އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު؛ ފޮޓޯ / ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން
އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު؛ ފޮޓޯ / ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން
ދުނިޔެ 26 Nov 2026 | 18:57

އިންޑިއާ ކަނޑުގެ ސަރަހައްދަކީ ގައުމުތައް ވަކިކޮށްދޭ ސަރަހައްދަކަށް ވެގެން ނުވާނެ: އަޖިތު ޑޮވާލް

އިންޑިއާ ކަނޑުގެ ސަރަހައްދަކީ ގައުމުތައް ވަކިކޮށްދޭ ސަރަހައްދަކަށް ވެގެން ނުވާނެ ކަމަށް އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ އަޖިތު ޑޮވާލް ވިދާޅުވެއްޖެއެވެ.

މިހާރު ހިނގަމުންދާ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ ބައްދަލަވުމުގައި ވާހަކަދައްކަވަމުން އަޖިތު ޑޮވާލް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދަކީ ގައުމުތައް ވަކިކޮށްދޭ ސަރަހައްދަކަށް ވެގެން ނުވާނެ ކަމަށާއި، އިންޑިއާ ކަނޑަކީ ގައުމުތައް ގުޅުވައިދޭ ވަސީލަތަކަށް ވާންޖެހޭނެ ކަމަށެވެ. މި ބައްދަލުވުމަކީ ރާއްޖެ ހިމެނޭހެން ސަރަހައްދީ ގައުމުތަކުގެ މެދުގައި ސަލާމަތީ ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ދިފާއީ އަދި ހާރިޖީ ދާއިރާގެ އެއްބަސްވުންތަކެއް ވަނީ އެކުލަވާލައިފައެވެ. ޕާކިސްތާނާ ޗައިނާއިން ރާއްޖެއާ ގުޅުން ބަދަހިކުރަމުންދާ ދިއުމަށް އިންޑިއާގެ މީޑިއާތަކުގެ ސަމާލު ވަނީ ލިބިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ޑޮވާލް ވަނީ، ރާއްޖޭގެ ދިފާއީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމަކީ ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅަށްފަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޭއްވުނު ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

ޑޮވާލްގެ މި ވާހަކައަކީ ސަރަހައްދީ ހަމަޖެހުމަށްޓަކައި އިންޑިއާގެ ނުފޫޒާއި ބައިވެރިވުން ކުޑަވިޔަ ނުދިނުމަށް އެ ގައުމުން އަޅަމުންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 36 އިންސައްތަ ބޮޑުކޮށްފި
26 Nov 2026 ދުނިޔެ

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ 36 އިންސައްތަ ބޮޑުކޮށްފި

މި ބަދަލާއެކު، އެ މަސައްކަތްތެރިންގެ އެންމެ ކުޑަ މުސާރަ ވަނީ 12،500 ޓަކާއިން (ގާތްގަނޑަކަށް 100 އެމެރިކާ ޑޮލަރު) 17،500 ޓަކާއަށް (ގާތްގަނޑަކަށް 136 އެމެރިކާ ޑޮލަރު) އިތުރުކުރެވިފައެވެ.

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އިންޑިއާގައި ދިވެހިން އާންމުކޮށް ބޯ 'ބިސްލެރީ' ފެނުން ޖަރާސީމު ފެނިއްޖެ
24 Nov 2026 ދުނިޔެ

އިންޑިއާގައި ދިވެހިން އާންމުކޮށް ބޯ 'ބިސްލެރީ' ފެނުން ޖަރާސީމު ފެނިއްޖެ

މި މައްސަލައާ ގުޅިގެން، އިންޑިއާގައި ފެން ބަންދުކޮށްގެން ވިއްކާ އެހެން ހުރިހާ ކުންފުނިތަކެއްގެ ފެނުގެ ސާމްޕަލްތައްވެސް ޓެސްޓުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ މިހާރު ނިންމާފައެވެ. ބިސްލެރީ އަކީ ދިވެހިންވެސް އިންޑިއާއަށް ގޮސް އާންމުކޮށް ބޯފެނެކެވެ.

ހަންގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
24 Nov 2026 ދުނިޔެ

ހަންގަނޑުގެ ކުލަ އަލިކުރާ ކްރީމެއް ބޭނުންކުރި އިންޑިއާ ކުއްޖެއްގެ ކިޑްނީ ހަލާކުވެ، ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ ކުއްޖަކު ހުދުވާ ކްރީމެއް ބޭނުންކުރުމުން، ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މާކިއުރީ ހަށިގަނޑަށް ވަދެ ކިޑްނީ ސީރިއަސް ވެގެން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅައިފިއެވެ.

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި
21 Nov 2026 ދުނިޔެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ބަންގުރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުން ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ
17 Nov 2026 ދުނިޔެ

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ

މިސްރަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގޯޔާލް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 1200 މަތިންދާބޯޓަށް އޯޑަރު ދީފައިވާކަމަށާއި، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް 2 ހާހެއްހާ މަތިންދާބޯޓު އިތުރަށް ބޭނުންވާކަމަށެވެ.

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި
17 Nov 2026 ދުނިޔެ

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި

މަންމަގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން، ފުރާނައަށް ނުރައްކާވާ ފަދަ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން މެދުވެރިވެދާނެ އުފެދުމުގެ އައިބުތައް ރަނގަޅުކުރުމަށް ސާޖަރީ ހެދުމަކީ މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުން އެކަނި ފެންނަ މަންޒަރެކެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.