ކޮޕް 31 ސަމިޓްގައި ރައީސް ޑރ.މުއިއްޒު ތަގުރީރުކުރައްވަނީ..
ކޮޕް 31 ސަމިޓްގައި ރައީސް ޑރ.މުއިއްޒު ތަގުރީރުކުރައްވަނީ..
ހަބަރު 11 Nov 2026 | 23:52

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ހަކަތަ ރައްކާކުރާ ނިޒާމުތަކަށް ދިވެހިރާއްޖެއަށް އިންވެސްޓްމަންޓްތަކާއި އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީގެ އަންތާލިއާގައި ކުރިއަށް ގެންދާ "ކޮޕް 31" ސަމިޓްގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖެއަށް ބަލާއިރު ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިގްތިސާދު ހިމާޔަތްކުރުމުގެ އިތުރުން ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ ބޭރުން އެތެރެކުރާ ތެލަށް ބޮޑުތަނުން ބަރޯސާވާ ގައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ ސަބަބުން ގައުމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަކީ ގައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް އަމާޒު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ރަށްރަށުގައި ފުޅާ ދާއިރާއެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އެކަށޭނަ ހަކަތަ ރައްކާކުރާ ނިޒާމުތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ނަމަވެސް، މި ބަދަލު ގެނައުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތައް ވެސް ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ޖިއޮގްރަފީ ގޮތުން ވަކިވަކިން އުފެދިފައިވުމުގެ ސަބަބުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދު އެހެން ބޮޑެތި ގައުމުތަކާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، 2024 އިން 2033 އަށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ޚާއްސަ ރޯޑްމެޕެއް އެކުލަވާލާފައިވާކަން ރައީސް އިއުލާނުކުރެއްވިއެވެ. މި ރޯޑްމެޕަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި، ޚަރަދު ކުޑަ އަދި ވަރުގަދަ އިއާދަކުރަނިވި ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް އެކުލަވާލެވިފައިވާ ފުރިހަމަ އޮނިގަނޑެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ލުއި ގޮތްގޮތަށް ފައިނޭންސް ލިބޭނެ މަގުތަކާއި، ޒަމާނީ ޓެކްނޮލޮޖީ އަދި ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރައީސް ގޮވާލެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް ގެންނަ ބަދަލުތަކުގެ ކާމިޔާބީ މިނެކިރޭނީ ހަމައެކަނި ކަނޑައަޅާ އުންމީދުތަކުން ނޫން ކަމަށާއި، އެކަންކަން އަމަލީ ގޮތުން ތަންފީޒުކުރުމުގެ ގާބިލުކަމުގެ މައްޗަށް ކަމަށެވެ. އަދި ސާފު، ރައްކާތެރި ހަކަތައިގެ މުސްތަގުބަލެއް ބިނާކުރުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަމުން، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި
11 Nov 2026 ހަބަރު

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 Nov 2026 ހަބަރު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް
11 Nov 2026 ހަބަރު

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް

ޕާކިން ސިސްޓަމްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ހައުސިން މިނިސްޓަރަށް އަންގާފައި

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް
11 Nov 2026 ހަބަރު

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި
11 Nov 2026 ހަބަރު

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި
11 Nov 2026 ހަބަރު

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށެވެ.

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 Nov 2026 ހަބަރު

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
11 Nov 2026 ހަބަރު

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާއެކު ނެންގެވި ރަސްމީ އާއިލީ ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ