ސައުދު
ސައުދު
ހަބަރު 11 Nov 2026 | 22:08

މޭޔަރު ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން ގޮވާލައިފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކަކީ ސިޔާސީ ނިޔަތެއްގައި ކުރާ ދައުވާތަކެއް ކަމަށް ބުނެ، އެ ދައުވާތައް އަނބުރާ ގެންދިޔުމަށް އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

ޤާނޫނުލްޢުޤޫބާތުގެ ދަށުން ސައުދު ޢަލީގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ އެނގިހުރެ ޞައްޙަ ނޫން ލިޔެކިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ފޯރުކޮށްދިނުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް ބިނާވެފައި އޮތީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް ނިންމުމެއްގެ ޒިންމާ ފަރުދީ ގޮތެއްގައި ސައުދު ޢަލީ އުފުލައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ ޢާންމު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

އެމްޑީޕީން ބުނީ ފުލުހުންނާއި ޕީޖީ އޮފީހުން މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެހެން މައްސަލަތަކާ ޚިލާފަށް އާދަޔާ ޚިލާފު ހަލުވިމިނެއްގައި ކަމަށެވެ. ހަމައެއާއެކު ކްރިމިނަލް ކޯޓުން ވެސް، އެހެން ޤަޟިއްޔާތަކާ ތަފާތުކޮށް، ވީ އެންމެ އަވަހަކަށް މި މައްސަލައިގައި ޙުކުމް ކުރުމަށް އަމާޒުހިފާފައިވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. އެމްޑީޕީން ބުނި ގޮތުގައި ދައުލަތުން މި ދައުވާތައް ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައެއް ނުވެއެވެ.

މީގެ އިތުރުން އެ ޕާޓީން ފާހަގަކޮށްފައިވާ ގޮތުގައި، ސައުދު ޢަލީ އަލުން މޭޔަރުކަމަށް ހޮވުނަސް މަޤާމު ގެއްލުވާލައި ޖަލަށް ލާނެ ކަމުގެ އިންޒާރު، ޕީއެންސީގެ މެންބަރު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ޢާންމު ތަނެއްގައި ދީފައިވެއެވެ. އެ އިންޒާރު ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދައުވާ ހުށަހަޅާފައިވާ ކަން ވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން ދެކޭ ގޮތުގައި މި ފިޔަވަޅުތަކުގެ ހަޤީޤީ ބޭނުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ތިނަދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ މޭޔަރުގެ މަޤާމު ގެއްލުވާލުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 Nov 2026 ހަބަރު

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުއެވެ.

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް
11 Nov 2026 ހަބަރު

ޕާކިން ސިސްޓަމްތައް ބެހެއްޓުމަށް 59.9 މިލިއަން ރުފިޔާ؛ ދައުލަތަށް ވީ ގެއްލުން: އޮޑިޓް

ޕާކިން ސިސްޓަމްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ ހައުސިން މިނިސްޓަރަށް އަންގާފައި

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް
11 Nov 2026 ހަބަރު

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލް

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި
11 Nov 2026 ހަބަރު

ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި
11 Nov 2026 ހަބަރު

ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި

ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށެވެ.

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 Nov 2026 ހަބަރު

ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
11 Nov 2026 ހަބަރު

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާއެކު ނެންގެވި ރަސްމީ އާއިލީ ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ