ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް
މިއަދު ހެނދުނު ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި، އެ ސައިކަލު ދުއްވަން އިނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސަބްދެރިއާ މަގުގައެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ދުއްވަން އިން ކުއްޖާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ބޯކޮށާ ތަނެއްގެ ބިއްލޫރި ގަނޑުގައި ޖެހުނު ސައިކަލްގެ އެއްބައި އޮތީ އެތަނުގެ ތެރެއަށް ވަދެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް