ހަވާ އަރުވަނީ؛ ފޮޓޯ / ވޮއިސް
ހަވާ އަރުވަނީ؛ ފޮޓޯ / ވޮއިސް
ހަބަރު 21 Nov 2026 | 14:35

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އެރުވުމަށް ތާވަލްކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ވިޔަފާރީގެ އުސޫލުން ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

ހަވާއެރުވުން ކުރިއަށްދާނީ މިރޭ 19:30 އާއި 20:30 އާ ދެމެދުގެ ވަގުތެއްގައި ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ 7 މިނެޓެއްހާއިރަށެވެ.

ރާއްޖޭގައި ހަވާ އެރުވުމުގެ މަސައްކަތް ވިޔަފާރި އުސޫލުން ކުރަނީ ސިފައިންގެ ޖަމިއްޔާ، ސިފްކޯގެ ފަރާތުންނެވެ. މިނެޓަކަށް ހަވާ އަރުވާނަމަ 600 ޑޮލަރު ދޭން ޖެހޭއިރު، އެއީ ދިވެހި ފައިސާއިން ބަލާނަމަ 9252 ރުފިޔާއެވެ. ދެމިނިޓަށް ނަމަ 1200 ޑޮލަރު ހޭދަކުރަން ޖެހެއެވެ.

މީގެ ކުރިން ހަވާ އަރުވައި އުޅެނީ، ސަރުކާރުގެ ނިންމުމަށް މުހިންމު މުނާސަބަތު ތަކާއި ގުޅުވައިގެނެވެ. ނަމަވެސް، މިހާރު އަމިއްލަ ފަރާތްތަކުންވެސް ސިފްކޯ މެދުވެރިކޮށް ހަވާއަރުވައެެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް
21 Nov 2026 ހަބަރު

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް

ފުލުހުން ބުނި ގޮތުގައި، އެ ސައިކަލު ދުއްވަން އިނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ.

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ
21 Nov 2026 ހަބަރު

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ

މާލޭ ބާޒާރަށް ބަލާއިރު މިވަގުތު ކެރެޓް އެންމެ އަގުހެޔޮކޮށް ވިއްކަނީ އެސްޓީއޯ ސުޕަމާޓުންނެވެ.

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު
21 Nov 2026 ހަބަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވެބްސައިޓުން ދައްކާ ގޮތުގައި، ވިލިމާލޭގެ އޭކިއުއައި (ވައިގެ ކޮލިޓީ އިންޑެކްސް) ހުރީ 160 ގައެވެ. މާލެ ސަރަހައްދުގެ އޭކިއުއައި 160 ގައި ހުރިއިރު، ފޮނަދޫގެ އޭކިއުއައި ވެސް ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައެވެ. އެގޮތުން، ފޮނަދޫގެ އޭކިއުއައި ހުރީ 151 ގައެވެ. އަދި ހަމައެއާއެކު ކުޅުދުއްފުށީގެ އޭކިއުއައި ހުރީ މާލޭ ސަރަހައްދަށްވުރެ ގޯސްކޮށް 168 ގައެވެ.

ޓޫރިޒަމުން މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް މާކެޓަކަށް އޮސްޓްރޭލިއާ
21 Nov 2026 ހަބަރު

ޓޫރިޒަމުން މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް މާކެޓަކަށް އޮސްޓްރޭލިއާ

މިއަހަރު އޮސްޓްރޭލިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި މައިގަނޑު އެއް ސަބަބަކީ ޤައުމީ އެއާލައިން މޯލްޑިވިއަނުން މެލްބަންއަށް ދަތުރުތައް ފެށުމެވެ. މޯލްޑިވިއަނުން އޮސްޓްރޭރިއާއަށް ދަތުރުތައް ފަށާފައިވަނީ، މެއިަމހުގެ 17 ވަނަ ދުވަހުއެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނޭ އުސޫލް އާންމުކޮށްފި
21 Nov 2026 ހަބަރު

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނޭ އުސޫލް އާންމުކޮށްފި

އެހީ ލިބޭ މީޑިއާ ކަނޑައެޅުމުގައި މާކުސް ދެނީ މީޑިއާ ހިންގި މުއްދަތާއި، މުވައްޒަފުންގެ ޢަދަދާއި ތަޢުލީމާއި ތަޖުރިބާއާއި، ބިޒްނަސް ޕްލޭނާއި، ކޮންޓެންޓުގެ ބާވަތަށް ބެލުމަށް ފަހުގައެވެ

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު
21 Nov 2026 ހަބަރު

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، އެކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ

ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
21 Nov 2026 ހަބަރު

ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލްގައި އިންމީހާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ
20 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 3 ގެ ކުނިގޮނޑުގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފޭސް 3 ގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ އަނދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.