N/A
N/A
ހަބަރު 08 Sep 2026 | 03:24

ދަރަނީގެ ބުރައިން އާއިލާ ރައްކާތެރިކުރުމަށް އެލައިޑްގެ ޑެޓް ޕްރޮޓެކްޝަން ތަކާފުލް

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަކީ އިންސާނާގެ ބާރު ފޯރުވޭނެ ކަންކަމެއް ނޫނެވެ. ގެދޮރު އެޅުމަށާއި، ވިޔަފާރި ފުޅާކުރުމަށް ނުވަތަ އެހެނިހެން ބޭނުންތަކަށް ބޭންކުތަކުންނާއި މާލީ އިދާރާތަކުން ނަގާ ބޮޑެތި ފައިނޭންސިންގ ފެސިލިޓީތަކާއި ދަރަނިތަކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމެވެ.

ނަމަވެސް، ވިސްނާލަންވީ މުހިންމު ނުކުތާއަކީ، ދަރަނި ނަގާފައިވާ މީހާ ކުއްލި ގޮތަކަށް މި ދުނިޔެ ދޫކޮށްފިނަމަ، އެ ދަރަނީގެ ބުރަ އުފުލަން ޖެހޭނީ ކާކުތޯއެވެ؟ ޔަގީނުންވެސް އެ ހިތާމަވެރި ހާލަތުގައި އެ ދަރަނި އަދާކުރުމުގެ ބުރަ އަންނާނީ އެމީހެއްގެ ލޯބިވާ އާއިލާއަށެވެ. އެފަދަ ހާލަތެއްގައި ރަހުނުކޮށްފައިވާ ގެދޮރު ނުވަތަ މުދާ ވިއްކާލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިފަދަ ހިތްދަތި ހާލަތްތަކުން އާއިލާ ރައްކާތެރިކޮށްދީ، ހިތްހަމަޖެހުމާއި އަމާންކަން ހޯދައިދިނުމަށް އެލައިޑް ތަކާފުލް އިން ވަނީ "ޑެޓް ޕްރޮޓެކްޝަން ތަކާފުލް" ޕްލޭން ތައާރަފުކޮށްފައެވެ. މިއީ އިސްލާމީ ޝަރީޢާގެ ހަމަތަކުގެ މަތިން، ދަރަނި ނަގާ ފަރާތް ކުއްލި ހާދިސާއެއްގައި ނިޔާވެއްޖެ ހާލަތެއްގައި، ދައްކަންޖެހޭ ބާކީ ދަރަނި ޚަލާޞްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚާއްޞަ ޕްލޭނެކެވެ.

މި ޕްލޭނުގެ މައިގަނޑު ފައިދާ

މި ޕްލޭންގެ ދަށުން، ތަކާފުލް ސެޓްފިކެޓް ނަންގަވާފައި ފަރާތް ހީވެސްނުކުރާފަދަ ކުއްލިހާދިސާއެއްގައި ނިޔާވެއްޖެނަމަ، ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ މިންވަރަށް ބާކީ ހުރިދަރަނި އެލައިޑް ތަކާފުލް މެދުވެރިކޮށް މާލީ އިދާރާއަށް (ބޭންކަށް) ދައްކައިޚަލާޞްކޮށްދޭނެއެވެ. މީގެ ސަބަބުން މަރުޙޫމުގެ އާއިލާއަށް ދަރަނީގެ އެއްވެސް ބުރައެއް އުފުލަން ނުޖެހި، ރަހުނު ސަލާމަތްވެގެންދާނެއެވެ.

މި ޕްލޭން މަސައްކަތްކުރާ ގޮތް

ޕްލޭން ނެގުމަށް ކޮންޓްރިބިއުޝަން ދެއްކުމުން ދަރަނި ނަގާ ފަރާތަށް މި ޕްލޭންގައި ބައިވެރިވެވޭނެއެވެ.

ކޮންޓްރިބިއުޝަން: އެއްފަހަރާ ނުވަތަ ކަނޑައެޅޭ ވަކި މުއްދަތުތަކަކަށް ބަހާލައިގެން ދެއްކިދާނެއެވެ.

ކަވަރޭޖް އަދަދު ކުޑަވަމުން ދިޔުން: ކޮންމެ އަހަރަކުވެސް ދަރަނި އަނބުރާ ދައްކަމުންދާ ވަރަކަށް، މި ޕްލޭންގެ ކަވަރޭޖް އަދަދު ދާނީ ދަށްވަމުންނެވެ. އެއީ އެ ވަގުތަކު މާލީ އިދާރާއަށް ދައްކަން އޮންނަ ބާކީ ދަރަންޏާއި އެއްވަރުގެ އަދަދެކެވެ. ދަރަނީގެ މުއްދަތު ހަމަވާއިރު ކަވަރޭޖް އަދަދު ވާނީ 'ސުމަކަށެވެ.'

ހިތާމަވެރި ހާދިސާއެއް ދިމާވުން: މި ޕުލޭންގައި ބައިވެރިވި ފަރާތް ކުއްލި ގޮތަކަށް ނިޔާވެއްޖެ ހާލަތެއްގައި، ސެޓްފިކެޓުގައިވާ ގޮތުގެ މަތިން ބާކީ ދަރަނި އެލައިޑް ތަކާފުލްއިން ސީދާ މާލީ އިދާރާއަށް ދައްކައި ނިންމައިދޭނެއެވެ.

މިސާލެއް:

އުމުރުން 30 އަހަރުގެ މުޙައްމަދު، އޭނާގެ ގެ ރަހުނުކޮށް ބޭންކަކުން 300،000 ރުފިޔާގެއިސްލާމިކް ފައިނޭންސިންގ ފެސިލިޓީއެއް ނެގިއެވެ. އަދި މި ދަރަނީގެ ރައްކާތެރިކަމަށްޓަކައި އެ އަދަދަށް އެލައިޑް ތަކާފުލްގެ "ޑެޓް ޕްރޮޓެކްޝަން" ޕްލޭނެއް ނެގިއެވެ. މުޙައްމަދު ގަވާއިދުން މަހުން މަހަށް ބޭންކަށް ދަރަނި އަދާކުރަމުން ދިޔައެވެ.

ނަމަވެސް، އުމުރުން 35 އަހަރުގައި ހިތާމަވެރި ހާދިސާއެއްގައި މުޙައްމަދު ނިޔާވިއެވެ. އެ ހާލަތުގައި، އޭރު ބޭންކަށް ދައްކަން އޮތް ބާކީ ދަރަނި އެލައިޑް ތަކާފުލް މެދުވެރިކޮށް ބޭންކަށް ދައްކައި އެއްކޮށް ޚަލާޞްކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން، ބޭންކުން ރަހުނު ދޫކޮށްލައި، އެ ގެދޮރު މުޙައްމަދުގެ އާއިލާއަށް ލިބި، އެއްވެސް ދަރަންޏެއްގެ ބުރައެއް އާއިލާއަށް އުފުލާކަށް ނުޖެހުނެވެ. ބޭނުންވާ ލިޔެކިޔުންތައް

މި ޕްލޭންގައި ބައިވެރިވުމަށް ބޭނުންވަނީ:

ދަރަނި ނަގާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ބޭންކް ނުވަތަ މާލީ އިދާރާއިން ދޫކޮށްފައިވާ ސެންކްޝަން ލެޓަރ (ފެސިލިޓީ އެޕްރޫވަލް ލިޔުން)

ކޮންޓްރިބިއުޝަންގެ ފުރިހަމަ ފައިސާ

މެޑިކަލް ރިޕޯޓް (ހަމައެކަނި ބޭނުންވާ ހާލަތްތަކުގައި)

މާދަމާ ވާނެ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް އާއިލާގެ މުސްތަގުބަލު އަމާންކޮށް، ދަރަނީގެ ނުރައްކަލުން އާއިލާ ސަލާމަތްކުރުމަކީ މިއަދު އެޅިދާނެ ހަރުދަނާ ފިޔަވަޅެކެވެ. އެލައިޑް ތަކާފުލްގެ "ޑެޓް ޕްރޮޓެކްޝަން" ޕްލޭނަކީ ކޮންމެ ދަރަނިވެރިއަކަށްވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

އިތުރު މައުލޫމާތު ހޯދުމަށާއި މި ޕްލޭންގައި ނެގުމަށް މިއަދުވެސް އެލައިޑް ތަކާފުލްއަށް ގުޅާލާށެވެ.

ނޯޓް: ޑެޓް ޕްރޮޓަކްޝަން ތަކާފުލްއަކީ ހަމައެކަނި އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނަގާފައިވާ ދަރަނިތައް ކަވަރުކޮށްދޭ ޕްލޭނެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
03 Nov 2026 ހަބަރު

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން
03 Nov 2026 ހަބަރު

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށެހެޅޭނޭކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އަދި އައްޑޫ ސިޓީން މިއަދު ހެނދުނު 08:30 އިން ފެށިގެން 17:00 އާ ހަމަޔަށް ކިއުބީ މެދުވެރިކޮށް ނަމްބަރު ދޫކުރަމުންދާނޭކަމަށެވެ. ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުން ނަމްބަރު ދޫކުރަމުންދާނީ ހަވީރު ހަތަރެއް ޖެހުމާ ހަމައަށްކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު
03 Nov 2026 ހަބަރު

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ
03 Nov 2026 ހަބަރު

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ

މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓްގައި ވަނީ ހިމަނާފަ އެވެ.

ސިފައިންގެ ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް
03 Nov 2026 ހަބަރު

ސިފައިންގެ ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް

ރައީސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސްގެ ޗެއާއަކަށް ޑރ. އަޒީ، ބޯޑް އެކުލަވާލައިފި
03 Nov 2026 ހަބަރު

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސްގެ ޗެއާއަކަށް ޑރ. އަޒީ، ބޯޑް އެކުލަވާލައިފި

"މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވަރނިންގ ބޯޑު" އެކުލެވިގެންވާ ގޮތާއި، މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން ވެސް ވަނީ ކަނޑައަޅުއްވާފަ އެވެ.

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
02 Nov 2026 ހަބަރު

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި، މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެ އެވެ.