ބަނގުރާ ބުއިމުގެ ސަބަބުން ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހެއްގެ ހާލު ބައްލަވާލެއްވުމަށް، އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޔުނާމް ކޭމްޗަންދު ސިންގް ކުރެއްވި ޒިޔާރަތުގެ ތެރެއިން. 
ފޮޓޯ: އޭއެފްޕީ
ބަނގުރާ ބުއިމުގެ ސަބަބުން ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހެއްގެ ހާލު ބައްލަވާލެއްވުމަށް، އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޔުނާމް ކޭމްޗަންދު ސިންގް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: އޭއެފްޕީ
ދުނިޔެ 21 Nov 2026 | 15:08

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ބަންގުރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްފިއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މަނީޕޫރުގެ މުޝީރުލް ވަޒީރު ޔުމްނާމް ކޭމްޗަންދް ސިންގް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު ބަލިވެ ހާލުދެރަވީ ސިއްހަތަށް ގެއްލުންހުރި މާއްދާތައް އެކުލެވޭ ބަންގުރާ ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. އަދި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި މި ހާދިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އަރާފައިވާއިރު، މިހާތަނަށް 180 އަށްވުރެ ގިނަ ބަލިމީހުން ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އިންޑިއާގައި ގަވާއިދާ ހިލާފަށް އުފައްދާ އަދި ސިއްހަތަށް ނުރައްކާތެރި މާއްދާތައް ހިމެނޭ ބަންގުރާ ބޮއެގެން މީހުން މަރުވުމަކީ އާންމުކޮށް ހިނގަމުންދާ ކަމެކެވެ. ކޮންޓްރޯލް ކުރެވިފައިވާ ރަސްމީ ނިޒާމުގެ ބޭރުން ވިއްކާ މިފަދަ އަގުހެޔޮ ބަންގުރާގެ ބާވަތްތަކުގައި، ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ ނުރައްކާތެރި ވިހަ ކެމިކަލެއް ކަމަށްވާ މެތަނޯލް ގިނަ އަދަދަކަށް އެކުލެވެއެވެ. މިފަދަ ބަންގުރާ ބައެއް ސަރަހައްދުތަކުގައި ޑޮލަރަކަށްވުރެ ވެސް ހެޔޮ އަގުގައި ފަސޭހައިން ލިބެން ހުންނައިރު، އޭގައި ހިމެނޭ މެތަނޯލްގެ ސަބަބުން ލޯ އަނދިރިވުމާއި، ފުރަމޭ ހަލާކުވުމުގެ އިތުރުން ފުރާނައަށް ވެސް ނުރައްކާވެއެވެ.

މި އަހަރުގެ ތެރޭގައި ވެސް އިންޑިއާގެ އެކި ހިސާބުތަކުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން ވޭތުވެދިޔަ މެއި މަހު މަހަރާޝްތުރާ ސްޓޭޓްގެ ޕޫނޭ އާއި ޕިމްޕްރީ-ޗިންޗްވާޑްގައި މެތަނޯލް އެކުލެވޭ ބަންގުރާ ބޮއެގެން 15 މީހަކު މަރުވެފައިވާއިރު، އޮގަސްޓް މަހު ގުޖުރާތުގެ ބާވްނަގަރު ޑިސްޓްރިކްޓްގައިވެސް މިފަދަ ބަންގުރާ ބޮއެގެން 13 މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަސާސީ ގިނަ ބޭސްތަކެއް ހުސްވެ ދެކުނު އެފްރިކާގެ ސިއްހީ ނިޒާމު ނުރައްކަލަށް
21 Nov 2026 ދުނިޔެ

އަސާސީ ގިނަ ބޭސްތަކެއް ހުސްވެ ދެކުނު އެފްރިކާގެ ސިއްހީ ނިޒާމު ނުރައްކަލަށް

ސައުތު އެފްރިކާގެ ސަރުކާރު ހޮސްޕިޓަލްތަކުން ޟަރޫރީ އެތައް ބޭހެއް ހުސްވެ، އެ ޤައުމުގެ ޢާންމު ޞިއްޙީ ނިޒާމަށް ބޮޑު ނާޒުކު ޙާލަތެއް ކުރިމަތިވެއްޖެއެވެ. އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކުން ފަންސާހަށްވުރެ ގިނަ މުހިންމު އަސާސީ ބޭސް މިހާރު ވަނީ އެއްކޮށް ހުސްވެފައެވެ.

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި
21 Nov 2026 ދުނިޔެ

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި

އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީން ހަމަލާދީފައިވަނީ ޔަމަނުގެ ތައީޒްގައި ހުންނަ ދެ ސަރަހައްދަކަށެވެ.

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި
21 Nov 2026 ދުނިޔެ

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި

އެ އިމާރާތުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެ ކާރު ވަނީ މުޅިރޭ އެއްކޮށް ކުރިއަށާއި ފަހަތައް ޖެހި، ޕާކިންގް ޖާގައަށް އެންމެ ފުރިހަމައަށް ކާރު ވެއްދުމަށްޓަކައި ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ.

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ
17 Nov 2026 ދުނިޔެ

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ

މިސްރަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގޯޔާލް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 1200 މަތިންދާބޯޓަށް އޯޑަރު ދީފައިވާކަމަށާއި، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް 2 ހާހެއްހާ މަތިންދާބޯޓު އިތުރަށް ބޭނުންވާކަމަށެވެ.

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި
17 Nov 2026 ދުނިޔެ

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި

މަންމަގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން، ފުރާނައަށް ނުރައްކާވާ ފަދަ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން މެދުވެރިވެދާނެ އުފެދުމުގެ އައިބުތައް ރަނގަޅުކުރުމަށް ސާޖަރީ ހެދުމަކީ މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުން އެކަނި ފެންނަ މަންޒަރެކެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް
16 Nov 2026 ދުނިޔެ

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް

އާސިއާން-އިންޑިއާ ބައްދަލުވުން އޮންނާނީ މިއަދު ފެށުނު 49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައެވެ.

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް
15 Nov 2026 ދުނިޔެ

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް

އިންޑިއާއަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމުގެ ނިޒާމު އިތުރަށް ލުއިފަސޭހަކޮށް، ވިސާގެ ބާވަތްތަކާއި ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި
14 Nov 2026 ދުނިޔެ

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި

މި ބައްދަލުވުމުގައި، ދެ ޤައުމުގައާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ