މޯލްޑިވްސް އެކްސްޕޯގައި ދިރާގުން، އައިފޯން 18 ޕްރޯ ހިމެނޭހެން އަގުހުރި އިނާމްތަކެއް
މޯލްޑިވްސް އެކްސްޕޯ 2026ގައި ބަހައްޓާފައިވާ ދިރާގުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައިފޯން 18 ޕްރޯއަކާއި ޗުއްޓީއެއް އަދި ދުވާލު އިނާމުތައް ހިމެނޭ ޚާއްޞަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ދިރާގުން ބުނީ އެ ސްޓޯލުން ޕޯސްޓްޕެއިޑް ނުވަތަ ލިމިޓެއް ނެތް ފައިބަރ ކަނެކްޝަނެއް ނަގާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 18 ޕްރޯ ލިބޭނެ ކަމަށެވެ.
އަދި އެ ކުންފުނީގެ އޭއައި ކޯލް އެސިސްޓެންޓް "އައިވް" އަށް ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ސްޓޯލަށް ގޮސް އައިވް ޑޭޝް ގޭމުން ލީޑަރބޯޑުގެ ކުރި ހޯދާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25 ޖީބީ ޑޭޓާއާ އެކު ހިލޭ މައިފައި ޑިވައިސެއް ދިނުމަށް ވެސް ދިރާގުން ވަނީ ހަމަޖައްސައިފައެވެ.
ދިރާގުގެ ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ފަރާތުން އެކްސްޕޯގައި ގޭމިން ހަރަކާތްތަކެއް ވެސް ކުރިއަށް އެބަގެންދެއެވެ. އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓަރ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ކުޅެވޭ އިރު، ޖީޓީ 7 ރޭސިން ސިމިއުލޭޓަރާއި ބީޓް ސޭބަރ ފަދަ ވާޗުއަލް ރިއަލިޓީ (ވީއާރް) ގޭމްތައް ވެސް ހިލޭ ތަޖުރިބާ ކުރެވެއެވެ. ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތައް ފުރިހަމަކުރާ ފަރާތްތަކަށް އިނާމު ލިބޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސައިފައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި 2 ނޮވެމްބަރު 2026ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް