ނަތަންޔާހޫއާއި ޓްރަމްޕް-
ނަތަންޔާހޫއާއި ޓްރަމްޕް-
ދުނިޔެ 11 Nov 2026 | 11:24

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަލުން އެޅުމަށް ބާރުއަޅައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮންމެ ދުވަހަކު ފޯނުން ގުޅަމުންދާ ކަމަށާއި، މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތެރޭގައާއި އަރަބި އިސްލާމީ ޤައުމުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމަ އަލުން ފެށުމަށް ނަތަންޔާހޫ ޓްރަމްޕަށް ބާރުއަޅަމުން ދިޔަ ނަމަވެސް، ވައިޓް ހައުސްގެ އިސް އޮފިޝަލުންނާއި އަރަބި ލީޑަރުން ދަނީ އިތުރު ހަމަނުޖެހުމަކަށް ނުގޮސް، ސުލްހަވެރި މަޝްވަރާތަކަށް އިސްކަންދިނުމަށް ޓްރަމްޕަށް ވިސްނައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން، ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީ އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހިމެނިވަޑައިގަންނަވާހެން މަދުވެގެން އަރަބި އަދި އިސްލާމީ ހަތަރު ލީޑަރަކު ވަނީ ފާއިތުވި ދުވަސްތަކުގައި ޓްރަމްޕާ ފޯނުން ގުޅުއްވައި، ޑިޕްލޮމެޓިކް ހައްލަކަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ. ލީޑަރުން ކަންބޮޑުވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އަލުން ދޭ ހަމަލާތަކެއްގެ ސަބަބުން މުޅި ސަރަޙައްދު ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެތީއެވެ.

ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންވީ ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލުތައް ހޯދުމަށް ކަމަށެވެ.

މި ދަނޑިވަޅުގައި ރައީސް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް މިވަގުތު އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު ކުޑަކަމަށް އިޝާރާތެއް ކޮށްފައެވެ. އަދި އީރާނުގެ އަސްކަރިއްޔާ މިހާރު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް "އެދެވޭ ކުރިއެރުންތަކެއް" ލިބެމުންދާ ކަމަށް ބުނެފައިވެއެވެ. ޓްރަމްޕް މިފަދައިން ބުނީ ވައިޓް ހައުސްގައި ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ޘާނީ އާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބައިވެރިވި ބައްދަލުވުމަކަށް ފަހުގައެވެ.

ތެލުގެ އަގު އުފުލުމާއި ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އީރާނުން ވެސް ވަނީ އެ ޤައުމަށް އަނެއްކާވެސް ހަމަލާއެއް ދީފިނަމަ ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅީގައި އަޅާފައިވާ ކަނޑުއަޑީގެ ކޭބަލްތަކަށާއި ސަރަޙައްދުގެ ޑޭޓާ ސެންޓަރުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށާއި، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ވަގުތީ އެއްބަސްވުމަކަށް އައުމަށް ޤަތަރު ފަދަ ޤައުމުތަކުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިސްރާއީލުން އަދިވެސް މަސައްކަތް ކުރަމުން ދަނީ އެމެރިކާ ލައްވައި އީރާނަށް އިތުރު ހަމަލާތަކެއް ދިނުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް
11 Nov 2026 ދުނިޔެ

އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް

އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ވެރިރަށް ތެހެރާނުގައި އަންހެން ވޮލަންޓިއަރުންނަށް ޚާއްޞަކޮށްގެން އަސްކަރީ ތަމްރީނު ދޭ ކޭމްޕެއް ހުޅުވައިފިއެވެ. ތެހެރާނުގެ އާޒާދީ މައިދާނުގައި ހުޅުވި މި މަރުކަޒަކީ ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އަސްކަރީ، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ލޮޖިސްޓިކް ސަޕޯޓް ދިނުމުގެ ކެމްޕޭނުގެ ބައެކެވެ.

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް
08 Nov 2026 ދުނިޔެ

އީރާނު މައްސަލާގައި ސުލްހައިގެ އުންމީދު އާވެ، ތެލުގެ އަގު 13 އިންސައްތަ ދަށަށް

ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ތެލުގެ އަގު ގާތްގަނޑަކަށް 13 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ބަދަލާއެކު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ކުރިން ތެލުގެ އަގަށް އިތުރުވެފައި އޮތް 'ރިސްކް ޕްރީމިއަމް' ވަނީ މުޅިންހެން ކެނޑިގެން ގޮސްފައެވެ.

އެމެރިކާއާއި އިސްރާއިލްގެ ޖާސޫސުންގެ ގޮތުގައި މަސައްކަތްކުރި އީރާނުގެ ތިން މީހަކަށް މަރުގެ އަދަބުދީފި
08 Nov 2026 ދުނިޔެ

އެމެރިކާއާއި އިސްރާއިލްގެ ޖާސޫސުންގެ ގޮތުގައި މަސައްކަތްކުރި އީރާނުގެ ތިން މީހަކަށް މަރުގެ އަދަބުދީފި

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މަރުގެ އަދަބު ދީފައިވާ ތިން މީހުންނަކީ ހަސަން ދިއޯބަންދު، ހާމިދު ކަޒޭމީ އަދި ރެޒާ ޒަންގާނޭއެވެ. މި ތިން މީހުންނަކީވެސް މުޒާހަރާތަކުގެ ތެރޭގައި ހިންގި ތަފާތު އެކި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

'ފްރީ ފަލަސްތީން' ބޭންޑާއެކު ކައިރީ ލާވިންގް މެޗަށް: ފަލަސްތީނުގެ ޙައްޤުގައި ވަރުގަދަ މެސެޖެއް
06 Nov 2026 ދުނިޔެ

'ފްރީ ފަލަސްތީން' ބޭންޑާއެކު ކައިރީ ލާވިންގް މެޗަށް: ފަލަސްތީނުގެ ޙައްޤުގައި ވަރުގަދަ މެސެޖެއް

އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ލީގު (އެން.ބީ.އޭ) ގެ ތަރި، ޑަލަސް މެވަރިކްސްގެ ކުޅުންތެރިޔާ ކައިރީ ލާވިންގް، ކުޅިވަރުގެ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު އަނެއްކާވެސް ހާމަކޮށްފިއެވެ.

އެމެރިކާގެ އިންތިޚާބު: ސެޕްޓެމްބަރު މަހު ކެމްޕޭން މެދުކަނޑާލި ޑިމޮކްރެޓިކް ކެންޑިޑޭޓަކަށްވެސް ގޮނޑި ލިބުނު
06 Nov 2026 ހަބަރު

އެމެރިކާގެ އިންތިޚާބު: ސެޕްޓެމްބަރު މަހު ކެމްޕޭން މެދުކަނޑާލި ޑިމޮކްރެޓިކް ކެންޑިޑޭޓަކަށްވެސް ގޮނޑި ލިބުނު

ސިއްހީ ސަބަބުތަކަށްޓަކައި މީގެ ދެ މަސް ކުރިން ކެމްޕޭން ކުރުން މެދުކަނޑާލި ނަމަވެސް، ވޭތުވެދިޔަ އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި އިންތިޚާބުގައި ހުޅަނގު އަޔޯވާގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ޑިމޮކްރެޓިކް ކެންޑިޑޭޓް އެރިކް އާމްސްޓްރޯންގް ކާމިޔާބުކޮށްފިއެވެ. މިއީ އެ ސްޓޭޓާއި މުޅި ގައުމުގައި ވެސް މި ދައުރުގެ މެދުތެރޭ އިންތިޚާބުގައި ޑިމޮކްރެޓުން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ
06 Nov 2026 ދުނިޔެ

ޓްރަމްޕްގެ އިންޒާރެއް؛ އީރާނުގެ ބާކީ އޮތް ބައި ވެސް "ހަލާކުކޮށްލަން" ޖެހިދާނެ

އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ ބާކީ އޮތް ބައި ވެސް އެއްކޮށް "ހަލާކުކޮށްލަން" އެމެރިކާއަށް މަޖުބޫރުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.