ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު
ސީ.އެފް.އޭ އިންޓަރނޭޝަނަލް ފުޓްސަލް ޓޯނަމަންޓްގައި މިއަދު ރާއްޖެ ކުޅުނު ފަހުމެޗްގައި ޗައިނާއަތުން ބަލިވެ ރާއްޖެއަށް މުބާރާތް ނިމިއްޖެއެވެ.
ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި މިއަދު ޗައިނާ އާ ދެކޮޅަށް ކުޅުނުމެޗުން ރާއްޖެ ބަލިވީ، 8-3 ގެ ނަތީޖާއިންނެވެ. މިމެޗްގެ ފުރަތަމަ ހާފް 3-1 ގެ ނަތީޖާއިން ނިމުނުއިރު، ފަހު ހާފްގައި ޗައިނާއިން ވަނީ ފަސް ލަނޑު ޖަހާފައެވެ. އަދި މި ހާފްގައި ރާއްޖެއިންވެސް ވަނީ ދެ ލަނޑު ޖަހާފައެވެ.
މުބާރާތް ރާއްޖެއަށް ނިމުނުއިރު، ރާއްޖެއަށް ލިބުނީ ތިން ވަނައެވެ. މި މުބާރާތުގައި ރާއްޖެއިން ވަނީ ހޮންކޮންގާ ބައްދަލުކޮށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެފްއޭއެމުން ވަނީ. މުޅި މުބާރާތުގައިވެސް ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްފައެވެ. އެގޮތުން މުބާރާތް ބޭއްވި ޗައިނާގެ އިތުރުން ދެކުނު ކޮރެއާ ފަދަ ފުޓްސަލްގައި ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައިކަން އެފްއޭއެމުން ފާހަގަކުރިއެވެ.
މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް