ސުޕަމާޓެއްގައި ވިއްކަން ބަހައްޓާފައިހުރި ކެރެޓްތަކެއް.. ފޮޓޯ: ވޮއިސް
ސުޕަމާޓެއްގައި ވިއްކަން ބަހައްޓާފައިހުރި ކެރެޓްތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު 21 Nov 2026 | 14:08

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ

މާލޭ ބާޒާރުގައި ކެރެޓްގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެއެވެ.

ތަރުކާރީ ވިއްކާ ބައެއް ފިހާރަތަކުގައި ކެރެޓް ކިލޯއެއްގެ އަގު 90 ރުފިޔާއިން މަތީގައި ހުރިއިރު، ބައެއް ފިހާރަތަކުން ކެރެޓް ކިލޯއެއް ވިއްކަނީ 120 ރުފިޔާ އަށެވެ. އިކޮނޮމިކް މިނިސްޓްރީގެ އަގުމަގު ޕޯޓަލަށް ބަލާއިރު ބައެއް ފިހާރަތަކުން ކެރެޓް ކިލޯއެއް 25 ރުފިޔާއިން 66 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ.

މާލޭ ބާޒާރަށް ބަލާއިރު މިވަގުތު ކެރެޓް އެންމެ އަގުހެޔޮކޮށް ވިއްކަނީ އެސްޓީއޯ ސުޕަމާޓުންނެވެ. އެސްޓީއޯއިން ކެރެޓް ކިލޯއެއް ވިއްކަނީ 20 ރުފިޔާ އަށެވެ.

ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު 120 ރުފިޔާއަށް އެރިއިރު، މިއީ މިފަހުގެ ތާރީހެއްގައިވެސް ކެރެޓްގެ އަގު މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ. އާންމު ގޮތެއްގައި މާލޭ ބާޒާރުގައި ކެރެޓް ކިލޯއެއް އެންމެ ބޮޑުވެގެންވެސް 25 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރެއެވެ.

ބައެއް ވިޔަފާރިވެރިން ބުނީ ކެރެޓްގެ އަގު މައްޗަށް ދިޔައީ ބައިނަލް އަގްވާމީ ބާޒާރުގައި ދަތުރުފަތުރުގެ އަގުތަކުން ތެލުގެ އަގުތައް ބޮޑުވުން ސަޕްލައިއަށް އައި ބަދަލުތަކާއި، ތަރުކާރީ ގަތުމަށް،ޑޮލަރު ހޯދަންވެސް އުނދަގޫވުމުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
21 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

މިކަމާ ގުޅިގެން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ވިޔަފާރީގެ އުސޫލުން ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް
21 Nov 2026 ހަބަރު

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް

ފުލުހުން ބުނި ގޮތުގައި، އެ ސައިކަލު ދުއްވަން އިނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ.

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު
21 Nov 2026 ހަބަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވެބްސައިޓުން ދައްކާ ގޮތުގައި، ވިލިމާލޭގެ އޭކިއުއައި (ވައިގެ ކޮލިޓީ އިންޑެކްސް) ހުރީ 160 ގައެވެ. މާލެ ސަރަހައްދުގެ އޭކިއުއައި 160 ގައި ހުރިއިރު، ފޮނަދޫގެ އޭކިއުއައި ވެސް ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައެވެ. އެގޮތުން، ފޮނަދޫގެ އޭކިއުއައި ހުރީ 151 ގައެވެ. އަދި ހަމައެއާއެކު ކުޅުދުއްފުށީގެ އޭކިއުއައި ހުރީ މާލޭ ސަރަހައްދަށްވުރެ ގޯސްކޮށް 168 ގައެވެ.

ޓޫރިޒަމުން މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް މާކެޓަކަށް އޮސްޓްރޭލިއާ
21 Nov 2026 ހަބަރު

ޓޫރިޒަމުން މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އެއް މާކެޓަކަށް އޮސްޓްރޭލިއާ

މިއަހަރު އޮސްޓްރޭލިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި މައިގަނޑު އެއް ސަބަބަކީ ޤައުމީ އެއާލައިން މޯލްޑިވިއަނުން މެލްބަންއަށް ދަތުރުތައް ފެށުމެވެ. މޯލްޑިވިއަނުން އޮސްޓްރޭރިއާއަށް ދަތުރުތައް ފަށާފައިވަނީ، މެއިަމހުގެ 17 ވަނަ ދުވަހުއެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނޭ އުސޫލް އާންމުކޮށްފި
21 Nov 2026 ހަބަރު

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނޭ އުސޫލް އާންމުކޮށްފި

އެހީ ލިބޭ މީޑިއާ ކަނޑައެޅުމުގައި މާކުސް ދެނީ މީޑިއާ ހިންގި މުއްދަތާއި، މުވައްޒަފުންގެ ޢަދަދާއި ތަޢުލީމާއި ތަޖުރިބާއާއި، ބިޒްނަސް ޕްލޭނާއި، ކޮންޓެންޓުގެ ބާވަތަށް ބެލުމަށް ފަހުގައެވެ

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު
21 Nov 2026 ހަބަރު

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، އެކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ

ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
21 Nov 2026 ހަބަރު

ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލްގައި އިންމީހާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
19 Nov 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" (ޑީ.އެމް.ޖީ.ސީ) 2026 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.