ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ
ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ގެނައި ވަގުތީ ބަދަލު އުވާލައި، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ގޭސް އަޅައިދޭން ނިންމައިފި ކަމަށް މޯލްޑިވް ގޭސް އިން ބުނެފިއެވެ.
މޯލްޑިވް ގޭސް އިން މިއަދު ބުނި ގޮތުގައި، އެލްޕީޖީ (LPG) ގޭސް ސަޕްލައި ކުރުމަށް ދިމާވި ދަތިތައް މިވަގުތަށް މިހާރު ވަނީ ހައްލުކުރެވިފައެވެ. އެހެންކަމުން، މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ކުރިއެކޭ އެއްގޮތަށް ފުރިހަމަ މިންވަރަށް ގޭސް ފުޅިތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އަދި އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ވީހާވެސް ލުއިފަސޭހަކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބުނެފައެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވި ގޮންޖެހުންތަކާ ގުޅިގެން މޯލްޑިވް ގޭހުން ކުރިން ނިންމާފައި އޮތީ ވަގުތީ ގޮތުން ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރުމަށެވެ.
އެގޮތުން މީގެކުރިން ގެނައި ވަގުތީ ބަދަލުތަކަކީ:
10 ކިލޯގެ ފުޅިއަކަށް 7 ކިލޯގެ ގޭސް އެޅުން
22 ކިލޯގެ ފުޅިއަކަށް 14 ކިލޯގެ ގޭސް އެޅުން
45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭސް އެޅުން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް