ސީޕްލޭންގައި ތާށިވި ޒުވާނާގެ ހާލު ވަރަށް ދެރަ، ވެންޓިލޭޓަރަށް ލައިފި
ޓީއެމްއޭގެ ސީ ޕްލޭންއެއް ދިޔަވެ މިއަދު ހިނގި ހާދިސާގައި އަނިޔާވި ޒުވާނާގެ ހާލު ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
މިއަދު ހިނގި ހާދިސާގައި އަނިޔާވީ ޓީއެމްއޭގެ ޒުވާން ކްރޫއަކަަށެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާ ސީޕްލޭންތެރޭ ތާށިވި އެވެ.
އަދި މިހާރު ވަނީ ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މައުލޫމާތު އެނގޭ ފަރާތަކުން ވޮއިސްއަށް ކިޔައިދިން ގޮތުގައި ޒުވާނާގެ ހާލު ދެރަ އެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިހާރު އޮތީ ވެންޓިލޭޓަރަށް ލައިފަ އެވެ.
މި ހާދިސާއާ ގުޅިގެން ކަމާގުޅޭ އިދާރާއަކުން އަދި ރަސްމީގޮތުން މައުލޫމާތެއް ނުދެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް