ޒުވާންޓީމް ވީއައިއޭގައި ފުރަންގޮސް... ފޮޓޯ: އެފްއޭއެމް..
ޒުވާންޓީމް ވީއައިއޭގައި ފުރަންގޮސް... ފޮޓޯ: އެފްއޭއެމް..
ކުޅިވަރު 05 Nov 2026 | 14:53

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ތައިލެންޑަށް ފުރައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލެންޑުގެ އިތުރުން އިރާޤާއި، ހޮންގްކޮންގް އަދި ޗައިނީޒް ތައިޕޭއެވެ.

ކޮލިފިކޭޝަންގެ މެޗުތައް ކުރިއަށްދާނީ ތައިލެންޑުގައެވެ. ރާއްޖޭގެ ޒުވާން ޓީމު މި މުބާރާތަށް ކުރިމަތިލަނީ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދުގައެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒުވާންޓީމް ވަނީ މިފަހުން ފަލަސްތީނާއެކު ރަހުމަތްތެރިކަމުގެ ދެ މެޗް ކުޅެފައެވެ. ގަލޮޅު ދަނޑުގައި ކުޅުނު ދެމެޗްގެ ތެރެއިން ފުރަތަމަމެޗް ފަލަސްތީނު ޓީމުން ކާމިޔާބުކުރީ 5-0 ގެ ނަތިޖާއިންނެވެ. އަދި ފަހު މެޗް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ
05 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވެއްޖެ

މެޗުގެ ކުރީކޮޅު އިންޑިއާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި
04 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި

ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއށްފަހު ދެން ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިއަދު ފުރި ޤައުމީޓީމްގެ ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.