ސީޕްލޭނަށް ދިޔަވެ ހިނގި ހާދިސާ: ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިފި
ޓީއެމްއޭގެ ސީ ޕްލޭންއެއް ދިޔަވެ މިއަދު ހިނގި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓީއެމްއޭއިން ދުއްވާ ބޯޓެއް ޓެކްސީ ކުރަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓް އިމާޖަންސީ ސާވިސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާ ހާދިސާއާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުން ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ބުންޏެވެ.
އަދި ބުނީ ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް