މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް
ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިއަދު ދިވެހިރާއްޖެ އިންޑިއާ އާ ދެކޮޅަށް ނިކުންނާނެއެވެ.
ބަންގްލަދޭޝްގެ ނެޝަނަލް ސްޓޭޑިއަމްގައި މިމެޗް ފެށުމަށް ތާވަލްކޮށްފައިވަނީ ރާއްޖެ ގަޑިން މެންދުރުފަހު 14:30 ގައެވެ. މިއަދުގެ މެޗަށް ނިކުންނައިރު، އިންޑިއާއިން ވަނީ މި މުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗްގައި އެޓީމް ނިކުތީ ޕާކިސްތާނާ ދެކޮޅަށެވެ. އެމެޗް އިންޑިއާ ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ.
މި މުބާރާތުގައި ރާއްޖެ ޕާކިސްތާނާ ދެކޮޅަށް ކުޅުނުމެޗް ޕާކިސްތާނުން ވަނީ 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. ރާއްޖެ ހިމެނޭ މި ގްރޫޕްގެ ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އިންޑިއާ އާއި ޕާކިސްތާނު އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. އެހެންކަމުން މިއަދު ރާއްޖެ އާއި އިންޑިއާގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން ރާއްޖެ ބަލިވެއްޖެނަމަ މުބާރާތުން ކުރިއަށް ދިއުމުގެ ދޮރު ބަންދުވާނެއެވެ.
މުބާރާތައް ރާއްޖެ އެންމެ ރަނގަޅަށް ތައްޔާރު ނުވެވުނުކަމަށް ޤައުމީޓީމްގެ ކޯޗް އިސްތަވާން އުރުބާނީ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފިޓްނަސް ކޯޗެއްގެ އިތުރުން ބައެއް ކުޅުންތެރިން ސްކޮޑާ ގުޅުނީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށްވެސް ކޯޗް ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް