ދެ ޤައުމުގެ ދެމދުގައި ބޭއްވި ބައްދަލުވުމުިގެ ތެރެއިން..
ދެ ޤައުމުގެ ދެމދުގައި ބޭއްވި ބައްދަލުވުމުިގެ ތެރެއިން..
ދުނިޔެ 14 Nov 2026 | 11:09

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާއިން މަޝްވަރާކޮށްފި

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ އިންޑިއާ-އިންޑޮނޭޝިއާ ޖޮއިންޓް ވަރކިންގ ގްރޫޕްގެ 7 ވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ބުނީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ކައުންޓަރ ޓެރަރިޒަމާ ބެހޭ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސުހެއިލް އަޖާޒް ޚާން އާއި، އިންޑޮނޭޝިއާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް އެޖެންސީ (ބީ.އެން.ޕީ.ޓީ) ގެ ޑެޕިއުޓީ ފޮރ އިންޓަނޭޝަނަލް ކޯޕަރޭޝަން މިސްޓަރ ޑިއޮނިސިއަސް އެލްވަން ސްވަސޯނޯ ކަމަށެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ކަމާބެހޭ އެކި އިދާރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެރަރިޒަމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. އަދި ޓެރަރިޒަމްގެ ހުރިހާ ބާވަތަކާއި ސިފަތަކެއް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޓެރަރިޒަމަށް އެއްވެސް ފުރުޞަތެއް ނުދިނުމުގެ އުސޫލު ދެ ޤައުމުން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، ޓެރަރިޒަމާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދެ ގައުމުންވެސް ވަނީ ގޮވާލާފައެވެ.

މި ބައްދަލުވުމުގައި، ދެ ޤައުމުގައާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ. އަދި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާއި، ޓެރަރިޒަމަށް ޚަރަދުކުރުން ހުއްޓުވުމާއި، ޓެރަރިސްޓް ބޭނުންތަކަށް އިންޓަނެޓާއި ޒަމާނީ އައު ޓެކްނޮލޮޖީތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ އިތުރުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ޓެރަރިޒަމާ ހުރި ގުޅުން ފަދަ، ޒަމާނީ ގޮންޖެހުންތަކާ މެދު ޚިޔާލު ބަދަލުކުރެވުނެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުރިހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ދެގައުމުންވެސް ފާހަގަކުރިއެވެ. އެގޮތުން އދ، އާސިއާން، ބްރިކްސް އަދި އެފް.އޭ.ޓީ.އެފް ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމަށް ދެގައުމުން އެއްބަސްވިއެވެ.

ޓެރަރިޒަމާ ދެކޮޅަށް ކުރިއަށްގެންދާ މި އެއްބާރުލުމަކީ އިންޑިއާ އާއި އިންޑޮނޭޝިއާގެ "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނަރޝިޕް" ގެ ވަރަށް މުހިންމު ބައެކެވެ.

މި ދަތުރުފުޅުގެ ތެރެއިން، ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އިންޑޮނޭޝިއާގެ ވަފުދު އިއްޔެ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ގާޑްގެ މައި މަރުކަޒަށް ޒިޔާރަތްކުރިއެވެ.

ޖޮއިންޓް ވަރކިންގ ގްރޫޕްގެ ދެން އޮންނަ ބައްދަލުވުން، ދެ ގައުމަށް އެއްބަސްވެވޭ ތާރީޚެއްގައި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބޭއްވުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ބޮސް އަލުން ގެނޭ": އެންވީޑިއާގެ މުވައްޒަފުން ޖެންސެން ހުއާންގް އެނބުރި އައުމަށް އެދި ގޮވާލަނީ ކީއްވެ؟
13 Nov 2026 ދުނިޔެ

"ބޮސް އަލުން ގެނޭ": އެންވީޑިއާގެ މުވައްޒަފުން ޖެންސެން ހުއާންގް އެނބުރި އައުމަށް އެދި ގޮވާލަނީ ކީއްވެ؟

ދުނިޔޭގެ ޓެކްނޮލޮޖީގެ މައި މަރުކަޒު ކަމަށްވާ ސިލިކަން ވެލީގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންވީޑިއާ (ޏވިދިަ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޖެންސެން ހުއާންގް، ބޮޑެތި އަޚުލާޤީ މައްސަލަތަކަކާ ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ އަލުން މަޤާމަށް ގެނައުމަށް އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ގޮވާލަން ފަށައިފިއެވެ.

 އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް
12 Nov 2026 ދުނިޔެ

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ފޭރާން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާގެ ބާޒާރަށް ބަރޯސާވުން މަދުކޮށް، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުތަކަށް އިސްކަންދޭން ފަށައިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ
12 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ

ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވުމަށްފަހު ވާހަކަދައްކަމުން މޫސާ ބުނީ، މެހެމާންދާރީގެ އެހެން ކަންކަން ރަނގަޅު ނަމަވެސް ކާބޯތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި
07 Nov 2026 ދުނިޔެ

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑޮނޭޝިޔާގެ ފްލޮރެސް ޖަޒީރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން ކުއްލި އެހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.

އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި
06 Nov 2026 ދުނިޔެ

އިންޑިޔާގެ ސްކޫލެއްގައި ހިންގި އަނިޔާވެރި މާރާމާރީގެ މައްސަލައެއްގައި 8 އަހަރުގެ ކުއްޖަކު ބަންދުކޮށްފި

ސްކޫލެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި އުމުރުން އެންމެ 8 އަހަރުގެ ފިރިހެން ކުއްޖަކު ބަންދު ކުރުމަށްފަހު، ޚާއްޞަ ޝަރުތުތަކަކާ އެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޕަންޗްކުލާގެ ޖުވެނައިލް ޖަސްޓިސް ބޯޑު (ޖޭޖޭބީ) އިން އަމުރުކޮށްފިއެވެ.

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ
06 Nov 2026 ދުނިޔެ

ނުރައްކާތެރި މިންވަރަކަށް ނިއުދިއްލީގެ ވައި ނުސާފުވެއްޖެ

އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑު (ސީޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ނޮވެމްބަރު 5 ވަނަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ދިއްލީގެ ވައިގެ ފެންވަރު ހުރީ ވަރަށް ބޮޑަށް ދަށުގައެވެ. އަދި ބައެއް ހިސާބުތަކުގައި މި މިންގަނޑު 400 އިން މައްޗަށް އަރައި، ނުރައްކާތެރި ދަރަޖައަކަށް ވަނީ ގޮސްފައެވެ

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ
05 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ

މެޗުގެ ކުރީކޮޅު އިންޑިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.