ޔަޒްމީދު ވާހަކަދައްކަވަނީ.. ފޮޓޯ: ވޮއިސް
ޔަޒްމީދު ވާހަކަދައްކަވަނީ.. ފޮޓޯ: ވޮއިސް
ހަބަރު 14 Nov 2026 | 10:34

ފައިނޭންސް ފޯރަމާއެކު ނޫ އިޤްތިޞާދަށް އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ: ޔަޒްމީދު

މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށާއި، ރާއްޖޭގެ ކަނޑުގެ އިޤްތިޞާދު ނުވަތަ 'ބްލޫ އިކޮނޮމީ' ކުރިއެރުވުމަށްޓަކައި ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމަށް ފައިނޭންސް ފޯރަމުން މަގުފަހިވެގެންދާނެ ކަމަށް ޕެންޝަން އޮފީހުގެ ސީ.އީ.އޯ މުޙައްމަދު ޔަޒްމީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ، ރާއްޖޭގެ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ހަމަޖެހުމާ ދެމެދު އޮތްގުޅުން ވަރަށް ބޮޑުކަމަށެވެ. ރާއްޖޭގެ ރަށްތަކަކީ ތިރި ޖަޒީރާ ރަށްތަކެއްކަން ފާހަގަކުރައްވަމުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ލޮޅުންތަކުގެ އަސަރު އާއިލާތަކުގެ އާމްދަނީއަށާއި މުޅި އިޤްތިޞާދަށް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ އަމާޒަކީ މާލީ ދެމެހެއްޓެނިވިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން އެކަތި އަނެކައްޗަށް ބާރުދޭނެ ފުރުސަތުތައް ދެނެގަތުން. މީގެ ސަބަބުން އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ އުމްރާނީ ވަސީލަތްތަކުގެ އިތުރުން ބްލޫ އިކޮނޮމީއަށް ބޭނުންވާ ރައުސުލްމާލު ހޯދުމުގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ

ޔަޒްމީދު

ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ފަންޑުގެ ނެޓް އެސެޓް މިހާރު 30 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާއިރު، މުސްތަޤުބަލުގެ ޖީލުތަކުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ އޮފީހުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ. އެގޮތުން، ތިމާވެއްޓާ ރައްޓެހި ނުވަތަ 'ގްރީން ފައިނޭންސް' މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގައި މާލީ ހަރުދަނާކަމާއި ހާމަކަން ބޮޑު މިންގަނޑުތަކަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ހަރުދަނާ ގަވާއިދުތަކާއި، ދެމެހެއްޓެނިވި ރިޕޯޓިންގ އުސޫލުތައް ބޭނުންވާ ކަމަށާއި، ހަމައެކަނި ސިޔާސަތުތަކަކުން ނުފުދޭނެ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ފުރުސަތުތަކަކީ އިންވެސްޓް ކުރެވޭ ފަދަ އަމަލީ މަޝްރޫޢުތަކަކަށް ބަދަލުކުރުމަށް ސަރުކާރާއި މާލީ އިދާރާތައް ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.

މިއަހަރުގެ ފައިނޭންސް ފޯރަމްގައި ދައުލަތުގެ މުއައްސަސާތަކާއި، ބޭންކުތަކުގެ އިތުރުން މާލީ ދާއިރާގެ ގިނަ އަދަދެއްގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮޕް 31 ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރާއްޖެ ވަޑައިގެންފި
14 Nov 2026 ހަބަރު

ކޮޕް 31 ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރާއްޖެ ވަޑައިގެންފި

ކޮންފަރެންސްގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރުމަށް ގޮވާލައްވާފައެވެ

ވިލުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ޒަރީރު
14 Nov 2026 ހަބަރު

ވިލުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ޒަރީރު

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލް ގުޅިފައިވަނީ ދިވެހިންގެ ތިމާވެށީގެ މުސްތަޤްބަލާ ކަމަށެވެ. އަދި ރާއްޖެއަށް ބަލާއިރު މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ އިޤްތިޞާދީ ރައްކާތެރިކަމާއި، ތަރައްޤީގެ އުންމީދުތަކާއި އަދި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް

ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ: ޔާމީން
13 Nov 2026 ހަބަރު

ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ: ޔާމީން

އެ ބިމުގައި ގާނޫނާއި ހިލާފަށް އިންވެސްޓްމަންޓް ފަށައިފިނަމަ އެތަން އަތުލާނީ ބަދަލު ދިނުމެއް ވެސް ނެތި ކަމަށެވެ.

ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް
13 Nov 2026 ހަބަރު

ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް

ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އަސްތާނާއިން އެ ގައުމުގެ އަލްމަޓީން ރާއްޖެއަށް ކުރި ދަތުރުގެ ކޮކްޕިޓުގައި އިސްކޮށް އިނދެ ދިވެހި ޕައިލެޓަކު ބޯޓު ދުއްވައިފިއެވެ.

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި
13 Nov 2026 ހަބަރު

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި

ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، ގާނޫނީ އިމުގެ ތެރޭގައި އެއްވުންތައް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

އިކްރާމް ފެނިއްޖެ؛ ހުރީ ހުޅުމާލޭގައި، ހާލު ރަނގަޅު
13 Nov 2026 ހަބަރު

އިކްރާމް ފެނިއްޖެ؛ ހުރީ ހުޅުމާލޭގައި، ހާލު ރަނގަޅު

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށްވެސް ބުންޏެވެ.

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ
13 Nov 2026 ހަބަރު

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ

ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ގެނައި ވަގުތީ ބަދަލު އުވާލައި، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ގޭސް އަޅައިދޭން ނިންމައިފި ކަމަށް މޯލްޑިވް ގޭސް އިން ބުނެފިއެވެ.

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ
13 Nov 2026 ހަބަރު

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ

ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.