އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި
އިންޑިއާ އަތުން ބަލިވެ، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެއްވެސް ޕޮއިންޓެއް ނުލިބި، ރާއްޖެ މުބާރާތުން އަލްވަދާއި ކިޔައިފިއެވެ.
ގްރޫޕް ސްޓޭޖްގައި މިއަދު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރިމެޗް އިންޑިއާ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި އިންޑިއާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗްގައި ރާއްޖެއަށް ލަނޑެއް ނުޖެހުނުނަމަވެސް އިންޑިއާގެ ގޯލަށް އަމާޒުކޮށް ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
މެޗްގައި އިންޑިއާގެ ފަރާތުން ގިނަ ފައުލްތަކެއް ވަނީ ފެނިގެންގޮސްފައެވެ. މެޗްގައި ފެނިގެން ގޮސްފައިވަނީ އެންމެ ރީނދޫ ކާޑެކެވެ. އެ ކާޑު ދައްކާފައިވަނީ އިންޑިއާގެ ކުޅުންތެރިއަކަށެވެ. މެޗްގައި ގިނައިރު ބޯޅަ ގެންގުޅެފައިވަނީ އިންޑިއާއެވެ.
މެޗުން ރާއްޖެ ބަލިވުމުން މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ވަނީ ކަޓާފައެވެ. މިއީ މި މުބާރާތުގެ ތާރީހުގައިވެސް ރާއްޖޭގެ ފަރާތުން ފެނިގެންދިޔަ އެންމެ ދަށް ނަތީޖާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.. މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިންޑިއާއަށް ވަނީ ގްރޫޕްގެ އެއްވަނަ ލިބިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް