއި ފުރާނައަށް ރައްކާތެރިކަން
މަގުމަތީގައި ދުއްވާ ކޮންމެ ވަގުތަކީ ވެސް ހީނުކުރާ ފަދަ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ވަގުތެކެވެ. ތިމާ ކިތަންމެ ސަމާލުވެ ރައްކާތެރިކަމާއެކު ދުއްވި ނަމަވެސް، އެހެން ފަރާތެއްގެ އިހުމާލުން ނުވަތަ ކުއްލި ހާލަތެއް މެދުވެރިވެގެން ވެސް އެކްސިޑެންޓެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ "އެލައިޑް ތަކާފުލް" މެދުވެރިކޮށް ފޯރުކޮށްދޭ "މޮޓޯ ތަކާފުލް" ޕްލޭންތަކަކީ، ޝަރީޢާގެ ހަމަތަކާ އެއްގޮތަށް ތިބާއާއި ތިބާގެ އުޅަނދަށް މަގުމަތީގައި ދިމާވެދާނެ ގެއްލުންތަކަށް މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭންތަކެކެވެ.
މި ޕްލޭންތަކުގެ ސަބަބުން ތިމާގެ އުޅަނދަށް ލިބޭ ގެއްލުމުގެ އިތުރުން، އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަކަށް ލިބިދާނެ މާލީ ގެއްލުންތަކަށް ވެސް ބަދަލު ލިބިގެންދެއެވެ. މޮޓޯ ތަކާފުލް ޕްލޭން ތަކުގެ ތެރޭގައި:
- ތާރޑް ޕާޓީ މޮޓޯ ތަކާފުލް
މި ޕްލޭނަކީ ހަމައެކަނި ތިންވަނަ ފަރާތަށް ލިބޭ މާލީ ގެއްލުންތައް ފޫބައްދައިދޭ ޕްލޭނެކެވެ. މީގެ ދަށުން ތިންވަނަ ފަރާތެއްގެ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލުގައި -/40,000 (ސާޅީސް ހާސް) ރުފިޔާއާ ހަމައަށް، އަދި ތިންވަނަ ފަރާތަކަށް ލިބޭ ޖިސްމާނީ އަނިޔާއަކަށް ނުވަތަ ފުރާނައަށް ލިބޭ ގެއްލުމުގެ ބަދަލުގައި -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމައަށް ބަދަލު ލިބިގެންދެއެވެ. ނަމަވެސް، މި ޕްލޭންގެ ދަށުން އަމިއްލަ އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ބަދަލު ނުލިބޭނެއެވެ.
ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް (ވެހިކަލް ވަގަށް ނެގުމުން ލިބޭ މާލީ ގެއްލުމުގެ ރައްކާތެރިކަން ނުހިމެނޭ ގޮތަށް)
މި ޕްލޭންގެ ދަށުން ތިންވަނަ ފަރާތަށް ލިބޭ ގެއްލުންތަކުގެ އިތުރުން، އަމިއްލަ އުޅަނދަށް ލިބޭ ގެއްލުންތަކަށް ވެސް އެ އުޅަނދެއްގެ އަގާ ހަމައަށް ބަދަލު ލިބިދެއެވެ. އަދި ހަމައެހެންމެ، އުޅަނދު ދުއްވަން އިން މީހާއަށް ލިބޭ ޖިސްމާނީ އަނިޔާތަކާއި ދާއިމީ ނުކުޅެދުންތެރިކަމުގެ ބަދަލެއްގެ ގޮތުގައި -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމައަށް މާލީ ރައްކާތެރިކަން ލިބިގެންދެއެވެ.
ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް (ވެހިކަލް ވަގަށް ނެގުމުން ލިބޭ މާލީ ގެއްލުމުގެ ރައްކާތެރިކަން ވެސް ހިމެނޭ ގޮތަށް):
މި ޕްލޭންގެ ދަށުން، ކުރިން ބަޔާންކުރެވުނު ދެ ޕްލޭނުން ލިބިދޭ އެންމެހައި ފައިދާތަކުގެ އިތުރުން، އުޅަނދު ވަގަށް ނެގުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވެސް މާލީ ބަދަލު ލިބިގެންދެއެވެ.
ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި ކްލެއިމް ހުށަހަޅާނީ ކިހިނެއް؟
އެކްސިޑެންޓެއް ނުވަތަ ގެއްލުމެއް ލިބިއްޖެ ނަމަ، ލަސްނުކޮށް ވީ އެންމެ އަވަހަކަށް އެކަން ތަކާފުލް އޮޕަރޭޓަރަށް އެންގުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، އެލައިޑްގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުއްވައިގެންނާއި، [email protected] އަށް އީމެއިލް ކުރައްވައިގެން، ނުވަތަ "މައި އެލައިޑް" (MyAllied) ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ރިޕޯޓް ކުރެއްވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް