ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައެއް ނޫސްވެރިން.. ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައެއް ނޫސްވެރިން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު 21 Nov 2026 | 11:51

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނޭ އުސޫލް އާންމުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން (އެމްއެމްބީސީ) އެކުލަވައިލި، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މި އުސޫލުގެ ދަށުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ޚާއްޞަކޮށްފައިވާ ފައިސާ ނުހިމަނައި، ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ އެ އަހަރަކު ޝަރުތު ހަމަވާ މީޑިއާތަކަށް ދޫކުރެވޭނެއެވެ. 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓުގައި މި ފައިސާ ހިމެނުމަށް އުސޫލުގައި ކަނޑައަޅައިފައިވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ނުވަތަ މީޑިއާ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ދަފުތަރުކޮށްފައިވާ އަމިއްލަ މީޑިއާތަކަށް މި އެހީއަށް ކުރިމަތިލެވޭ އިރު، ދަފުތަރުވި ތާރީޚުން ފެށިގެން މެދުނުކެނޑި އެއް އަހަރު ޚިދުމަތް ދީފައި ވާންޖެހެއެވެ. ޓެކްސް ކްލިއަރެންސް ރިޕޯޓާއި ޕެންޝަން ކޮމްޕްލައިންޓް ސެޓުފިކެޓު ހުށަހެޅުމާއި، މުވައްޒަފުންގެ މުސާރަ ބެންކު މެދުވެރިކޮށް ޖަމާކުރާ ކަމުގެ ހެކި ހުށަހެޅުމާއި، މީޑިއާ ކޯޑް އޮފް އެތިކްސް އާންމުކޮށްފައި ވުމަކީ ވެސް ޝަރުތެކެވެ.

އެއް ކުންފުންޏަކުން ނުވަތަ މެޖޯރިޓީ ހިއްސާ އެއް ބައެއްގެ އަތުގައި އޮންނަ ކުންފުނިތަކުން ބައިވެރި ގިނަ މީޑިއާ ހިންގި ނަމަވެސް، ގްރާންޓަށް ހުށަހެޅޭނީ އެންމެ މީޑިއާއަކަށެވެ. ކޮންމެ މީޑިއާއަކަށް ވެސް ހުށަހެޅެނީ އެންމެ އެޕްލިކޭޝަނެއް ކަމަށާއި، ގިނަވެގެން ދެ މީޑިއަމް އިޚުތިޔާރުކުރެވޭ އިރު އެއް ވައްތަރެއްގެ ދެ މީޑިއަމް ހިމެނުން އުސޫލު ހުއްދައެއް ނުކުރެއެވެ.

އެހީ ލިބޭ މީޑިއާ ކަނޑައެޅުމުގައި މާކުސް ދެނީ މީޑިއާ ހިންގި މުއްދަތާއި، މުވައްޒަފުންގެ ޢަދަދާއި ތަޢުލީމާއި ތަޖުރިބާއާއި، ބިޒްނަސް ޕްލޭނާއި، ކޮންޓެންޓުގެ ބާވަތަށް ބެލުމަށް ފަހުގައެވެ. އެޕްލިކޭޝަން ހުށަހެޅުމާ އެކު ވަގުތީ މާކުސް ޕޯޓަލުން ފެންނަ ގޮތް ހަދައި، ލިޔެކިޔުންތައް ވެރިފައި ކުރުމަށް ފަހު ރަސްމީ ބަންދު ނޫން 10 ދުވަހުގެ ތެރޭގައި ދާއިމީ މާކުސް އާންމުކުރުމަށް އުސޫލުގައި ލާޒިމުކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
21 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

މިކަމާ ގުޅިގެން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ވިޔަފާރީގެ އުސޫލުން ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް
21 Nov 2026 ހަބަރު

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް

ފުލުހުން ބުނި ގޮތުގައި، އެ ސައިކަލު ދުއްވަން އިނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ.

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ
21 Nov 2026 ހަބަރު

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ

މާލޭ ބާޒާރަށް ބަލާއިރު މިވަގުތު ކެރެޓް އެންމެ އަގުހެޔޮކޮށް ވިއްކަނީ އެސްޓީއޯ ސުޕަމާޓުންނެވެ.

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު
21 Nov 2026 ހަބަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވެބްސައިޓުން ދައްކާ ގޮތުގައި، ވިލިމާލޭގެ އޭކިއުއައި (ވައިގެ ކޮލިޓީ އިންޑެކްސް) ހުރީ 160 ގައެވެ. މާލެ ސަރަހައްދުގެ އޭކިއުއައި 160 ގައި ހުރިއިރު، ފޮނަދޫގެ އޭކިއުއައި ވެސް ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައެވެ. އެގޮތުން، ފޮނަދޫގެ އޭކިއުއައި ހުރީ 151 ގައެވެ. އަދި ހަމައެއާއެކު ކުޅުދުއްފުށީގެ އޭކިއުއައި ހުރީ މާލޭ ސަރަހައްދަށްވުރެ ގޯސްކޮށް 168 ގައެވެ.

ޓޫރިޒަމުން މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް މާކެޓަކަށް އޮސްޓްރޭލިއާ
21 Nov 2026 ހަބަރު

ޓޫރިޒަމުން މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް މާކެޓަކަށް އޮސްޓްރޭލިއާ

މިއަހަރު އޮސްޓްރޭލިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި މައިގަނޑު އެއް ސަބަބަކީ ޤައުމީ އެއާލައިން މޯލްޑިވިއަނުން މެލްބަންއަށް ދަތުރުތައް ފެށުމެވެ. މޯލްޑިވިއަނުން އޮސްޓްރޭރިއާއަށް ދަތުރުތައް ފަށާފައިވަނީ، މެއިަމހުގެ 17 ވަނަ ދުވަހުއެވެ.

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު
21 Nov 2026 ހަބަރު

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، އެކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ

ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
21 Nov 2026 ހަބަރު

ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލްގައި އިންމީހާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
19 Nov 2026 ހަބަރު

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.