މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހަބަރު 21 Nov 2026 | 11:07

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ މާލީ ހާލަތު ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާ ކަމަށާއި، ހަމައެކަނި ވެރިން ކޮޓަރިތަކުގައި ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިއަށް ނުގެންދެވޭނެކަން ސާފުވަމުންދާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު ޑޮލަރުގެ އަގު 23 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާ ކަމަށެވެ. އަދި ޑޮލަރުގެ އަގާ އެކު ތަކެތީގެ އަގު އިންތިހާއަށް އުފުލި، ޚާއްސަކޮށް އަތޮޅުތެރޭގައި ތަކެތީގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން އައްޑޫ ހުޅުދޫގައި ބާސްމަތީ ހަނޑޫ ކިލޯއެއް 220 ރުފިޔާއަށް އަދި ކެއްކުމަށް ބޭނުންކުރާ ތެޔޮ ފުޅިއެއް 90 ރުފިޔާއަށް އަރާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މި ސަރުކާރަށް މާލީ ކަންކަން ބަލަހައްޓަން އަދި އިގްތިސޯދު ހިންގަން އެނގޭ ކަމަށް މިހާރު ގަބޫލުނުކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، އެކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ. އެމްޑީޕީން އަބަދުވެސް ދެކޭ ގޮތުގައި ކަމެއް ރަނގަޅަށް ކުރެވޭނީ ގިނަ ބަޔަކާ މަޝްވަރާކޮށްގެން ކަމަށާއި، މިދިޔަ އޮކްޓޫބަރު މަހު ބޭއްވުނު އެމްޑީޕީގެ 5 ވަނަ ކޮންގްރެސްގައި ވެސް ކަންކަން ހިންގުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ސިޔާސަތު ފާސްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވެރިންނަށް ފެންނަ ތަސައްވުރުތަކަށް ރައްޔިތުންގެ ރުހުމާއި ތާއީދު ނެތް ނަމަ، އެފަދަ ކަންކަން ދާނީ ނާކާމިޔާބުވެގެން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ފުށިދިއްގަރުފަޅުގައި ހިންގާ ރެޒިޑެންސީ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، އެކަމަށް އަޑުއުފުލުމުގެ ގޮތުން މި ނޮވެންބަރު މަހުގެ 26 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ މުޒާހަރާކުރުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ތިން އަހަރުގެ އިގްތިސޯދީ ހާލަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ރަށްރަށުގެ ފިހާރަތަކުގެ ވިކުރާ ވަރަށް ބޮޑަށް ދަށަށް ގޮސް، ޖީޑީޕީގެ ކުރިއެރުން އެއް ޕަސެންޓަށް ވެސް ނުލިބޭ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމާއި، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ކުރިއަށްގެންދާ ކަންކަމަކީ ހަގީގަތް ފޮރުވަން ކުރާ ކަންކަން ކަމަށް ސިފަކުރައްވައި، ސަރުކާރު ދަތުރުކުރަމުން ދަނީ ހަމަ މަގުން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
21 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

މިކަމާ ގުޅިގެން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ވިޔަފާރީގެ އުސޫލުން ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް
21 Nov 2026 ހަބަރު

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް

ފުލުހުން ބުނި ގޮތުގައި، އެ ސައިކަލު ދުއްވަން އިނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ.

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ
21 Nov 2026 ހަބަރު

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ

މާލޭ ބާޒާރަށް ބަލާއިރު މިވަގުތު ކެރެޓް އެންމެ އަގުހެޔޮކޮށް ވިއްކަނީ އެސްޓީއޯ ސުޕަމާޓުންނެވެ.

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު
21 Nov 2026 ހަބަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވެބްސައިޓުން ދައްކާ ގޮތުގައި، ވިލިމާލޭގެ އޭކިއުއައި (ވައިގެ ކޮލިޓީ އިންޑެކްސް) ހުރީ 160 ގައެވެ. މާލެ ސަރަހައްދުގެ އޭކިއުއައި 160 ގައި ހުރިއިރު، ފޮނަދޫގެ އޭކިއުއައި ވެސް ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައެވެ. އެގޮތުން، ފޮނަދޫގެ އޭކިއުއައި ހުރީ 151 ގައެވެ. އަދި ހަމައެއާއެކު ކުޅުދުއްފުށީގެ އޭކިއުއައި ހުރީ މާލޭ ސަރަހައްދަށްވުރެ ގޯސްކޮށް 168 ގައެވެ.

ޓޫރިޒަމުން މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް މާކެޓަކަށް އޮސްޓްރޭލިއާ
21 Nov 2026 ހަބަރު

ޓޫރިޒަމުން މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް މާކެޓަކަށް އޮސްޓްރޭލިއާ

މިއަހަރު އޮސްޓްރޭލިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި މައިގަނޑު އެއް ސަބަބަކީ ޤައުމީ އެއާލައިން މޯލްޑިވިއަނުން މެލްބަންއަށް ދަތުރުތައް ފެށުމެވެ. މޯލްޑިވިއަނުން އޮސްޓްރޭރިއާއަށް ދަތުރުތައް ފަށާފައިވަނީ، މެއިަމހުގެ 17 ވަނަ ދުވަހުއެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނޭ އުސޫލް އާންމުކޮށްފި
21 Nov 2026 ހަބަރު

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނޭ އުސޫލް އާންމުކޮށްފި

އެހީ ލިބޭ މީޑިއާ ކަނޑައެޅުމުގައި މާކުސް ދެނީ މީޑިއާ ހިންގި މުއްދަތާއި، މުވައްޒަފުންގެ ޢަދަދާއި ތަޢުލީމާއި ތަޖުރިބާއާއި، ބިޒްނަސް ޕްލޭނާއި، ކޮންޓެންޓުގެ ބާވަތަށް ބެލުމަށް ފަހުގައެވެ

ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
21 Nov 2026 ހަބަރު

ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލްގައި އިންމީހާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ

ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު
19 Nov 2026 ހަބަރު

ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އަޑުއުފުލަމުންދާތީ، އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.