ހުޅުމާލޭގައި ގާއިމްކުރި ޕާކިން ސިސްޓަމެއް... ފޮޓޯ: ވޮއިސް
ހުޅުމާލޭގައި ގާއިމްކުރި ޕާކިން ސިސްޓަމެއް... ފޮޓޯ: ވޮއިސް
ހަބަރު 11 Nov 2026 | 19:06

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް

މާލެ އާއި ހުޅުމާލޭގައި އޮޓޮމެޓިކް ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް ދައުލަތުގެ ބައިތުލްމާލުން ކުރި 59.35 މިލިއަން ރުފިޔާގެ ހޭދައިން ދައުލަތަށް ލިބުނީ ގެއްލުންކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ މާލެ އާއި ހުޅުމާލޭގައި 20 އޮޓޮމެޓިކް ޕާކިން ސިސްޓަމް ބެހެއްޓުމަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުއަކީ އޭގެން ރައްޔިތުންނަށް ފަސޭހައެއް ނުލިބުނު ތަނުގައި ދައުލަތަށް ގެއްލުން ލިބުނު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށެވެ.

މި މަސައްކަތް އެންމެ ފުރަތަމަ 2016 ވަނަ އަހަރު ހަވާލުކުރީ 59.9 މިލިއަން ރުފިޔާގެ އަގަކަށް އެސްޓީއޯ އާއެވެ. ނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ، އެސްޓީއޯ އާއެކު ވި އެއްބަސްވުން ވަނީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ބާތިލްކޮށްފައެވެ. އެއަށްފަހު ނުނިމިހުރި 14 ޕާކިން ސިސްޓަމް ބެހެއްޓުމަށް ބޭރުގެ ކުންފުންޏަކަށް 14.48 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކުރި ނަމަވެސް އެފަރާތަށް މަސައްކަތުގެ އަގުގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ދޫކުރިއިރު، މަސައްކަތް ނިންމާފައިވާކަން ކަށަވަރުކުރެވެން ނެތްކަމަށް އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓްގައި ވަނީ ޕާކިން ސިސްޓަމްތައް ގާއިމްކުރުމަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރެއިން 1.45 މިލިއަން ރުފިޔާ ނުލިބިވާކަން ފާހަގަކޮށްފައެވެ.

ޕާކިން ސިސްޓަމްތަކާ ގުޅޭގޮތުން އޮޑިޓް ރިޕޯޓްގައި ވަނީ، މި މަޝްރޫޢުއަށް 59.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މަޝްރޫޢުއިން އެއްވެސް މަންފާއެއް ލިބިފައި ނުވުމުން މިއީ ދައުލަތުގެ ފައިސާއަށް އިހުމާލުވުން ކަމުގައި ބެލެވޭތީ، މައްސަލަ ބަލައި އިހުމާލުވާ ފަރާތަކާމެދު ފިޔަވަޅު އަޅަންޖެހޭކަން ފާހަގަކޮށްފައެވެ. އަދި އޮޑިތަރ ޖެނެރަލް ވަނީ މިފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މައްސަލަ ބަލައި އެކަމުގައި ކުރިއަށްދިއުމަށް އެދިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި
11 Nov 2026 ހަބަރު

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 Nov 2026 ހަބަރު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް
11 Nov 2026 ހަބަރު

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި
11 Nov 2026 ހަބަރު

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި
11 Nov 2026 ހަބަރު

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށެވެ.

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 Nov 2026 ހަބަރު

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
11 Nov 2026 ހަބަރު

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާއެކު ނެންގެވި ރަސްމީ އާއިލީ ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ