"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" 2025
ފޮޓޯ: ދިރާގު
"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" 2025 ފޮޓޯ: ދިރާގު
ހަބަރު 05 Nov 2026 | 13:02

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން

މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 5،600 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވާކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގް މޯލްޑިވްސް ރޮޑް ރޭހާ ގުޅޭގޮތުން އެކުންފުނިން މިއަދު ބުނީ، މި އަހަރުގެ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ޖުމްލަ 5،600 އަށް ވުރެ ގިނަ ދުވުންތެރިން މިހާތަނަށް ބައިވެރިވެފައިވާކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި ދުވުން އޮންނާނީ ކުރިއަށް އޮތް ނޮވެންބަރު މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ދިރާގުން ބުނީ މިއަހަރުގެ ދުވުމަކީ ރާއްޖޭގެ ދުވުމުގެ ތާރީޚުގައި ވަރަށް ޚާއްސަ އަދި ތާރީޚީ ހަރަކާތެއް ކަމަށެވެ. އެއީ ޑީއެމްއާރްއާރް 2026 އަކީ މިހާރު 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތަކަށް ވުމެވެ. މީގެ ސަބަބުން، މި ދުވުމުގައި ވާދަކުރާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަޤުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެ ކަމަށެވެ.

މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތަޢާރަފުކޮށްފައިވާ ޓީމް ކެޓަގަރީތައް ހިމެނެއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެގެންދާނެ މި ދުވުމުގެ މައިގަނޑު މަޤުޞަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭ ފަދަ އެކުވެރި މާޙައުލެއް ޤާއިމުކޮށްދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި
05 Nov 2026 ހަބަރު

60 ސްޓޯލާއެކު މި އަހަރުގެ ހެލްތް އެންޑް ފެމިލީ އެކްސްޕޯ ފަށައިފި

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ އެވެ.

ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި
05 Nov 2026 ހަބަރު

ނޮވެންބަރު 12 ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި

މި ހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.

މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ
05 Nov 2026 ހަބަރު

މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމާ ގުޅޭ ބައިނަލްއަޤްވާމީ ދިރާސާއެއްގައި އެމް.އެން.ޔޫއިން ބައިވެރިވެއްޖެ

ނޭޗަރ ޕޯޓްފޯލިއޯގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ސައިންޓިފިކް ރިޕޯޓްސް' ގައި ޝާއިޢުކޮށްފައިވާ "މެޓީރިއަލް ރިކުއަޔަރމެންޓްސް ފޯ އެޑެޕްޓިންގ ޓު ކްލައިމެޓް ޗޭންޖް އިން ދަ މޯލްޑިވްސް" މި ދިރާސާއަކީ، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމަށްޓަކައި ބޭނުންވާ މާއްދީ ވަސީލަތްތައް ރާއްޖޭގެ ފެންވަރުގައި އަންދާޒާކޮށްފައިވާ ފުރަތަމަ ދިރާސާއެވެ. ކެނެޑާގެ ޔުނިވަރސިޓީ އޮފް ވޯޓަރލޫގެ ޕްރޮފެސަރު ސިމްރޮން ސިންގް އިސްވެ ހުންނަވައި ކުރިއަށް ގެންދެވި މި ދިރާސާގައި، ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ޔުނިވަރސިޓީތަކަކާއެކު އެމް.އެން.ޔޫގެ ސައިންސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ދަރިންތަރުބިއްޔަތު ކުރުމާ ގުޅޭ ޚާއްސަ ޕްރޮގްރާމް ”އަލިވޮށް“ ނ. ލަންދޫގައި ފަށައިފި
05 Nov 2026 ހަބަރު

ދަރިންތަރުބިއްޔަތު ކުރުމާ ގުޅޭ ޚާއްސަ ޕްރޮގްރާމް ”އަލިވޮށް“ ނ. ލަންދޫގައި ފަށައިފި

މި ޕްރޮގްރާމަކީ ލައިފް ޖަމްޢިއްޔާ، ނ. ލަންދޫ ކައުންސިލް އިދާރާ، ލަންދޫ ސްކޫލް، އިންސްޓިޓިއުޓް އޮފް ތިލާވަތުލް ޤުރްއާން (އައި.ޓީ.ކިއު)، ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (އެޗް.އައި.އޭ) އަދި އަލްޢަޞްރު ޖަމްޢިއްޔާ ގުޅިގެން އިންތިޒާމުކުރާ ޕްރޮގްރާމެކެވެ.

އައްޑޫ އަދި ފުވައްމުލައް ސިޓީގައި އެމް.ޑަބްލިޔު.އެސް.ސީ ގެ ޚާއްޞަ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފި
05 Nov 2026 ހަބަރު

އައްޑޫ އަދި ފުވައްމުލައް ސިޓީގައި އެމް.ޑަބްލިޔު.އެސް.ސީ ގެ ޚާއްޞަ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފި

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ޚާއްޞަ ކެމްޕޭނެއް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް
05 Nov 2026 ހަބަރު

މާފުށީގައި ހެލޯވީން ފާހަގަކުރި މައްސަލާގައި، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތް

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ފައްކާވެފައިވާ އެއް ރަށް ކަމަށްވާ ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މުނާސަބަތެއް ކަމަށްވާ "ހެލޯވީން" ފާހަގަކުރި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ހަނުހުރެއްޖެއެވެ.

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް
05 Nov 2026 ހަބަރު

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް

ލޯކަލް ޓޫރިޒަމް އެންމެ ފައްކާވެފައިވާ އެއް ރަށް، ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މީހުންގެ ހެލޯވީން ފާހަގަކުރާނެކަން އިއުލާންކޮށް، އެކަން ކޮށް ނިމުނުއިރުވެސް ކައުންސިލްއަށް އެކަމާ ބެހޭ މައުލޫމާތު ”ނޭނގޭ“ ކަމަށް ބުނެފިއެވެ.

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.