އިންޑިއާގެ ރާންޗީ އޮރިއެންޓް ކްރާފްޓްގެ ފޭރާން އުފައްދާ ކާރުޚާނާއެއްގެ މަސައްކަތްތެރިން 
ފޮޓޯ: ރޮއިޓާސް
އިންޑިއާގެ ރާންޗީ އޮރިއެންޓް ކްރާފްޓްގެ ފޭރާން އުފައްދާ ކާރުޚާނާއެއްގެ މަސައްކަތްތެރިން ފޮޓޯ: ރޮއިޓާސް
ދުނިޔެ 12 Nov 2026 | 20:35

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާމުގެ ވިޔަފާރި ދަށަށް

އެމެރިކާގެ ބާޒާރުގައި އިންޑިއާގެ ފޭރާން އުފައްދާ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކަކާއި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެމެރިކާއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް އައި ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ފޭރާން އުފައްދާ ކުންފުނިތަކުން މިހާރު ދަނީ އެމެރިކާގެ ބާޒާރަށް ބަރޯސާވުން މަދުކޮށް، ޔޫރަޕާއި އިނގިރޭސިވިލާތުގެ ބާޒާރުތަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ މަޝްހޫރު ފޭރާން އުފައްދާ ކުންފުންޏެއް ކަމަށްވާ "އޮރިއެންޓް ކްރާފްޓް" ގެ ވެރިޔާ ސުދީރު ދިންގްރާއިން ބުނެފައިވަނީ އެމެރިކާއިން ޑިއުޓީ ބޮޑުކުރުމާ ގުޅިގެން އެ ގައުމުގެ ވިޔަފާރިވެރިން ވަނީ ކުރިން ދީފައިވާ ގިނަ އޯޑަރުތައް ކެންސަލްކޮށް، ބޮޑެތި ޑިސްކައުންޓްތަކަށް އެދެން ފަށާފައިވާކަމަށެވެ. މި ސަބަބާހުރެ، ކުރިން އެ ކުންފުނީގެ އުފެއްދުންތަކުގެ 84 އިންސައްތަ އެމެރިކާއަށް އެކްސްޕޯޓް ކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 10 އިންސައްތައަށް ވުރެ ދަށަށް ގޮސްފައެވެ. އެހެންކަމުން، މިހާރު އެ ކުންފުނިން މައިގަނޑު ގޮތެއްގައި އުފައްދަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ "ނެކްސްޓް" އަދި "މާކްސް އެންޑް ސްޕެންސަރ" ފަދަ ކުންފުނިތަކަށެވެ.

މީގެ އިތުރުން، 53،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ބޮޑު ކުންފުންޏެއް ކަމަށްވާ "ގޯކަލްދާސް އެކްސްޕޯޓްސް" އިން ވެސް މިހާރު ދަނީ ޔޫރަޕްގެ މާކެޓަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބައެއް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ، ކުރިއަށް އޮތް 3 އަހަރާއި 5 އަހަރާ ދެމެދު އެ ކުންފުނިން ޔޫރަޕަށް ކުރާ އެކްސްޕޯޓް 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓްކުރި ފޭރާމުގެ މިންވަރު ވަނީ 9.8 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް، މީގެ ބަދަލުގައި އެހެނިހެން ޤައުމުތަކަށް ކުރި އެކްސްޕޯޓް ވަނީ 3.7 އިންސައްތަ އިތުރުވެފައެވެ. ހާއްސަކޮށް، އިންޑިއާ އާއި އިނގިރޭސިވިލާތާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީއަކާ ނުލައި މުދާ އެތެރެކުރެވޭ ގޮތް ހަމަޖެހިގެން ދިޔުމަކީ އިންޑިއާގެ ވިޔަފާރިވެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ގޮންޖެހުންތަކާއެކު، އުފެއްދުންތެރިކަމުގެ ހަރަދު ކުޑަކުރުމަށްޓަކައި އިންޑިއާގެ ކުންފުނިތަކުން ދަނީ އެ ގައުމުގެ އެތެރޭގައި ހަރަދު ކުޑަ ސަރަހައްދުތަކަށް ފެކްޓްރީތައް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިގޮތުން ޖާރްކަންދު ސްޓޭޓްގެ ރާންޗީ ފަދަ ސަރަހައްދުތައް ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކާދުގެ އަގު އިންތިހާއަށް ބޮޑުވެ އަފްޣާނިސްތާނުގެ ދަނޑުވެރިކަން ނުރައްކާ ހާލަތަކަށް
12 Nov 2026 ދުނިޔެ

ކާދުގެ އަގު އިންތިހާއަށް ބޮޑުވެ އަފްޣާނިސްތާނުގެ ދަނޑުވެރިކަން ނުރައްކާ ހާލަތަކަށް

ކުރިއަށް އޮތް މޫސުމުގެ ދަނޑުވެރިކަން ފެށުމުގެ ކުރިން ދަނޑުވެރިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ކާދާއި މުޑުވައް އަވަހަށް ފޯރުކޮށްދިނުމަކީ، އެ ގައުމުގައި ބަނޑުހައިހޫނުކަން އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހިފައިވާ އެންމެ މުހިންމު ފިޔަވަޅު ކަމަށް އެފް.އޭ.އޯ އިން ވަނީ ބުނެފަ

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ
12 Nov 2026 ދުނިޔެ

ޫއޭއައި އާ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނާއި ޗައިނާގެ ގުޅުން ވަރުގަދަކުރަނީ

އާންމު އުމްރާނީ ތަރައްގީއާއި ހަކަތައިގެ މަޝްރޫއުތަކުގެ އިތުރުން، "ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ" ސީޕެކް 2.0 ގެ ދެވަނަ ފިޔަވަހީގެ މައިގަނޑު އަސާސެއްގެ ގޮތުގައި މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި އައު އީޖާދުތައް ހިމަނާފައެވެ.

ސައުދީން 9 މިސައިލާއި ޑްރޯން ވައްޓާލައިފި؛ މައްކާ ސަރަހައްދަށް ބައެއް ބައިތައް ވެއްޓުނު
12 Nov 2026 ދުނިޔެ

ސައުދީން 9 މިސައިލާއި ޑްރޯން ވައްޓާލައިފި؛ މައްކާ ސަރަހައްދަށް ބައެއް ބައިތައް ވެއްޓުނު

ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލްމާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހުއްޓުވި ހަމަލާތަކުގެ ތެރޭގައި ރިޔާދު، މައްކާ އަދި ސައުދީގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށްފައިވާ ދެ ބެލިސްޓިކް މިސައިލާއި، ތިން ކްރޫޒް މިސައިލްގެ އިތުރުން ހަތަރު ޑްރޯން ހިމެނޭ ކަމަށެވެ.

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް
12 Nov 2026 ދުނިޔެ

ޓައިވާނާއި ޗައިނާ އެއްކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން: ޝީ ޖިންޕިންގް

ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ސުލްހަވެރިކަމާއެކު ޓައިވާން ޗައިނާއާ ގުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ވާހަކަފުޅުގައި ބާރުގެ ބޭނުންކުރުމާ ގުޅޭގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ
12 Nov 2026 ދުނިޔެ

ރަޝިޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް މަރުވެއްޖެ

ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޭނާ ކުއްލި ގޮތަކަށް މަރުވިކަން ވަނީ ކަޝަވަރުކޮށްދީފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ
12 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ

ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވުމަށްފަހު ވާހަކަދައްކަމުން މޫސާ ބުނީ، މެހެމާންދާރީގެ އެހެން ކަންކަން ރަނގަޅު ނަމަވެސް ކާބޯތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް
11 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަލުން އެޅުމަށް ބާރުއަޅައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮންމެ ދުވަހަކު ފޯނުން ގުޅަމުންދާ ކަމަށާއި، މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތެރޭގައާއި އަރަބި އިސްލާމީ ޤައުމުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް
08 Nov 2026 ދުނިޔެ

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް

ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ތެލުގެ އަގު ގާތްގަނޑަކަށް 13 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ބަދަލާއެކު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ކުރިން ތެލުގެ އަގަށް އިތުރުވެފައި އޮތް 'ރިސްކް ޕްރީމިއަމް' ވަނީ މުޅިންހެން ކެނޑިގެން ގޮސްފައެވެ.