ފޮޓޯ/ ދިރާގު
ފޮޓޯ/ ދިރާގު
ވިޔަފާރި 19 Nov 2026 | 13:09

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" (ޑީ.އެމް.ޖީ.ސީ) 2026 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ގިނަ ބައެއްގެ ބޮޑު ޝައުޤުވެރިކަމަކާއެކު އިންތިޒާރުކުރަމުންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 އިން ފެށިގެން 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ، މިއަހަރުގެ ޗެމްޕިއަންޝިޕްގައި ޖުމްލަ ފަސް ކުޅިވަރެއް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަގުބޫލު ވީޑިއޯ ގޭމްތަކާއި ޓޭބަލްޓޮޕް ބޯޑް ގޭމްތައް ހިމެނެއެވެ. އެގޮތުން، ވީޑިއޯ ގޭމްތަކުގެ ތެރެއިން ހިމެނޭ "އީ.އޭ ސްޕޯޓްސް އެފް.ސީ 27" ކުރިއަށްދާނީ 1v1 ނޮކައުޓް އުސޫލުންނެވެ. އަދި މި ބައިން ވަނަވަނައަށް ދާ ކުޅުންތެރިންނަށް 25،000 އާއި 27،000 ރުފިޔާއާ ދެމެދުގެ ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން "ޓެކެން 8" މުބާރާތް 15،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު 1v1 ޑަބަލް އެލިމިނޭޝަން ފޯމެޓަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އީ-ސްޕޯޓްސް ގޭމްތަކުގެ އިތުރުން، މިއަހަރުގެ މުބާރާތުގައި ޓޭބަލްޓޮޕް ދެ ކުޅިވަރެއް ވެސް އަލަށް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި 5،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ބާއްވާ "ކަޓާން" ބޯޑް ގޭމް މުބާރާތުގެ އިތުރުން، ދެމީހުންގެ ޓީމުތަކުގެ މެދުގައި ވާދަކުރާ "ވޯހޭމަރ 40,000: ކިލް ޓީމް ބްލިޓްޒް" މުބާރާތް ހިމެނެއެވެ.

އުމުރުން 12 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތުގައި، އީ.އޭ ސްޕޯޓްސް އެފް.ސީ 27، ޓެކެން 8 އަދި ކިލް ޓީމް ބްލިޓްޒްގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ 22 ނޮވެމްބަރު 2026 ގެ 23:59 ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި ކަޓާން އަދި ވޯހޭމަރ 40،000 ގައި ބައިވެރިވުމުގެ ފުރުސަތު މުބާރާތް ނިމެންދެން ހުޅުވާލެވިފައި އޮންނާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް ތަރައްގީކުރުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިންގ މުޖުތަމައު އައު އުސްމިންތަކަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިއަހަރު ނިމެންވާއިރަށް އެސްޓީއޯއަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ: ޝިމާދު
18 Nov 2026 ވިޔަފާރި

މިއަހަރު ނިމެންވާއިރަށް އެސްޓީއޯއަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ: ޝިމާދު

ޝިމަދު ވިދާޅުވި ގޮތުގައި، އެސްޓީއޯގެ އާމްދަނީ، ޖުމްލަ ފައިދާ އާއި ސާފު ފައިދާވެސް ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު ނިންމާލީ 650 މިލިއަން ރުފިޔާގެ ސާފު ފައިދާ އާ އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯ ފޯރިއާއެކު ކުރިއަށް؛ ކިޓް ދޫކުރުމުގެ މުއްދަތު އިތުރުކޮށްފި
17 Nov 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯ ފޯރިއާއެކު ކުރިއަށް؛ ކިޓް ދޫކުރުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2026" ގެ ބިބް އެކްސްޕޯ ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ގަރލްސް ޓު ކޯޑް ޕްރޮގްރާމް އޭދަފުށީގައި ފަށައިފި
09 Nov 2026 ވިޔަފާރި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ގަރލްސް ޓު ކޯޑް ޕްރޮގްރާމް އޭދަފުށީގައި ފަށައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ ގަރލްސް ޓު ކޯޑް ޕްރޮގްރާމް، އޭއައި ހުނަރުތައް ހިމަނައިގެން ބ. އޭދަފުށީގައި ފަށައިފިއެވެ. މިއީ 15 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ހަތް ހަފުތާގެ ޕްރޮގްރާމެކެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން
05 Nov 2026 ހަބަރު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން

ދިރާގް މޯލްޑިވްސް ރޮޑް ރޭހާ ގުޅޭގޮތުން އެކުންފުނިން މިއަދު ބުނީ، މި އަހަރުގެ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ޖުމްލަ 5،600 އަށް ވުރެ ގިނަ ދުވުންތެރިން މިހާތަނަށް ބައިވެރިވެފައިވާކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި ދުވުން އޮންނާނީ ކުރިއަށް އޮތް ނޮވެންބަރު މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
04 Nov 2026 ވިޔަފާރި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށްޓަކައި ހިންގާ މި ޕްރޮގްރާމާ ބެހޭގޮތުން ދިރާގުން ބުނީ، މިއީ ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށްވާއިރު، މި ޕްރޮގްރާމުން ޒުވާނުންގެ މުސްތަގުބަލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މޯލްޑިވްސް އެކްސްޕޯގައި ދިރާގުން، އައިފޯން 18 ޕްރޯ ހިމެނޭހެން އަގުހުރި އިނާމްތަކެއް
29 Oct 2026 ވިޔަފާރި

މޯލްޑިވްސް އެކްސްޕޯގައި ދިރާގުން، އައިފޯން 18 ޕްރޯ ހިމެނޭހެން އަގުހުރި އިނާމްތަކެއް

މޯލްޑިވްސް އެކްސްޕޯ 2026ގައި ދިރާގުގެ ސްޓޯލުން ޚިދުމަތް ނަގާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯއަކާއި ރިސޯޓު ޗުއްޓީއެއް އަދި ދުވާލު އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ.