އެންމެ ޚިދުމަތް ރަނގަޅު ފަސް އުމްރާ ގުރޫޕުގެ ތެރޭގައި ކުރިކީލަ ހައްޖު އެންޑް އުމްރާ ގްރޫޕް
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ރަނގަޅު ޚިދުމަތެއް ދިން ފަސް ކުންފުނި ކަނޑައަޅައި، އެ ކުންފުނިތަކުގެ އަގުވަޒަންކޮށް މިއަދު އެވޯޑް ދީފިއެވެ. މި އެވޯޑު ކާމިޔާބުކުރި ކުންފުނިތަކުގެ ތެރޭގައި ކުރިކީލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕް ވަނީ ހިމެނިފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން، ޚިދުމަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ދިން "ޚިދުމަތުގެ ގޮތުން އެންމެ ފާހަގަކުރެވޭ ޢުމްރާ ކުންފުނި 2026" ގެ އެވޯޑު ލިބުނު ފަސް ކުންފުންޏަކީ:
ކުރިކީލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕު
މިސްކިޔާ ޢުމްރާ ގުރޫޕު
އަލް ބުރޫޖް ޢުމްރާ ގުރޫޕު
މީޤާތު ޙައްޖު އެންޑް ޢުމްރާ ގުރޫޕު
އީމާން ޙައްޖު އެންޑް ޢުމްރާ ގުރޫޕު
މި ކުންފުނިތަކަށް އެވޯޑް ޙަވާލުކުރުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފެށި ތިންވަނަ ޙައްޖު ޢުމްރާ ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މި އެވޯޑުތައް ކުންފުނިތަކާ ޙަވާލުކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި އެވޯޑުތަކަށް ކުންފުނިތައް ހޮވާފައިވަނީ ޚިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކުގެ އިތުރުން، އެ ގުރޫޕުތަކުން ފޯރުކޮށްދިން މައުލޫމާތާއި، އަދި އެ ގުރޫޕުތަކުގެ ޙަވާލުގައި ޢުމްރާގެ އަޅުކަން އަދާކުރި ޢާންމު ރައްޔިތުންގެ ފަރާތުން އެއްކުރި ޚިޔާލާއި ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ވަރަށް ފުރިހަމައަށް ވަޒަންކުރުމަށް ފަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް